Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިނާއީ އިޖުރާއަތުގެ ގާނޫނު

ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތު ގާނޫނާ ގުޅިފައި: ރިޔާޒް

ގާނޫނަށް އަމަލުރަން ފެށީ މިއަދު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 1 ޖުލައި 2017 | ހޮނިހިރު 22:45
ޢަބްދުﷲ ރިޔާޒް އެބޭފުޅާގެ މައްޗަށް ކޮށްފައިވާ ތުޙުމަތެއްގެ ޝަރީޢަތަށް ވަޑައިގަންނަވަނީ

ޢަބްދުﷲ ރިޔާޒް އެބޭފުޅާގެ މައްޗަށް ކޮށްފައިވާ ތުޙުމަތެއްގެ ޝަރީޢަތަށް ވަޑައިގަންނަވަނީ

ތަހުޤީޤާއި ޝަރީޢަތް އިންސާފުވެރިވުމުގެ އުއްމީދު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އަލަށް އެކުލަވައިލި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން، ހޮނިހިރު ދުވަހުގެ ރޭ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މިއަދު (2 ޖުލައި 2017) އަމަލުކުރަން ފެށުމުން ތަހުގީގާއި ޝަރީއަތްތައް އިންސާފުވެރި ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެންކުރި މަސައްކަތުން ފާސްކުރި، ޖިނާއީ އިޖުރާއަތުގެ ގާނޫނޫ ތަސްދީގު ކުރައްވާފައިވަނީ 2 މެއި 2016 ގައެވެ. ގާނޫނުގައި ބުނާގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށަން ހަމަޖެހިފައި އޮތީ، ގާނޫނު ތަސްދީގު ކުރިތާ 8 މަސްފަހުން މި އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހެވެ. ނަމަވެސް އޭގެ ފަހުން މި ޤާނޫނަށް އަމަލުކުރަން ފަށަންޖެހޭ މުއްދަތަށް ހަމަސް އިތުރުކޮށް، ގާނޫނަށް އަމަކުރަން ފަށަފައިވަނީ މި ޖުލައި މަހުގެ ދެވަނަ ދުވަސް ފެށުމާއިއެކުއެވެ.

ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި މި ގާނޫނަށް އަމަލުކުރަން ފެށުމާއި ގުޅިގެން ބަދަލު އަންނާނީ މައިގަނޑު 4 ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މައްސަލައެއްގެ ތަހުގީގު މަރުހަލާގައި އަމަލުކުރާނެ އުސޫލުތައް މި ގާނޫނުގެ އޮނިގަނޑުގެ ތެރެއިން އެކަށައެޅިގެން ދިއުމާއި، ކުށެއްގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާކުރާނަމަ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުމަށް ޕީޖީއަށް ލާޒިމުވުމާއި، ކުށް ކުރީ ފުރަތަމަ ފަހަރު ކަމުގައި ވެފައި، އެކުށަކީ ކުޑަ ކުށެއްނަމަ، ދައުވާނުކޮށް ދޫކޮށްލުމުގެ ބާރު ޕީޖީއަށް ދިނުމުގެ އިތުރުން، ރަސްމީ ޝަރީއަތް ފެށުމުގެ ކުރިން އިބްތިދާއީ އަޑުއެހުމެއް ބޭއްވުމާއި، ކުރެވޭ ޝަރީއަތް ވީއެންމެ އަވަހެއް ކުރަން ޖެހުމާއި، މައްސަލައިގެ އަޑުއެހުންތައް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި ހުކުމްކޮށް އަދަބު ދިނުމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިއިރު، މި ގާނޫނުގެ ސަބަބުން ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް ޒަމާނީ، ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ފަނޑިޔާރުންނާއި ވަކީލުންވެސް އިއްތިފާގުވެވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި

ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި

20 އެޕްރީލު 2017
 ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ

13 އެޕްރީލު 2017
ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން

ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން

03 އެޕްރީލު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު