Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރ

ދަ ގްރާންޑޭއިން މަހިބަދޫ ބަލިކޮއްފި

މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެއް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 20 އެޕްރީލު 2017 | ބުރާސްފަތި 23:14
މަހިބަދޫ ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

މަހިބަދޫ ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކުލަބުން ކުރިހޯދައިފި އެވެ. ބުރާސްފަތި ދުވަހު ހަވީރީ މާފަންނު ޓާފް ދަނޑުގައި ކުޅުނު މެޗް ދަ ގްރާންޑެއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ގަދަ އަވީގައި ކުޅެމުންދިޔަ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅުގައި ދަ ގްރާންޑޭއިން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. ފުރަތަމަ ހާފުގެ 2 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޭންޖަލް ކަރަސްކޯސާ އެވެ. މި ލަނޑަށްފަހު ދަ ގްރާންޑޭއިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން އެޓިމުން، މަހިބަދޫގެ ހާފުތެރޭގައި ބޯޅަ ހިފަހައްޓައި އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ގަދަ ހޫނުގައި ކުޅެން ޖެހުމުން ދެޓީމަށްވެސް މާ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ދަ ގްރާންޑޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން އެޓީމުން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް އިތުރު ލަނޑުތަކެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ގްރާންޑޭގެ 2 ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕައުލޯ ރޮބޭރިއޯ އެވެ. މާ ގިނަ އިރުތަކެއް ނުވަނީސް އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮއްފައެވެ. 63 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އަޔާޒް އަހުމަދު އެވެ. މެޗުގެ ފަހު ލަނޑު 87 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮއްދިނީ ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާނުކޮއްދިން ކުޅުންތެރިޔާ އޭންޖަލް ކަރަސްކޯސާ އެވެ.

މުބާރާތުގައި ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ޕީކޭ އާއި ބީޖީ ސްޕޯޓްސް ކުލަބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަ ގްރާންޑޭއިން ފަހު ވަގުތު މާޒިޔާއާ އެއްވަރުކޮށްފި

ދަ ގްރާންޑޭއިން ފަހު ވަގުތު މާޒިޔާއާ އެއްވަރުކޮށްފި

03 ޖެނުއަރީ 2021
މަހިބަދޫ ވެޓެރަންސް ފުޓްބޯޅަ މުބާރާތް ފަށައިފި

މަހިބަދޫ ވެޓެރަންސް ފުޓްބޯޅަ މުބާރާތް ފަށައިފި

01 އޯގަސްޓު 2020
ދެވަނަ ޑިވިޝަން: ޖޭޖޭއިން ފަސޭހަކަމާއެކު މަހިބަދޫ ބަލިކޮށްފި

ދެވަނަ ޑިވިޝަން: ޖޭޖޭއިން ފަސޭހަކަމާއެކު މަހިބަދޫ ބަލިކޮށްފި

08 ފެބުރުއަރީ 2020
ދެވަނަ ޑިވިޝަން: މަހިބަދޫ އަދި ސުޕަރ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ

ދެވަނަ ޑިވިޝަން: މަހިބަދޫ އަދި ސުޕަރ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ

16 ޖެނުއަރީ 2020
ގްރީން ބަލިކޮށް ގްރާންޑޭއިން ތިންވަނަ ބުރު މޮޅަކާއިއެކު ފަށައިފި

ގްރީން ބަލިކޮށް ގްރާންޑޭއިން ތިންވަނަ ބުރު މޮޅަކާއިއެކު ފަށައިފި

14 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު