Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް ވައިރަހުން ރަނގަޅުވުން

ކޮވިޑް-19 އިން ރަނގަޅުވެ ޑާބީ މެޗަށް އިބްރަހިމޮވިޗް ތައްޔާރު

10 އޮކްޓޯބަރު 2020 | ހޮނިހިރު 09:12

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އިބްރަހިމޮވިޗް ހާމަކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އޮކްޓޯބަރު 2020 | ހޮނިހިރު 09:12
އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

ކޮވިޑް-19 އިން ސްވިޑެން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ރަނގަޅުވެފައިވާ ކަމަށް އޭސީ މިލާނުން ހާމަކޮށްފިއެވެ.

އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް، އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޔުއެފާ ޔޫރޮޕާ ލީގުގެ ކޮލިފައިންގައި ނޯވޭގެ ބޯޑޯ/ގްލިމްޓާ ދެކޮޅަށް މިދިޔަ މަހު މިލާން ކުޅެނު މެޗުގެ ކުރިންނެވެ.

އޭގެ ފަހުން އިބްރަހިމޮވިޗް އައިސޮލޭޝަނުގައި ހުރިއިރު، ހުކުރު ދުވަހުގެ ވަގުތެއްގައި މިލާނުން ވަނީ އިބްރަހިމޮވިޗް ކޮވިޑް-19 އިން ރަނގަޅުވިކަން ހާމަކޮށްފައެވެ. މިލާނުން ނެރުނު ބަޔާނެއްގައި ބުނީ ދެ ފަހަރުގެ މަތިން ކުރި ކޮވިޑް-19 ގެ ޓެސްޓުތަކުންވެސް އިބްރަހިމޮވިޗް ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށާއި، އެއާއެކު މިލާނުގެ ސިއްހީ އިދާރާތަކުން އިބްރަހިމޮވިޗުގެ ކަރަންޓީނު ނިންމާލާފައިވާ ކަމަށެވެ.

އެހެންކަމުން އިޓާލިއަން ލީގުގައި މި މަހުގެ 17 ވަނަ ދުވަހު އިންޓައާ ދެކޮޅަށް މިލާން ކުޅޭ ޑާބީ މެޗުގައި އިބްރަހިމޮވިޗަށް ކުޅެވޭނެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ކުރިން އިބްރަހިމޮވިޗް ވަނީ މިދިޔަ މަހު މި ސީޒަނުގެ އިޓާލިއަން ލީގުގައި މިލާނުން ކުޅުނު ފުރަތަމަ މެޗުގައި ބޮލޯނިއާ ކޮޅަށް ދެ ލަނޑު ޖަހާފައެވެ. އެ މެޗުގައި އިބްރަހިމޮވިޗް ދެ ލަނޑު ޖެހިއިރު، 1999 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި އިބްރަހިމޮވިޗް މިހާރު ވަނީ މިހާތަނަށް ކުޅުނު 22 ސީޒަނުގައިވެސް ލަނޑު ޖަހާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މިލާނާ ގުޅުނު އިބްރަހިމޮވިޗް އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މިލާނުން މިހާރު ވަނީ އިބްރަހިމޮވިޗުގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް އާކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް