Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ އަށް ބައިނަލްއަގްވާމީ އެވޯޑް

އިމާޖިންގ ލީޑަރ އޮފް ދި އިޔަރ މުޣުނީ އަށް

12 އޮކްޓޯބަރު 2020 | ހޯމަ 12:07

30 އަށް ވުރެ ގިނަ ގައުމުތަކުގެ ކުންފުނިތަކުން ވާދަކުރި

އަލީ ސަމާޚް
އަލީ ސަމާޚް | 12 އޮކްޓޯބަރު 2020 | ހޯމަ 12:07
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއެއްގެ ތެެރެއިން

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއެއްގެ ތެެރެއިން

ބައިނަލްއަގްވާމީ އެވޯޑެއް ކަމަށްވާ، "އިމާޖިންގ ލީޑަރ އޮފް ދި އިޔަރ" ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ އަށް ލިބިވަޑައިގެންފިއެވެ.

މިއީ މި އެވޯޑް ދިވެހި ކުންފުންޏެއްގެ އެމްޑީ އަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި އެވޯޑް މުޣުނީ އަށް ލިބިވަޑައިގެންނެވީ، ކުންފުނީގެ މުވައްޒަފުންގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގެ އިތުރުން ކުންފުންޏާއި މެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރާއި، ތަސައްވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ އަދި ކުރެއްވުމަށް ރާވާފައިވާ ކަންކަމުގެ މައްޗަށެވެ.

Advertisement - newsAdvertisement

އެގޮތުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވާ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފް ކުރައްވަން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސްމާޓް މީޓަރިން ތައާރަފް ކުރުމާއި، ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އަވަސް މިނެއްގައި ކަރަންޓު ދިނުމަށްޓަކައި ޒަމާނީ ސްކާޑާ ސިސްޓަމެއް ގާއިމް ކުރުމާއި، ކަރަންޓުގެ ގައުމީ ވިއުގައެއް ގާއިމް ކުރުމަށް ހިންގާ އިންޓަރކަނެކްޝަން ޕްރޮޖެކްޓް ހިމެނޭ ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ.

އޭގެ އިތުރުންވެސް ކަސްޓަމަރުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމުގެ ގޮތުން ގްރީންލައިފް އިނިޝިއޭޓިވްގެ ނަމުގައި ޕްރޮގްރާމެއް ފަށައި، ކުޑަ އަގެއްގައި ސޯލާ ޕެނަލް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސެވުމާއި، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީތައް ތައާރަފް ކުރުމާއި، ކުންފުނީގެ ހަރަދުތައް ކުޑަ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ހިމެނެ އެވެ. މިއީ މި އެވޯޑް ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް ލިބުނު ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

އޮންލައިންކޮށް ބޭއްވި މި އެވޯޑް ހަފްލާގައި އެވޯޑް ލިބިވަޑައިގަތުމުން މުޣުނީ ވަނީ 70 އަހަރުގެ ދިގު މާޒީއެއް އޮތް ސްޓެލްކޯ މިފަދަ ޝަރަފުވެރި އެވޯޑެއް ލިބުމަކީ އެ ކުންފުންޏަކީ މަސައްކަތް ކުރުމަށް ޑްރީމް ކޮމްޕެނީ އަށް ހެދުމަށް ކުރާ މަސައްކަތްތައް ވާރލްޑް އެޗްއާރުޑީ ކޮންގްރެސް ފަދަ ބަޔަކު ބަލައިގަތުން ކަމަށާއި، އެކަމަށްޓަކައި އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ސްޓެލްކޯ އަކީ އެންމެ ރަނގަޅު ކުންފުންޏަށް ހެދުމަށްޓަކައި ސްޓެލްކޯގެ ކުރީގެ މުވައްޒަފުންނާއި މިހާރުގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

އެ ހިސާބަށް ވަޑައިގެންނެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރުސަތާއި ކުރައްވާ އިތުބާރަށްޓަކައި މުޣުނީ ވަނީ ރައީސަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މުޣުނީ އަށް "އިމާޖިންގ ލީޑަރ އޮފް ދި އިޔަރ" ގެ އެވޯޑް ލިބިވަޑައިގެންނެވި އިރު، މުޣުނީ ޑިގްރީއާއި، މާސްޓާސް ވެސް ހާސިލް ކުރައްވާފައިވަނީ އެމެރިކާ އިން ނެވެ.

ވާރލްޑް އެޗްއާރުޑީ ކޮންގްރެސް އަކީ ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސް އެވެ. މި އެވޯޑަށް އޭޝިއާ ސަރަހައްދުގެ 30ށްވުރެ ގިނަ ގައުމުގެ ކުންފުނިތަކުން ވަނީ ވާދަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް