Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމާގެ ބޮޑެތި ތުހުމަތުތަކެއް ބިޝާމަށް

އާޒިމާގެ ބޮޑެތި ތުހުމަތުތަކެއް ކުރީގެ ޕީޖީ ބިޝާމްއަށް

20 އޮކްޓޯބަރު 2020 | އަންގާރަ 18:28

އޮޑިޓް އޮފީހުގެ ގާނޫނަށް އިސްލާހު ގެންނަވައި، އޭރު އޮޑިޓަރ ޖެނެރަލް ނިޒާމު މަގާމުން ދުރުކުރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 އޮކްޓޯބަރު 2020 | އަންގާރަ 18:28
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒުގެ އިސްވެރިޔާ ބިޝާމް އަދި ބިޝާމަށްފަހު އެމަގާމަށް ވަޑައިގެންނެވި އާޒިމާ

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒުގެ އިސްވެރިޔާ ބިޝާމް އަދި ބިޝާމަށްފަހު އެމަގާމަށް ވަޑައިގެންނެވި އާޒިމާ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސް އޮފީހުގެ ލީގަލް އެފެއަރޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު، ކުރީގެ ޕޮރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އާޒިމާ މި ވާހަކަތައް ދެއްކެވީ، އޭނާގެ މައްޗަށް އުފުލާފައިވާ ދޮގު މައުލޫމާތު ދިނުމާއި މަނީ ލޯންޑްރިންއަށް މަގު ފަހި ކޮށް ދިނުމުގެ ދައުވާތަކުގެ އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ދައުވާތަކުން ދިފާއު ވެވެޑައިގަންނަވަމުން ދެއްކަވި ވާހަކަތަކުގައި އާޒިމާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބިޝާމްގެ ބައިވެރިވުމެއް އޮތް ކަމަށާއި އެހެންކަމުން ބިޝާމް އެ މަގާމުގައި ހުންނަވައިގެން މި ދެ ދައުވާ ނުއުފެލޭނެ ކަމަށެވެ. އަދި މި ދައުވާތައް ކޮށްފައިވަނީ އެކަށީގެންވާ ހެއްކާއި ގަރީނާ ނެތި ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ އޭނާގެ މައްސަލަ ބިޝާމަށް ބެލޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެމްއެމްޕީއާރްސީ މައްސަލައިގައި ބިޝާމްގެ ފަރުދީ ބައިވެރިވުން އޮތް ކަމަށް ދައުލަތުން މީގެ ކުރިން ބުނެފައިވާ ކަން ފާހަގަކޮށް އާޒިމާ ވަނީ އެހެން ކަމަށް ވާނަމަ މި މައްސަލަ ބެލޭނެ ގޮތަކީ ކޮބައިތޯ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ބިޝާމްގެ ބައިވެރިވުން މިކަމުގައި އޮތް އިރު މިއީ ސާބިތު ނުހިފޭ ދައުވާއެއް ކަމަށާއި މީހެއްގެ މައްޗަށް ދައުވާ ކުރާއިރު އެކަށީގެންވާ ހެއްކާއި ގަރީނާ ހުންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާޒިމާ، ބިޝާމަށް ކުރެއްވި ބޮޑެތި ތުހުމަތުތައް:

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ނެރުއްވި އޮޑިޓް ރިޕޯޓު ތަންފީޒު ކުރުމުގެ ބަދަލުގައި، އޮޑިޓް އޮފީހުގެ ގާނޫނަށް އިސްލާހު ގެންނަވައި، ނިޔާޒު މަގާމުން ދުރުކުރަން، ރައީސް ޔާމީންގެ ސަރުކާރުން ނިންމި ނިންމުމުގައި، އެކަމުގައި ސީދާ ރައީސް ޔާމީނަށް ލަފާ ދެއްވާފައިވަނީ އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއަރޒުގެ މަގާމުގައި ހުންނަވައި ބިޝާމް ކަމަށް އާޒިމާ ވިދާޅުވިއެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަވައި، އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކި ކުރެއްވުމާއި، ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެންނަވައި، ބިޑް ކުރުމަކާ ނުލާ ބިންތަކާއި ރަށްތައް ކުށްޔަށް ދެވޭނެ ގޮތަށް އެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ގެނައުމުގައި ރައީސް ޔާމީންއަށް ލަފާ ދެއްވާފައި ވަނީ ބިޝާމް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމުންތަކުގައި ފަހު ލަފައެއްގެ ގޮތުގައި ލިބި ލައްވާނީ، އެ ވަގުތަކު ރައީސް އޮފީހުގެ ލީގަލު އެފެއަރޒުގެ އިސް ބޭފުޅަކަށް ހުންނަވާ ފަރާތުގެ ލަފާ ކަމަށް ވާތީ، ގާނޫނުތަކަށް އެގެންނެވި ބަދަލުތަކާއި އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގަމުން ދިޔައީ ރައީސްގެ ލީގަލް އެފެއާރޒް މިނިސްޓަރުގެ މަގާމުގައި ބިޝާމް ހުންނަވަނިކޮށް ކަމަށެވެ. އަދި މިހާތަނަށް ބިޝާމްގެ މައްޗަށް ތަހުގީގެއް ހިންގާ، ދައުވާއެއް އުފުލާފައި ނުވާއިރު، މިއީ ހަމަޖެހޭ ދައުވާތަކެއް ނޫންކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

މައްސަލައިގައި ޝާމިލުވާ ކަމަށް ބުނާ އެހެން ފަރާތްތައް:

މި މައްސަލަތަކުގެ ތެރޭގައި އެއް ހަމައެއްގައި، ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ތަހުގީގެއް އަދި ދައުވާއެއް ވެސް އުފުލާފައިނުވާތީ، އެ ސުވާލު ވެސް އާޒިމާ ވަނީ އުފައްދަވާފައެވެ.

އެ ބޭފުޅުންގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަނުގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު އާއި، ބީއެމްއެލްގެ އިސްވެރިޔަކަށް ހުންނެވި މުހައްމަދު ޝަރީފްގެ އިތުރުން، އެ ބޭންކުގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރި ފަރާތްތައް އާޒިމާ ވަނީ ފާހަގަ ކުރައްވާފައެވެ.

ދައުލަތުގެ ރައްދު: ދައުވާ ކުރީ ހެކި ހުރެގެން

ދައުލަތުގެ ވަކީލު ވިދާޅުވީ، އެމްއެމްޕީއާރްސީ ތަހުގީގު އަދިވެސް އެއްކޮށް ނުނިމޭ ކަމަށާއި ތަހުގީގު ފުރިހަމަވާ މިންވަރުން މި ކަމުގައި ބައިވެރިވި މީހުންނަށް ދައުވާ ކުރަމުން ދާނެ ކަމަށެވެ. އަދި އާޒިމާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ދައުވާ ސާބިތު ކުރެވޭވަރުގެ ހެއްކާއި ގަރީނާ ތަހުގީގަށް ލިބިފައިވާތީ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ބިޝާމްއަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ، މަނީ ލޯންޑަރ ކުރުމުގައި އާއި، ދައުލަތަށް ދޮގު މައުލޫމާތު ނުވަތަ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބިޝާމް ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް އަދި ދަލީލެއް އާޒިމާއަށް ދެއްކިފައި ނުވާ ކަމަށެވެ. އެހެން ކަމުން މިކަމުގައި ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ބެލުމުގެ ޖާގައެއް ނެތް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ބިޝާމަކީ، ކުރީގެ ޕީޖީ، މުހުތާޒު މުހުސިން އެ މަގާމުން ވަކިކުރެއްވުމަށް ފަހު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި ބޭކަނބަލެކެވެ. އޭރު ބިޝާމް ހުންނެވީ، ރައީސް އޮފީހުގެ ލީގަލް އެފެއަރޒުގެ އިސްވެރިޔާގެ މަގާމުގައެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއަރޒުގެ އިސްވެރިޔަކަށް ބިޝާމް ހުންނެވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ. އާޒިމާ ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވީ ބިޝާމް ޕީޖީގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމުންނެވެ. އާޒިމާ އެ މަގާމަށް އައްޔަން ކުރެއްވީ ވަޒީރުންގެ ފެންވަރުގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގާފައި ވަނީ، ރައީސް އޮފީހުގެ ލީގަލް އެފެއަރޒުގެ މަގާމުގައި ބިޝާމް ހުންނަވަނިކޮށެވެ. އަދި އޭގެ ފަހުން އާޒިމާ އެ މަގާމާ ހަވާލުވި ފަހުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތާއި މަނީ ލޯންޑަރިންގ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް