Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ކުށުގެ ޤާނޫނު

ރޭޕްގެ މައްސަލަތަކުގައި ސާމްޕަލް ނެގުމަށް ދޭ ރުހުން ލިޔުމުން ހޯދުމަށް ޕީޖީ އޮފީހުން ލަފާ ދީފި

15 އޮކްޓޯބަރު 2020 | ބުރާސްފަތި 08:48

ކޮންސެންޓް ތަފްސީލު ކުރުން މުހިއްމު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 08:48
ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ގެނައުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަނީ

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ގެނައުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަނީ

ރޭޕްގެ އަނިޔާ ލިބޭ މީހާގެ ސާމްޕަލް ނެގުމަށް އޭނާ ނުވަތަ އޭނާގެ ބެލެނިވެރި ފަރާތް ދޭ ރުހުމަކީ ލިޔުމުން ދޭ ރުހުމެއް ކަމަށް ލާޒިމު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ލަފާދެއްވައިފިއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ޤާނޫނު ނަމްބަރު 17/2014 ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން މި އިސްލާޙަކީ އެފަދަ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު، "ރޭޕް އެވިޑެންސް ސާމްޕަލް ކަލެކްޝަން ކިޓް" ބޭނުން ކޮށްގެން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ސާމްޕަލް ނަގައި ތަހުލީލު ކުރުން ލާޒިމް ކުރަން ޖިންސީ ކުށުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާޙެކެވެ.

Advertisement - newsAdvertisement

މި އިސްލާޙާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށް ވަޑައިގެން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ވިދާޅުވީ، މިބާވަތުގެ ކުށުގެ ޒާތަށް ބަލާއިރު ސާމްޕަލް ނެގުމަށް ލިއުމުން ރުހުން ދޭ ގޮތަށް އޮންނަ ނަމަ އެ ހެކި ބަލައިގަންނާނެކަން ކަށަވަރުވުމުގައި އެހީއަކަށް ވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ގިނަ ޖިނާއީ މައްސަލަތަކުގައި ޝަރީއަތުގެ މަރުޙަލާއަށް ދާއިރު، އަނިޔާ ލިބޭ މީހުން ރުހުން ދޭން ދެކޮޅު ހަދާ ފަހަރު އަންނަ ކަމަށެވެ.

އޭގެ އިތުރުން، މިހާރު އަމަލު ކުރަމުންދާ ގޮތަށް އަލިއަޅުވާލައްވާ އޭނާ ވިދާޅުވީ، ހަމައެކަނި އަނިޔާލިބޭ މިހާގެ ބަހަށް ރިއާޔަތް ކުރާނަމަ، ފަހުން ޝަރީއަތުގެ މަރުޙަލާގައި އެކަމަށް ދެކޮޅު ހަދާ ޙާލަތްތަކުގައި ވެސް ރުހުން ދިންކަން ސާބިތު ކުރެވޭނެ ގޮތެއް ނޯންނަ ކަމަށެވެ.

ޖިންސީ ކުށުގެ ޤާނޫނަށް ހުށައެޅިފައިވާ އިސްލާޙާ ގުޅޭގޮތުން މީގެ ކުރިންވެސް ކޮމިޓީން ވަނީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭޑީކޭގެ ޑޮކްޓަރ އަބްދުﷲ ނިޔާފް ވިދާޅުވީ، ކޮންސެންޓް (ރުހުން އޮތްކަން) އާ ގުޅޭ ކަންކަން ޤާނޫނުގައި ބަޔާންވެފައި އޮތް ނަމަވެސް، ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ފުރިހަމަވެގެން އަންނައިރު އެކަން ތަފްސީލުކުރުން މުހިއްމު ކަމަށެވެ. އެގޮތުން މީހެއްގެ ޖިންސީ ގުނަވަނަކުން އޭނާގެ ރުހުމަކާ ނުލައި ސާމްޕަލް ނެގުމަކީވެސް ޖިންސީ ހާނިއްކައެއްކަމަށް ޑރ ނިޔާފް ވިދާޅުވިއެވެ.

ކޮންސެންޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑޮކްޓަރުން އިތުރަށް ވިދާޅުވީ، ކުޑަކުދިން ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭ ޙާލަތްތަކުގައި ކޮންސެންޓް ދޭނީ ކާކުކަން ނުވަތަ އަނިޔާ ދިން މީހާ ކޮންސެންޓް ދޭ މީހާގެ ގޮތުގައި ހުރިނަމަ ދެން އަމަލު ކުރާނެ ގޮތްވެސް ބަޔާން ކޮށްފައި އޮންނަން ޖެހޭ ކަމަށެވެ.

އެކަން ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ޕީޖީ އޮފީހުގެ އޮފިޝަލުވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން އޭނާ ވިދާޅުވީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ރުހުން ދޭނީ ކާކުކަން ކަނޑައަޅާއިރު، ކުއްޖާގެ މަސްލަޙަތު ހިމާޔަތް ކުރާ މީހުންނަކީ ކޮބައިކަން ޤާނޫނުގައި ތަފްސީލުވެގެން އަންނަންޖެހޭ ކަމަށެވެ.

ޖިންސީ ކުށުގެ ޤާނޫނަށް އިސްލާޙު ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

5

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

އިތުރަށް ކިޔާލަން

13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
13 އެޕްރީލު 2017

އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި

13 އެޕްރީލު 2017
އަމިއްލަ އިސްނެގުމަށް މައްސަލަ ބަލާ އުސޫލާއި ޖޫރިމަނާގެ އުސޫލް ސާފުކޮށް ދިނުމަށް ހުށަހަޅައިފި
09 އެޕްރީލު 2017

އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ޖާގައެއް ނުދޭނަން: ޕީޕީއެމް

09 އެޕްރީލު 2017
އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ޖާގައެއް ނުދޭނަން: ޕީޕީއެމް
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
27 މާރިޗު 2017

ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި

27 މާރިޗު 2017
ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި
24 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި

24 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމަށް ބާއްވާ ޖަލްސާއަށް ހާޒިރުކޮށްދިނުމަށް މަހުލޫފު އެދިވަޑައިގެންފި
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް