Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަން ކުރުން

މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުބިން ބޭނުން ކުރާނެ އުުސޫލެއް އެކުލަވާލާ ކައުންސިލްތަކަށް އެކަން ވާނީ އަންގާފައި: މިނިސްޓަރ

12 އޮކްޓޯބަރު 2020 | ހޯމަ 11:56

ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުބިން ހެއްދުމަށް އެއްވެސް ކުއްޔެއް ނެގުމަކާ ނުލާ ތިން އަހަރުގެ މުއްދަތަށް ބިން ދޫކުރުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އޮކްޓޯބަރު 2020 | ހޯމަ 11:56
ރާއްޖޭގެ ރަށެއް

ރާއްޖޭގެ ރަށެއް

ކޮވިޑްގެ ހާލަތާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ބިން ބޭނުންކުރާނެ ގޮތުގެ އުސޫލު އެކުލަވާލާ އެގޮތަށް މަސައްކަތް ކުރުމަށް ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ އޮފް ފިޝްރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ކޮވިޑްގެ ހާލަތުގައި މަޖިލީހުން ކުރި ދިރާސާތަކުގެ އަލީގައި މަޖިލީހުން ސަރުކާރަށް ދިން ލަފާތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުބިންތައް ދޫކުރުމަށް ދީފައިވާ ލަފާ ސަރުކާރުން ތަންފީޒު ކުރަމުންދަނީ ކިހިނެއްތޯ މެމްބަރަކު ވަނީ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުބިން ހެއްދުމަށް އެއްވެސް ކުއްޔެއް ނެގުމަކާ ނުލާ ތިން އަހަރުގެ މުއްދަތަށް ބިން ދޫކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުގެ މަތިން ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ވެސް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މައުލޫމާތުތައް އެއްކުރަމުން އަންނަނީ ދަނޑުވެރިކަމުގެ ހާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވެގެން ކަމަށެވެ. ދަނޑުބިންތައް ދޫކުރުމަށް ހުޅުވާލުމަށް އެންގުމުން ގިނަ ކައުންސިލްތަކަކުން މިހާރު އެކަން ކުރަމުންދާ ކަމަށާއި ކުރީގައި ދަނޑުވެރިކަން ނުކުރާ ރަށްރަށުގައި ވެސް މިހާރު ދަނޑުވެރިކަން ކުރުމަށް ދަނޑުބިންތައް ދޫކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ދަނޑުވެރިންނަށް ބޭނުންވާ މައުލޫމާތުތައް މިނިސްޓްރީން ފޯރުކޮށްދެމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން ކޮންމެ ދުވަހަކު ވެސް އެ މައުލޫމާތުތައް ފޯރުކޮށްދެމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް