Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ދެވަނަ ޑިވިޝަން: ޖޭޖޭއިން ފަސޭހަކަމާއެކު މަހިބަދޫ ބަލިކޮށްފި

މި މެޗު ޖޭޖޭއިން ކާމިޔާބުކުރީ 7-3 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 8 ފެބުރުއަރީ 2020 | ހޮނިހިރު 13:47
ޖޭޖޭ އަދި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ޖޭޖޭ އަދި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޖޭޖޭ ސްޕޯޓްސް ކްލަބުން ފަސޭހަކަމާއެކު މަހިބަދޫ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު ޖޭޖޭއިން ކާމިޔާބު ކުރީ 7-3 ގެ ނަތީޖާ އަކުންނެވެ.

ފުރަތަމަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ޖޭޖޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބިދޭސީ ފޯވަރޑް އަބީޝޭކް ރިޖާލް އެވެ. މި ލަނޑާއެކު މަހިބަދޫން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައި ވާއިރު މެޗުގެ 15 ވަނަ މިނެޓުގައި މަހިބަދޫން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަހުމަދު ފުއާދެވެ. އޭގެ ދެ މިނެޓު ފަހުން ޖޭޖޭގެ ޑިފެންޑަރ އަހުމަދު އައިހަމް ވަނީ ލަނޑު ޖަހާ އަލުން ޖޭޖޭ އަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށް ފަހު ވެސް ޖޭޖޭއިން ގެންދިޔައީ މަހިބަދޫގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖޭޖޭއިން ކާމިޔާބުކުރި ތިން ވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނާފިއު އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާ އަކުން ޖޭޖޭ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ޖޭޖޭއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޖޭޖޭގެ އިތުބާރު ފޯވަރޑް އަލީ ހާފިޒް (ހާއްޕެ) ވަނީ ލަނޑު ޖަހާ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. އޭގެ މިނެޓެއް ފަހުން އަބީޝޭކް ރިޖާލް ވަނީ ޖޭޖޭ އަށް އިތުރު ލަނޑެއް ޖަހާދީފައެވެ. ޖޭޖޭއިން ޖެހި ހަވަނަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީވެސް އަބީޝޭކް ރިޖާލް އެވެ. މި ލަނޑަކީ މަހިބަދޫ ކުޅުންތެރިން އޭރިޔާ ތެރެއިން ހާއްޕެއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު މަހިބަދޫއިން ކުރިޔަށް ޖެހި ގާތްގާތުގައި ވަނީ ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ނަޒީރް އަދި ޝުއައިބް ސައީދު އެވެ. މެޗު ނިމުމުގެ ކުރިން ލިބުނު ހިލޭ ޖެހުމަކުން އަބީޝޭކް ރިޖާލް ވަނީ ޖޭޖޭ އަށް ލަނޑެއް ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 14 ފެބްރުއަރީގައެވެ. ސެމީގައި ކުޅޭނެ ޓީމުތަކަކީ ސުޕަަރ ޔުނައިޓެޑް ސްޕޯޓްސް، ކްލަބު ޕީކޭ އާއި ކްލަބު ވެލެންސިއާގެ އިތުރުން ޖޭޖޭ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު