Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާޒީ އިބްރާހީމް އަލީ އިސްތިއުފާ ދެއްވުން

ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހުން ނިންމުމުގެ ކުރިން އިބްރާހީމް އަލީ ވެސް އިސްތިއުފާ ދެއްވައިފި

12 އޮކްޓޯބަރު 2020 | ހޯމަ 10:29

ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 އޮކްޓޯބަރު 2020 | ހޯމަ 10:29
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ: ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ: ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނިކޮށް، އޭނާ ފަނޑިޔާރުގެ މަކުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކޮށް، އޭނާ ޖޭއެސްސީއަށް ހޯމަ ދުވަހު ސިޓީއެއް ފޮނުއްވާފައިވާކަން ޖޭއެސްސީން ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

Advertisement - newsAdvertisement

ޖޭއެސްސީން ވަނީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ގާޒީ އިބްރާހިމް އަލީ ދުރުކުރުމަށް މީގެކުރިން ނިންމާފައެވެ.

އެ ކޮމިޝަނަށް ހުށައެޅި ބަލަމުން ދިޔަ މައްސަލަ އަކީ ތޫނު އެއްޗެއް ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމަށް 10 މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ޝަރީއަތް ނިމެންދެން ތުހުމަތު ކުރެވުނު މީހުން ބަންދުގައި ބޭތިއްބުމަށް އަމުރު ކުރުމަށްފަހު، އިބްތިދާއީ މަރުހަލާގައި ދައުވާ ލިބޭ ފަރާތްތަކުގެ އެދުމުގެ މަތިން އެ ހުރިހާ ފަރާތްތަކެއް ބަންދުން ދޫކޮށްލި އަމުރުތަކެއް ހައިކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފްކުރުމުން، ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމަށް ގޮތް ނިންމި އުސޫލުތައް ގޯސްކަމަށާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެމީހުންގެ ބަންދާ ގުޅޭގޮތުން މުރާޖައާ ކުރުމަށް ކްރިމިނަލް ކޯޓުގައި އެދެފިނަމަ، އެމީހުންގެ ބަންދު މުރާޖައާކޮށް އެ މައްސަލާގައި އަލުން ގޮތެއް ކަނޑައަޅަން ވާނެކަމަށް ހައިކޯޓުން ނިންމި ނިންމުންތަކާ އެއްގޮތަށް އަމަލު ކުރުން ގާޒީ އިބްރާހީމް އަލީ ގަސްތުގައި ލަސްކޮށްފައިވާ މައްސަލައެކެވެ.

ޖޭއެސްސީން ބުނެފައިވަނީ، މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވުނު 10 މީހުންގެ ތެރެއިން 9 މީހެއްގެ މައްސަލާ ގައި، އެކި ތާރީހުގައި، ހައިކޯޓުގެ އެކި ނިންމުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ގާޒީ އިބްރާހީމް އަލީ އަމަލު ކުރައްވާފައި ނުވާކަމާއި، އެ މައްސަލަތަކުގައި ބަންދު މުރާޖައަ ކޮށްދިނުމަށް އެދި 23 އޮކްޓޫބަރު 2018 ގައި އާއި، 30 އޮކްޓޫބަރު 2018 ގައި އަދި 12 ނޮވެމްބަރު 2018 ގައި ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ފޮނުވި ސިޓީތަކާ ގުޅިގެން ވެސް ބަންދު މުރާޖާއާ ކުރުމަށް އަޑުއެހުމެއް ހައިކޯޓުގެ ހުކުމާ އެއްގޮތަށް ގާޒީ އިބްރާހީމް އަލީ ތާވަލުކޮށްފައި ނުވާކަން ޖޭއެސްސީގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

އެ މައްސަލާގައި ހިމެނޭ ވ. ބުލޫނިޔާއާގެ މޫސާ އިބްރާހީމްގެ މައްޗަށް ހުށަހެޅިފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް އަލުން ހުށަހަޅައިފިނަމަ، ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި މޫސާ އިބްރާހީމްގެ ބަންދާމެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމާނެ ކަމަށް ކަނޑައަޅާފައިވެއެވެ. ނަމަވެސް ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައި މުހުލަތުގައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހެޅިކަމުގައި ވީނަމަވެސް، އެ މައްސަލާ ގައި ހިމެނޭ އެހެން ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ހައި ކޯޓުގެ ނިންމުންތަކާ އެއްގޮތަށް މުރާޖައާނުކޮށް ބޭއްވި ގޮތަށް، ހައިކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ މުހުލަތުފާއިތުވެ އެތައް ދުވަހެއް ދިޔައިރު މޫސާ އިބްރާހީމްގެ މައްސަލައިގައި ވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހުށަހެޅުމާ މެދު ގޮތެއް ނުނިންމައި، ގާޒީ އިބްރާހިމް އަލީ ގަސްތުގައި، ހައިކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުނުކޮށް އެ މައްސަލަ ލަސްކޮށްފައިވާކަން ޖޭއެސްސީ އަށް ފާހަގަކުރެވިފައިވެއެވެ.

އެ އަމަލުތަކަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ އަމަލުތަކެއްކަމަށް ވާތީ، ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ޖޭއެސްސީން ދަނީ ގާޒީ އިބްރާހީމް އަލީގެ އިތުރު 3 ސުލޫކީ މައްސަލައެއް ތަހްގީގު ކުރަމުންނެވެ. ނަމަވެސް ފަނޑިޔާރުގެ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާއެކު ސްލޫކީ މައްސަލަތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުން މިހާރު އެވަނީ ކެނޑިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު އެކުލަވާލާފައިވާ ޖޭއެސްސީން ގުޅިގެން ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ގިނަ ފަނޑިޔާރުންތަކެއްްގެ ގިނަ ސްލޫކީ މައްސަލަތަކެއް ބަލަމުންދެ އެވެ. އެގޮތުން، ބައެއް ފަނޑިޔާރުން، ފަނޑިޔާރުގެ ކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރަން ވޯޓަށް އެހުމުގެ ކުރިން ގިނަ ފަނޑިޔާރުން ދަނީ އިސްތިއުފާ ދެއްވަމުން ނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

27 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
16 ފެބުރުއަރީ 2017

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް

16 ފެބުރުއަރީ 2017
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނިންމުމުގެ ބާރެއް ރައީސް ޔާމީނަކަށް ނޯންނާނެ: ޝިފާޒް
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް