Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމްޕްލަޔަންސް އޮފިސަރ ޓްރެއިނިން ޕްރޮގްރާމް

ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކޮމްޕްލަޔަންސް އޮފިސަރ ޓްރެއިނިން ޕްރޮގްރާމެއް ހިންގަނީ!

11 އޮކްޓޯބަރު 2020 | އާދީއްތަ 09:12

830 މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 11 އޮކްޓޯބަރު 2020 | އާދީއްތަ 09:12
ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުގެ ކުއަލިޓީ ސްޓޭންޑެޓް ހިފެހެއްޓުމަށް ދޭ ސްޓޭމްޕެއް

ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުގެ ކުއަލިޓީ ސްޓޭންޑެޓް ހިފެހެއްޓުމަށް ދޭ ސްޓޭމްޕެއް

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކުއަލިޓީ ސްޓޭންޑެޑެއް ޤާއިމްކުރުމުގެ ގޮތުން ކޮމްޕްލަޔަންސް އޮފިސަރ ޓްރެއިނިން ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި ޔޫރަޕިއަން އޮގަނައިޒޭޝަން ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސް (އެއިފެކް) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ ޓްރެއިނިން ޕްރޮގްރާމެކެވެ.

Advertisement - newsAdvertisement

މި ޓްރެއިނިން ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކޮވިޑްގެ މިހާލަތުގައި މިފަދަ ޕްރޮގްރާމެއް ފެށުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި މިއީ މުހިއްމު ކަމެއްގެ ފެށުން ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުމުން އަރައިގަންނަން ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށާއި ރިސޯޓް، ގެސްޓްހައުސް އަދި ސަފާރީތަކުންވެސް ބައިނަލްއަޤްވާމީ ފެންވަރެއްގެ ސެޓްފިކެޓެއް ހޯދުމަކީ އެފަރާތްތަކުން ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގައި އިތުބާރު ދެމެހެއްޓިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުގެ ކުއަލިޓީ ސްޓޭންޑެޓް އޮތުމަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލާއިރު ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ޑރ. މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ.

މި ޓްރެއިނިން ޕްރޮގްރާމްގައި 830 މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އޭގެ ތެރެއިން 630 ޖާގަ ހުސްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. އަދި ބާކީ 200 ޖާގަ ހުސްކޮށްފައިވަނީ ކައުންސިލްތަކަށެވެ.

މި ޕްރޮގްރާމް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ. އެގޮތުން ކައުންސިލްތަކުންނާއި ގެސްޓްހައުސްތަކުން މިޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި އެފަރާތްތަކަށް ދައުވަތު ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށްދަނީ އެއިފެކްއާއި ޔުނިވަރސިޓީ އޮފް ޓިއުރިންއާއި އަދި އެމްއެންޔޫ ގުޅިގެންނެވެ.

ކޮންމެ ދުވަހަކު ދެ ގަޑިއިރަށް، ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިޓްރެއިނިން ޕްރޮގްރާމް ފެށުމަށް ގަސްތުކޮށްފައިވަނީ އޮކްޓޯބަރ 20 ވަނަ ދުވަހުއެވެ. މުޅިން ހިލޭ ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމް ނޮވެމްބަރ 2 ގެ ނިޔަލަށް ކުރިއަށްގެންދާ މިޕްރޮގްރާމް ނިމުމުން ބައިވެރިންނަށް އެއިފެކްގެ ސެޓްފިކެޓެއް ލިބޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމަށްފަހު މި އޮފިސަރުން މެދުވެރިކޮށް ރިސޯޓް، ގެސްޓްހައުސް އަދި ސަފާރީތަކުގެ ކޮލިޓީ ސްޓޭންޑަޑް ބެލޭނެ ކަމަށާއި އެއަށްފަހު އެފަރާތަތަށް ސްޓޭމްޕް ދެވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީ ބުންޏެވެ. މިސްޓޭޕްގެ ސަބަބުން ޙިދުމަތްދޭ ތަންތަނާއި މެދު ޚިދުމަތް ހޯދާ ފަރާތްތަކުގެ އިތުބާރު ބޮޑުވެގެންދާނެއެވެ. އަދި އެފަދަ ފަރާތްތަކުން ދެވޭ ޚިދުމަތުގައި މައްސަލައެއް އުޅޭ ކަމަށްވާނަމަ އެއިފެކްއަށް ކޮމްޕްލަޔަންސްގެ ގޮތުގައި ޚިދުމަތް ހޯދާ ފަރާތުން މައްސަލަ ހުށަހެޅޭނެއެވެ.

އެއިފެކްގެ ޑިރެކްޓަރ ޖެނެރަލް ޗާލްސް ޖަކޯމާ ވިދާޅުވީ މިއީ ޔޫރަޕްގެ ގައުމު ތަކަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ސަރަހައްދު ކަމަށްވެފައި ފަތުރުވެރިކަމުގެ ދާއިރާގެ ކުއަލިޓީ ސްޓޭންޑަޑް ހިފެހެއްޓުމަށް މިފަދަ ފުރުޞަތެއް ލިބުމުން އެއީ އެ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެވެ. އަދި މިހާތަނަށް ކުއަލިޓީ ސްޓޭމްޕް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެންވެސް އެއް ހަމައެއްގައި މިންގަނޑުތަކާއި ޤަވާއިދުތަކުގެ ތެރޭގައި ތިބުމަށް މަސައްކަތް ކުރާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ޔޫރަޕިއަސް އޮގަނައިޒޭޝަން ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސްއަކީ ބައިނަލްއަޤްވާމީ ސަލާމަތަށް ނުރައްކާ ކުރިމަތި ކުރުވާ ނިއުކްލެއަރ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އިތުރުވެގެން ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން (ޑަބްލިއުއެމްޑީ) ފިޔަވަޅު އެޅުން ފަދަ ކަންކަމާއި ގުޚޭ ގޮތުން އަމަލުކުރަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައަޅާ އޮގަނައިޒޭޝަނެކެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ފޮރެންސިކް ޑިޕާޓްމެންޓް އިސް އޮފިސަރަކު ބަދަލުކޮށްފި

29 އެޕްރީލު 2017
ފޮރެންސިކް ޑިޕާޓްމެންޓް އިސް އޮފިސަރަކު ބަދަލުކޮށްފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
04 އެޕްރީލު 2017

ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި

04 އެޕްރީލު 2017
ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް