Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިނާއީ އިޖުރާއަތުގެ ގާނޫނު

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި

ގާނޫނު ފާސްކުރީ މިދިޔަ އަހަރުގެ އޭޕްރީލް 18 ގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 ޖުލައި 2017 | އާދީއްތަ 02:45
ކްރިމިނަލް ކޯޓް: ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

ކްރިމިނަލް ކޯޓް: ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސްދީގުކުރެއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ ގާނޫނަށް އަމަލުކުރަން ފަށައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑޭ) ހުށަހެޅުއްވި ޖިނާއީ އިޖުރާއަތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހު އެވެ. ރައީސް އަބްދުﷲ ޔާމީން އެ ބިލް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ.

މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު އެ ގާނޫނަށް އަމަލުކުރަން ފަށަންވާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވަނިކޮށް ސަރުކާރުގެ ފަރާތުން ވަނީ ގާނޫނަށް އަމަލުކުރުން ހަ މަސް ދުވަހަށް ފަސްކުރުމަށް އިސްލާހު ހުށަހަޅާފަ އެވެ. ޖުލައި ދެ ވަނަ ދުވަހު ގާނޫނަށް އަމަލުކުރަން ފަށާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، އެހެންކަމުން އެ ބަދަލުތަކަށް އަމަލު ކުރަން ފެށޭނީ ޝަރުއީ ދާއިރާއާއި ގާނޫނު ތަންފީޒު ކުރާ އެހެނިހެން އިދާރާތަކާ އަދި ޕްރޮސެކިއުޓަރުން ތަމްރީންކޮށްގެން ކަމަށް ބުނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ބަންޑާރަނައިބުގެ އޮފީހުންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ފާއިތުވި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަގުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ. ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ބާރު އެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައް އެ ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުން ކުޑަތަންވެފައިވަނިކޮށް ސަރުކާރުގެ ފަރާތުން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ގާނޫނުގެ 60 އަށްވުރެ ގިނަ މާއްދާ އިސްލާހުކުރަންޖެހޭ ގޮތަށް ބިލެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް، މަޝްވަރާކުރުމެއް ނެތި ކުއްލިއަކަށް ހުށަހެޅި އިސްލާހެއް ކަމަށް ބުނެ ސަރުކާރު ކޯލިޝަންގެ މެންބަރުގެ މެދުގައި ބިލާ މެދު ޚިޔާލުތަފާތުވުން ބޮޑުވުމުގެ ސަބަބުން އެ ބިލް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު