Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބޭލް އަނިޔާއިން ރަނގަޅުވުން

ވެސްޓް ހޭމް މެޗުގައި ބޭލް ފެނުމުގެ ފުރުސަތު ބޮޑު

ބޭލްގެ ކަކުލަށް އަނިޔާވީ ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2020 | ހޮނިހިރު 17:17
ދާދި ފަހުން ޓޮޓެންހަމާ ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް އެ ޓީމުގެ ފަރިތަކުރުންތަކުގައި

ދާދި ފަހުން ޓޮޓެންހަމާ ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް އެ ޓީމުގެ ފަރިތަކުރުންތަކުގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ކުޅޭ މެޗުގައި އެ ޓީމާ ދާދި ފަހުން ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 100 މިލިޔަން ޔޫރޯއަށް ރެއާލާ ގުޅުނު ބޭލް އަނބުރާ ޓޮޓެންހަމާ ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ރެއާލުން އުމުރުން 31 އަހަރުގެ ފޯވާޑް ލޯނު އުސޫލުން ދޫކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.

ޓޮޓެންހަމާ ގުޅުނުއިރު ބޭލް ހުރީ އަނިޔާގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ބޭލްގެ ކަކުލަށް އަނިޔާވީ މިދިޔަ ސެޕްޓެމްބަރު މަހު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމަށް ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށެވެ. މީގެ ކުރިން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބޭލްގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ ކުޅުމުގެ ތެރެއަށް ނުކުމެވޭނެ ކަމަށް ބެލެވެނީ މި މަހުގެ ފަހުކޮޅުއެވެ.

ޓޮޓެންހަމުގެ ފަރިތަކުރުންތަކުގައި ބޭލް މިހާރު ބައިވެރިވަމުން އަންނައިރު، ލީގުގައި ދެން ޓޮޓެންހަމުން ކުޅޭ މެޗުގައި ބޭލަށް ކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ބައިނަލްއަގުވާމީ ބްރޭކަށްފަހު ލީގުގައި ޓޮޓެންހަމުން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓް ހޭމާ ދެކޮޅަށެވެ.

މީގެ ކުރިން ޓޮޓެންހަމުގެ ކޯޗު ހޯސޭ މޮރީނިއޯވެސް ވަނީ ބޭލްގެ އަނިޔާގެ ތަފްސީލު ބަރާބަރަށް ކުލަބުން ބަލަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ބައިނަލްއަގުވާމީ މެޗުތަކަށްފަހު ބޭލް ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ސައުތެމްޓަން ދޫކޮށް 2007 ވަނަ އަހަރު ފަސް މިލިޔަން ޕައުންޑަށް ޓޮޓެންހަމާ ގުޅުނު ބޭލް އެންމެ ފުރަތަމަ ވިދާލީވެސް އެ ކުލަބުންނެވެ. އެގޮތުން ބޭލް ވަނީ ޓޮޓެންހަމްގައި ހޭދަކުރި ހަ ސީޒަނުގައި އެޓީމަށް 203 މެޗު ކުޅެދީ 55 ލަނޑު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ރެއާލަށް ބަދަލުވެ އެޓީމުގައި ބޭލް މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ރެއާލާއެކު ޖުމްލަ 12 ތަށި ހޯދާފައެވެ. އަދި ވަނީ ރެއާލަށް ކުޅެދިން 251 މެޗުގައި 105 ލަނޑު ކާމިޔާބުކޮށްފައެވެ. އެކަމަކު ރެއާލްގެ ކޯޗުގެ މަގާމާ ޒިނެދިން ޒިދާން ހަވާލުވި ފަހުން ބޭލަށް މާކަ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ބޭލް ރެއާލުގެ ޖާޒީގައި ފެނިގެން ގޮސްފައިވަނީ އެންމެ 14 މެޗުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު