Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޮޅީގެ ލަފާފުރުމުގެ ދަތިކަން

ޅޮހީގައި މި ވަގުތު އޮތް ބަނދަރުގެ ކުޑަވުމުން ލަފާފުރުމަށް ދަތިވޭ: ކައުންސިލް

14 އޮކްޓޯބަރު 2020 | ބުދަ 18:07

އެ ރަށަކީ ކަންނެލީގެ މަސްވެރިކަން ކުރާ ރަށެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 އޮކްޓޯބަރު 2020 | ބުދަ 18:07
އެންމެ ބޮޑު އުންމީދަކީ ބަނދަރު މަޝްރޫއުގެ މަސައްކަތް އަވަހަށް ފެށިގެން ދިޔުން

އެންމެ ބޮޑު އުންމީދަކީ ބަނދަރު މަޝްރޫއުގެ މަސައްކަތް އަވަހަށް ފެށިގެން ދިޔުން

ނ. ޅޮހީގައި މިވަގުތު އޮތީ ވަރަށް ކުޑަ ބަނދަރެއް ކަމަށާ އޭގެ ސަބަބުން ލަފާފުރުމަށް ނުހަނު ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތި ވަމުން ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުއާ ބެހޭ މައުލޫމާތު ރާއްޖެއެމްވީއާ ހިއްސާ ކުރައްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް ފާތިމަތު ނައީމާ ވިދާޅުވީ މި މަޝްރޫއު އަކީ މިހާރު ރައްޔިތުން ދެކެމުން އަންނަ އެންމެ ބޮޑު އެއް ހުވަފެން ކަމަށާ މިހާރު ރަށުގައި އޮތް ބަނދަރުން ރައްޔިތުންނަށް އެތަކެއް ދަތި ތަކާ ކުރިމަތި ވާކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިހާރު ރަށުގައި އޮތީ ވަރަށް ކުޑަ ބަނދަރެއް ކަމަށާ މިކަމުގެ ސަބަބުން ލަފާފުރުމަށް ތަފާތު އެތަކެއް އުނދަގޫތަކަކާ ކުރިމަތި ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކު ވެފައި ކަމަށާ އަދި މިހާރު ބޭނުން ކުރަން އެކަށީގެން ނުވާކަމަށްވެސް ނައީމާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށަކީ ކަންނެލީގެ މަސްވެރިކަން ކުރާ ރަށެއް ކަމަށާ މަސްވެރިކަން ކުރާ 6 ދޯނި މިހާރުވެސް އޮންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ހުރިހާ ދޯނިތައް އެއްފަހަރާ ރަށަށް އަތުވެއްޖެ ނަމަ މި ދޯނިތައް އެޅޭނެ ޖާގައެއް ބަނދަރު ގައި ނޯންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައިސް ޕްލާންޓް އެރަށުގައި ހުރުމާއެކު ރަށުން ބޭރުގެ ގިނަ އަދަދެއްގެ އުޅަނދު ފަހަރު ވެސް އެރަށަށް އަންނަ ކަމަށާ އެހެނަސް ފަޅުގައި ޖާގަ ނޯންނަ މައްސަލަ ދިމާވާ މައްސަލަ ވެސް ނައީމާ ހިއްސާކުރެއްވިއެވެ.

މިހާރު ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ މި މަޝްރޫއުގެ މަސައްކަތް އަވަހަށް ފެށިގެން ދިޔުމާއެކު އަވަހަށް މިކަން ނިމި ރައްޔިތުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ލިބިގެން ދިޔުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަލަށް ގާއިިމް ކުރެވިގެންދާ ބަނދަރަކީ ރަށަށް އެކަށީގެންވާ ބަނދަރެއް ކަމަށް އުއްމީދު ކުރެވޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިހާރު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަޝްރޫއުގެ ޕްރިލިމިނަރީ ކޮންސެޕްޓަށް ކައުންސިލްގެ ފަރާތުން ލިބިފައިވާ ކޮމެންޓްތަށް ރިވިއު ކުރުމަށްފަހު ބަދަލު ގެނައުމުގެ މަރުހަލާ ވަނީ ފަށާފައެވެ. އަދި ބުދަ ދުވަހު ސަރވޭގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

މިއީ ދިވެހި ސަރުކާރުގެ ބަޖެޓުން ފަންޑުކުރާ މަޝްރޫއު އަކަށް ވީއިރު 2020 ވަނަ އަހަރަށް މި މަޝްރޫއު އަށް ކަނޑައަޅާފައިވަނީ 3،850،000 ދިވެހި ރުފިޔާއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް