Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހަށް ސިފައިން މައްސަލަ

އާދަމް ޝަރީފް އިސްވެހުންނަވާ މަޖިލީހުގެ ކަރާމާތް ގެއްލުވާލި މައްސަލަ ބައްލަވަންނުވޭތޯ: އިބްރާހީމް ދީދީ

އިބްރާހީމް ދީދީ ވިދާޅުވީ ވެރިކަމުގައި ތިއްބެވިއިރު އޭރުވެސް އެމްއެންޑީއެފް އަށް އޮޅުވާލެއްވީ އިންޑިޔާ ސިފައިން މަޖިލިސް ހިފަން އެމްޑީޕީ އާއެކު ރޭވިކަމަށް ވިދާޅުވެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އޮކްޓޯބަރު 2020 | ހޮނިހިރު 16:24
ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރ އިބްރާހީމް ދީދީ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް

ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރ އިބްރާހީމް ދީދީ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް

ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގައި މިހާރު މަޑުއްވަރީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މެމްބަރ އާދަމް ޝަރީފް އިސްވެ ހުންނަވައި ރައްޔިތުންގެ މަޖިލީހަށް ދިވެހި ސިފައިން ވައްދައިގެން މަޖިލީހުގެ ކަރާމާތް ގެއްލުވާލި މައްސަލަ ބަލާކަށްނުވޭތޯ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރ އިބްރާހީމް ދީދީ ސުވާލު އުފައްދަވައިފި އެވެ.

މިސަރުކާރުގައި ރާއްޖެ ކުރިޔަށް ގެންދަން ބޭނުންވާ މިސްރާބެއް އަދި އެވިސްނުންތެރިކަމެއްވެސް ނެތްކަމަށް ވިދާޅުވެ ރާއްޖޭގެ ޖީޑީޕީ ދަށަށްގޮސްފައިވާ މިންވަރު ދައްކައިދޭ ގްރާފަކާއެކު އާދަމް ޝަރީފް ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުން އިބްރާހީމް ދީދީ ވިދާޅުވީ އާދަމް ޝަރީފް އަޑީގައި އިސްވެހުންނަވާ ދޮގު އިންޓެލް ރިޕޯޓެއް ފެބްރިކޭޓްކޮށް ދިވެހި ސިފައިން ވައްދައިގެން މަޖިލިސްގެ ކަރާމާތް ގެއްލުވާލި މައްސަލަ ބައްލަވާކަށްނުވޭތޯ އެވެ. އިބްރާހީމް ދީދީ މިސުވާލު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ޓެގްކުރައްވައެވެ.

Advertisement - newsAdvertisement

މީގެއިތުރުން އިބްރާހީމް ދީދީ ވިދާޅުވީ ވެރިކަމުގައި ތިއްބެވިއިރު އޭރުވެސް އެމްއެންޑީއެފް އަށް އޮޅުވާލެއްވީ އިންޑިޔާ ސިފައިން މަޖިލިސް ހިފަން އެމްޑީޕީ އާއެކު ރޭވިކަމަށް ވިދާޅުވެކަމަށެވެ. އަދި މިހާރު އިދިކޮޅުގައި ހުންނަވާ ދައްކަވަނީ އިންޑިޔާއިން ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭ ދޮގު ފިތުނަވެރި ވާހަކަކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މަޖިލީހުގެ ގޭޓްގައި ތަޅުއަޅުވައި ސިފައިން މަޖިލިސް ތެރެއަށް ވަދެ ފޯރިމަރާފައިވަނީ އާދަމް ޝަރީފް ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވިއިރު އެވެ. 2017 ވަނަ އަހަރު އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ މަސީހު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް މަސައްކަތްކުރުމުން ސިފައިން ވަނީ މަޖިލީހަށް ވަދެފައެވެ. އަދި މެމްބަރުން މަޖިލިސް އިދާރާއަށް ވަދުމަށް މަސައްކަތްކުރެއްވުމުން ސިފައިން ވަނީ އެކަމަށް ހުރަސް އަޅުއްވާފައެވެ. އެކަމުގެ ތެރޭގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެެސްވެފައެވެ.

އަނެއްކޮޅުން ރާއްޖޭގެ މިނިވަންކަން ނަގާލުމަށް އިންޑިޔާއިން މަސައްކަތްކުރަމުންދާ ކަމަށާއި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ތުހުމަތު ކުރައްވަމުންނެވެ. އިދިކޮޅުން އިންޑިޔާއާ ދެކޮޅަށް ދައްކާ ވާހަކަތަކުގެ އަޑުތައް ގަދަވެފައިވަނީ މިފަހުން އިންޑިޔާއިން ލޯނާއި ހިލޭ އެހީ ރާއްޖެއަށް ބޮޑެތި އަދަދުތަކުން ދިންފަހުންނެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު