Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުން

ޖިނާއީ ޢަދުލުގެ ނިޒާމުވެސް ޙަޤީޤީ މާނައިގައި ލާމަރުކަޒު ކުރުމުގެ މިސްރާބަށް!

ސަބަބުން ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި މުޅި ރާއްޖެ ގުޅާލެވިގެންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އޮކްޓޯބަރު 2020 | ހޮނިހިރު 09:23
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް- ޕީޖީ ޝަމީމް މަޤާމަށް ވަޑައިގަތުމަށްފަހު ޕީޖީ އޮފީހުގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެންނަވާފައިވޭ

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް- ޕީޖީ ޝަމީމް މަޤާމަށް ވަޑައިގަތުމަށްފަހު ޕީޖީ އޮފީހުގެ ހިންގުމަށް ހަރުދަނާ ބަދަލުތަކެއް ގެންނަވާފައިވޭ

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކުގެ ސަބަބުން ޝަރީއަތްތައް ހިންގުމުގައި ލިބިގެންދިޔަ ލުއިފަސޭހަތަކުގެ އިތުރުން، އަތޮޅު ތެރޭގައި ތިއްބަވާ ޕީޖީ އޮފީހުގެ ވަކީލުންނަށްވެސް މައްސަލަތަކުގައި ބައިވެރިވުމުގެ މަގު ފަހިވެގެން ގޮސްފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު އިސްލާޙުތަކާއެކު، ވާރޗުއަލްކޮށް ކުރިއަށްގެންދާ މަޖިލީހަކީވެސް ޝަރީއަތުގެ މަޖިލީހެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 19 ވަނަ މާއްދާއަށް ބައެއް އިތުރުކޮށް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެއް މާލަމަށްވުރެ ގިނަ މާލަން ގުޅުވާލައިގެން ބާއްވާ ކޮންމެ އަޑުއެހުމަކީ ވެސް، ފަނޑިޔާރެއްގެ ކުރިމަތީގައި ބާއްވާ ޝަރީއަތުގެ މަޖިލީހެއްގެ ގޮތުގައި އިސްލާޙުގައި ވަނީ ކަނޑައަޅާފައެވެ.

އެއާއެކު، އަތޮޅު ތެރޭގައި ޤާއިމު ކުރެވިފައިވާ ޕީޖީ އޮފީހުގެ ބްރާންޗުތަކުގައި ތިއްބަވާ ވަކީލުންނަށްވެސް މާލޭގައި ބާއްވާ އަޑުއެހުންތަކުގައި ނުވަތަ އަތޮޅު ތެރޭގެ އެހެނިހެން ރަށްރަށުގެ އަޑުއެހުންތަކުގައި ބައިވެރިވެވޭ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލެވިގެންދާކަން ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ. ޕީޖީ ވިދާޅުވީ، އަމާޒަކީ ޖިނާއީ އަދުލުގެ ނިޒާމުވެސް ޙަޤީޤީ މާނައިގައި ލާމަރުކަޒު ކުރެވިގެން ދިއުން ކަމަށެވެ.

ޕީޖީ ޝަމީމް އިތުރަށް ވިދާޅުވީ، މި ގެނެވުނު ބަދަލުތަކާއެކު، ޕީޖީ އޮފީހުގެ ހިއުމަން ރިސޯސްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ޕީޖީ އޮފީހުގެ އެކި ބްރާންޗުތަކުގެ ވަކީލުންނަށްވެސް އަޑުއެހުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާކަން ފާހަގަ ކުރެއްވިއެވެ. އަދި އެއާއެކު ބޮޑެތި މައްސަލަތަކުގައިވެސް ބައިވެރިވެ ވަކާލާތު ކުރުމުގެ ފުރުސަތު އަތޮޅު ތެރޭގައި ޤާއިމުވެފައިވާ ބްރާންޗުތަކުގައި މަސައްކަތް ކުރައްވާ ވަކީލުންނަށްވެސް ލިބި، އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތަކުގައިވެސް އަތޮޅު ތެރޭގައި ތިއްބަވާ ޕްރޮސެކިއުޓަރުން ބައިވެރިވުމުގެ ފުރުސަތު މި އިސްލާޙުތަކާއެކު ލިބިގެން ގޮސްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ޕީޖީ ޝަމީމް ވަނީ އައްޑޫގައި ހިނގި މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، މައްސަލައިގައި ޕީޖީ އޮފީހުން ބައިވެރިވި ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރ ނިއުމާ މުޙައްމަދު ވަޙީދާއެކު، އައްޑޫ ޕީޖީ އޮފީސް ބްރާންޗުގެ ޕަބްލިކް ޕްރޮސެކިއުޓަރ މުޙައްމަދު އަލްތާފް އަލީ ބައިވެރިވެ ވަކާލާތު ކުރެއްވި މައްސަލައަށް އަލިއަޅުވާލައްވާފައެވެ.

ކޮވިޑް-19 ގެ މި ޙާލަތުގައި އިތުރަށް ލުއި ފަސޭހަ ކުރުމާއި ޚަރަދު ކުޑަކުރުމުގެ ގޮތުން ދާދި ފަހުން ޑީޖޭއޭގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޕީޖީ ޝަމީމް ވަނީ މައިގަނޑު 2 ކަމެއްވެސް ހުށަހަޅުއްވާފައެވެ. އެގޮތުން ފުރަތަމަ ކަމަކީ، މިއަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެެން، މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށު ކޯޓުތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އަދި މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށް ޕީޖީ ޝަމީމް ވަނީ އެދިވަޑައިގަންނަވާފައެވެ.

އޭގެ އިތުރުން، ދެވަނަ ކަމެއްގެ ގޮތުން 2021 ވަނަ އަހަރުން ފެށިގެން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަމަށާއި، އެކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުމަށްވެސް ޕީޖީ ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މިކަމުގެ ސަބަބުން މައްސަލަތައް ހުށަހެޅުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރެވި، ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ކަންކަން ޒަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެކަން ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި
01 ޖުލައި 2017

ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ގުޅިފައި: ރިޔާޒް

01 ޖުލައި 2017
ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ގުޅިފައި: ރިޔާޒް
14 ޖޫން 2017

ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު

14 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލް ގެންދަން މަޖުބޫރުވީ ޕީޕީއެމްގައި ތިބި އިހްލާސްތެރިންގެ ސަބަބުން: އަމީތު
13 ޖޫން 2017

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!

13 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅިގެން ސަރުކާރު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންގަނޑެއް!
13 ޖޫން 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

13 ޖޫން 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު