Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ފްލައިން ސްކޫލުގެ މައްސަލަ

އައްޑޫ ފްލައިންގ ސްކޫލުގެ މައްސަލާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ދަރިވަރުންނާއި މަޝްވަރާކޮށްފި

12 އޮކްޓޯބަރު 2020 | ހޯމަ 03:36

މައްސަލަ ހައްލުކުރުމުގެ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ވަނީ އެދިފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 އޮކްޓޯބަރު 2020 | ހޯމަ 03:36
އައްޑޫ ފްލައިންގ ސްކޫލް

އައްޑޫ ފްލައިންގ ސްކޫލް

އައްޑޫ ފްލައިންގ ސްކޫލުގައި ތަމްރީނު ހޯދަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކުރަމުންދާ މަސައްކަތުގެ ދަށުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެ ދަރިވަރުންނާއި މަޝްވަރާކޮށްފިއެވެ.

އާދިއްތަ ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ހިމެނިވަޑައިގަންނަވާ ގޮތަށް ފްލައިން ސްކޫލުގެ ދަރިވަރުންނާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި އަދި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރާއި އެކު ވަނީ ޒޫމް މެދުވެރިކޮށް ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

Advertisement - newsAdvertisement

އޭޝިއަން އެކަޑަމީ އެއިރޮނޯޓިކްސް (އައްޑޫ ފްލައިންގ ސްކޫލް) ދަރިވަރުންގެ ކަންބޮޑުވުންތަކާއިއެކު ހަޅުތާލުކުރުމަށް ނިންމާފައިވާތީ، ކުރިއަށްދިޔަ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި އެކަން ބަލައިދިނުމަށް އެދިފައިވާނެ ކަމަށާއި، ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައި ވާނެ ކަމަށެވެ. އަދި ދަރިވަރުންގެ ކަންބޮޑުވުންތައް ސްކޫލާއި އެކި ފަހަރުމަތީން ހިއްސާކޮށް، ހައްލު ހޯދައިދިނުމަށް އެދިފައިވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދަރިވަރުން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ކޯސް ނިންމުމަށް ތާވަލުކޮށްފައިވާ މުއްދަތުގައި ފަހުގެ ތާރީހެއްގައި ނިންމި ދަރިވަރެއް ނެތް ކަމަށާއި، ގިނަ ދަރިވަރުންނަކީ މިހާރު އިމްތިހާނު ނިންމާފައިވާ ދަރިވަރުން ކަމަށެވެ. ނަމަވެސް ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއް ވަމުން އަންނަ ކަމަށް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރެއިން ބައެއް ދަރިވަރުންނަކީ ކޯސް ދިގުލައިގެން ގޮސް 4 އަހަރު ނުވަތަ 3 އަހަރު ވެފައިވާ ކުދިން ކަމަށާއި "ޗެކް ރައިޑް" އަޅަން ފްލައިޓެއް ނެތި ގިނަ ދުވަސް އެކަމަށްވެސް ހޭދަ ކުރަން ޖެހިފައިވާ ކަމަށް ދަރިވަރުން ފާހަގަކުރިއެވެ. އެ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 80 އަށްވުރެ ގިނަ ދަރިވަރުން ޕެޓިޝަނުގައި ސޮއިކޮށްފައިވާއިރު، 115 އަށްވުރެ ގިނަ ދަރިވަރުން މިކަމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ދަރިވަރުން ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ފަހުން މިނިސްޓްރީން އައްޑޫ ފްލައިންގ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރީ 27 އޮގަސްޓްގައެވެ. އެ ދުވަހުގެ ބައްދަލުވުމުގައި އެފަރާތުން ބުނެފައިވަނީ، މި މައްސަލަ ދިމާވީ ކުރީ ސަރުކާރުގެ އެދުމުގެ މަތިން ޖާގައިގެ އިތުރަށް ދަރިވަރުން ނެގުމުން ކަމަށެވެ. އެހެންނަމަވެސް، އެއްވެސް ދަރިވަރަކަށް ކޯސް ފުރިހަމަކުރުމަށް ދައްޗެއް ދިމާނުވާނެކަމަށް އެ ދުވަހު ބުނެފައިވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މިއީ ތެދު މައުލޫމާތުކަމާއިމެދު ޝައްކު އުފެދޭތީ، މިކަމާއި ގުޅުންހުރި ލިޔެކިޔުން ހުށަހެޅުމަށް އެފަރާތުގައި އެދިފައެވެ. މިކަމަށް އެއްވެސް ޖަވާބެއް ނުލިބިގެން ނިމިދިޔަ ހަފްތާގައިވެސް އެފަރާތާއި މުއާމަލާތުކޮށް މައުލޫމާތު ހުށަހެޅުމަށް ފުރުސަތު ދެވުނު ނަމަވެސް، މިހާތަނަށް އައްޑޫ ފްލައިންގ ސްކޫލްގެ ފަރާތުން އެ މައުލޫމާތުތަކެއް ހިއްސާކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއިއެކު މަސައްކަތްކުރަމުން އަންނަ ކަމުގެ ޔަގީންކަން ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ދަރިވަރުންނަށް ދިމާވެގެން އުޅޭ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް