Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެސްޓްހައުސްތައް ހުޅުވާލުމުގެ ކުރިން ނެގަޓިވް ޕީސީ

ނެގެޓިގް ޕީސީއާރް ޓެސްޓް މަޖުބޫރު ކުރީ އެންމެ ރަނގަޅު ވަގުތުގައި: ޑރ. ނައުޝާދު

23 އޮކްޓޯބަރު 2020 | ހުކުރު 01:10

ރަށްތަކުގައި ފަތުރުވެރިކަން ހުޅުވާލުމަށް ރައްޔިތުން ތައްޔާރުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވުނު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 23 އޮކްޓޯބަރު 2020 | ހުކުރު 01:10
ރާއްޖެ އަންނަ ހުރިހާ ގައުމެއްގެ ފަތުރުވެރިން ވެސް ކޮވިޑް ނެގެޓިވް ޓެސްޓް ހުށައަޅަން ޖެހޭ

ރާއްޖެ އަންނަ ހުރިހާ ގައުމެއްގެ ފަތުރުވެރިން ވެސް ކޮވިޑް ނެގެޓިވް ޓެސްޓް ހުށައަޅަން ޖެހޭ

ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ނެގެޓިވް ޕީސީއާރް ޓެސްޓް ހުށައަޅަން ޖެހޭ ގޮތަށް ނިންމީ އެންމެ ރަނގަޅު ވަގުތުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ނައިބު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ނައުޝާދު ވިދާޅުވީ، ރާއްޖެއިން އެ ނިންމުން ނިންމި އިރު ދުނިޔޭގެ ގިނަ ގައުމުތަކަކުން އެހެން އެކަން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހެން ވުމުގެ ސަބަބުން އެ ނިންމުމާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް މާ ބޮޑު އަސަރެއް ނުކުރާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނައުޝާދު އިތުރަށް ވިދާޅުވީ، މިއީ ގެސްޓް ހައުސްތައް ހުޅުވާލުމުގެ ކުރިން އެޅިގެން ދިޔަ މުހިއްމު އަދި ބޭނުންތެރި ފިޔަވަޅެއް ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތައް ފަތުރުވެރިންނަށް ހުޅުވާލުމުގެ ކުރިން އެންމެ ރަނގަޅު ގޮތަކީ ވެސް މިއީ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެންމެ ފުރަތަމަ ހުޅުވާލި ޓޫރިސްޓު ރިސޯޓްތަކަށް އަންނަ ފަތުރުވެރިން އެއާޕޯޓުން ސީދާ ރިސޯޓައް ދަތުރުކުރާތީ އެމީހުންގެ މޫވްމެންޓް މޮނިޓަރ ކުރަން ވަރަށް ފަސޭހަ ކަމަށް ނައުޝާދު ވިދާޅުވިއެވެ. ނަމަވެސް ގެސްޓްހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަނަށް ވެފައި، މޫވްމަންޓް މޮނިޓަރ ކުރަން އެހާ ފަސޭހަ ނުވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާ މިކަމާ ގުޅުވާ ނައުޝާދު ވިދާޅުވީ ރާއްޖޭގެ ފަތުުރުވެރިކަން ހުޅުވާލަން ޖެހުނީ ވަރަށް ބަލައިގެން ކަމަށާއި ފުރަތަމަ ރިސޯޓްތައް ހުޅުވާލުމަށް ފަހު އޭނގެ ފަހުން ގެސްޓްހައުސްތައް ހުޅުވާލަން ނިންމީ ވެސް އެހެން ވެގެން ކަމަށެވެ. އެގޮތުން ބަލި މެނޭޖް ކުރެވޭނީ ކިހާ ވަރަކަށްތޯ ކުރިން ބެލިފައިވާ ކަމަށް ވިދާޅުވިއެވެ.

ނައުޝާދު އިތުރަށް ވިދާޅުވީ، ރަށަށް ފަތުރުވެރިން ގެނައުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އަޅާފައިވާ ހުރިހާ ފިޔަވަޅެއް އެޅުމުގައި ވެސް އެންމެ އިސްކަމެއް ދީފައި ވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ 15 އިން ފެށިގެން ގެސްޓް ހައުސްތައް އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައިވާ އިރު، ގެސްޓް ހައުސްތައް ހުރި ރަށްރަށަށް ހުއްދަ ދެވިގެން ދަނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ކޮށްގެންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް