Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާސް އިންސްޕެކްޝަން

އިންސްޕެކްޝަން ނިމުމަކާއި ގާތަށް، މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނަން: ޑރ. ނަޒްލާ

މާސް އިންސްޕެކްޝަން އަތޮޅު ތެރޭގައި ވެސް ފަށާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2020 | ހޯމަ 19:05
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

މާލެސިޓީ އަދި އަތޮޅު ތެރޭގައި ފަށާފައިވާ އިންސްޕެކްޝަން ނިމުމަކާއި ގާތަށް ގޮސްފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އެ މައުލޫމާތުތައް ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށެވެ. އެގޮތުން ދެން އޮންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމުގެ ތަފްސީލު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެޗްއީއޯސީން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މާސް އިންސްޕެކްޝަންގެ 4 ވަނަ ބުރުގައި މިހާތަނަށް 259 ތަނެއް ބަލާފަސްކޮށްފައިވާ އިރު، މީގެ ތެރެއިން 254 ތަނެއް ހުރީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށާއި، މިހާތަނަށް ބަންދުކޮށްފައިވަނީ 3 ކެފޭއެއް ކަމަށް އެޗްއީއޯސީން ބުންޏެވެ.

އަދި 254 ތަނުގެ ތެރޭގައި ހިމެނެނީ 206 ފިހާރައާއި، 39 ކެފޭއާއި، 6 ސެލޫނެއްގެ އިތުރުން 3 މާރުކޭޓު ކަމަށާއި ބަންދުކޮށްފައިވަނީ 3 ކެފޭ ކަމަށް އެޗްއީއޯސީން ބުންޏެވެ، އިންސްޕެކްޝަންގައި ފާހަގަވި ކަންކަން ރަނގަޅުކުރުމުން ކެފޭއަކާއި ފިހާއަރައެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް އޭރު އެއްޗީއޯސީން ބުނެފިއެވެ.

އާންމު ޚިދުމަތްދޭ ތަންތަނުން އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް މީގެކުރިން ވެސް މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އުސޫލުތަކާ ޚިލާފުވެފައިވާ ފަރާތްތަކާ މެދު ވަނީ ފިޔަވަޅު ވެސް އަޅާފައެވެ. އުސޫލާ ހިލާފަށް ތަނުގައި ޚިދުމަތް ދެވޭނަމަ ފިޔަވަޅު އަޅާ ގޮތަށް ބަލާއިރު، ފުރަތަމަ ފަހަރު ނަމަ 48 ގަޑީއިރަށް ތަން ބަންދު ކުރެވޭނެއެވެ. އަދި ތަން އަލުން ހުޅުވާ ދެވޭނެ ގޮތަކީ ބަންދު ކުރާ ވަގުތުން ފެށިގެން 48 ގަޑީއިރު ފަހުންނެވެ.

ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ތަން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑީއިރު ފަހުންނެވެ. ތިންވަނަ ފަހަރު ނަމަ، ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން ފަސް ދުވަސް ފަހުންނެވެ.

ކޮވިޑް-19އާ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާންމު ޚިދުމަތްދޭ ތަންތަނުން އަމަލުކުރަންވީ އުސޫލެއް އެކުލަވާލާފައިވާއިރު އެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު