Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިނާއީ އިޖުރާއަތުގެ ގާނޫނު

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރުން ފަސްކުރަމުން ގޮސް، އެންމެފަހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފި

މީގެކުރިން މިއަހަރުގެ ޖެނުއަރީ ދެ ވަަނަ ދުވަހު އަމަލު ކުރުމަށް އޮތީ، ފަހުން ޖުލައި ދެ ވަނަ ދުވަހަށް ބަދަލުކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 ޖޫން 2017 | އަންގާރަ 07:02
އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް

އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް

ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވެ، ނަމަވެސް އެ ގާނޫނަށް އަމަލު ކުރުން ތަކުރާރުކޮށް ފަސްކުރަމުން ގޮސް، އެންމެ ފަހުން އެ ގާނޫނަށް ބޮޑެތި ގިނަ ބަދަލުތަކެއް ގެނައުމަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންެގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ހުށަހެޅުއްވި އެބިލްގައި 99 މާއްދާ ހިމެނެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނެނީ 213 މާއްދާ އެވެ.

މީގެ ކުރިން އެގާނޫނަށް އަމަލު ކުރުން ފަސްކުރަމުން އައިސް، މިއަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފަށާ ގޮތަށް އޮތްއޮތުން ބަދަލުކޮށް ޖުލައި މަހުގެ ދެވަނަ ދުވަހަށް އަމަލުކުރަން ފަށާ ގޮތަށް މަޖިލީހަށް ހުށަހެޅުމަށް ފަހު ވަނީ ފާސްކޮށްފަ އެވެ.

މުބީން ހުށަހެޅުއްވި އިސްލާހު ގެނައުމުގެ އެބިލްގައިވާ ގޮތުން ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިހާރު އަމަލުކުރަށް އޮތް ދުވަހަށް ބަދަލުގެންނަށް ހުށަހަޅުއްވާފައެއް ނުވެއެވެ. މިހާރު ވެސް އޮތްގޮތަށް މުބީނު ހުށަހެޅުއްވި ބިލުގައި ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމަށް އޮތީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް އެބިލް އެޖެންޑާ ކޮށްފައިވާއިރު، އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ދަށުން، އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ފެށުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ވޯޓަށް އަހާ، ބަހުސް ކުރުމަށް ފެންނަކަމަށް ފާސްވެއްޖެ ނަމަ ބަހުސް ކުރާ ގޮތަށެވެ.

އެބިލަށް ބަހުސް ކުރުމަށް ފެންނަ ކަމަށް 27 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ބަހުސްކުރެއްވުމަށް އެދިވަޑައިގަންނަވާ މެމްބަރުން އެކަމަށް އެދިވަޑައިގަތުމަށް ވަރަށް ކުޑަ ވަގުތުކޮޅެއް ދެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ އެއްވެސް މެމްބަރެއް އެ ބިލަށް ބަހުސްކުރައްވަން އެދިލައްވާފައިނުވާ ކަމަށް އިއުލާންކުރައްވައި ބަހުސްކުރުމުގެ މަރުހަލާ ނިންމާލައްވާފަ އެވެ. މަޖިލީހުގެ ރައީސް އެ ގޮތަށް އަމަލުކުރެއްވުމުން އިދިކޮޅު މެންބަރުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެބިލަށް އެއްވެސް މެމްބަރަކު ބަހުސް ކުރައްވާފައިނުވާކަން ފާހަގަ ކުރެވުނުއިރު، މިއީ ޖިނާއީ އަދުލްގެ ނިޒާމުގައި ވަރަށް މުހިއްމު ބިލެކެވެ. މީގެ ކުރިން މަޖިލީހަށް ޖިނާއީ އިޖުރާއަތުގެ ބިލު ހުށަހެޅުނުއިރު، ގިނަ މެމްބަރުން އެ ބިލްގެ މުހިއްމު ކަމާ މެދު ވާހަކަ ދައްކެވި ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާގައި އެކަމެއް ނުފެނެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފެށިއިރު، ހާޒިރުވެވަޑައިގަންވާފައި ވަނީ ވެސް ކިރިޔާ ކޯރަމް ހަމަވާވަރަށް މެމްބަރުން ތިއްބަވައިގެންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅިގެން އެޓާރނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝަމް ވިދާޅުވެފައި ވަނީ އެގާނޫނަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުން ގެންނަންޖެހޭ ބަދަލުތަކުގެ މާބޮޑު ތަފްސީލެއް އޭރު ނުދެއްވި ނަމަވަސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ އެބިލަށް ވަރަށް ގިނަ އިސްލާހުތައް ހުށަހަޅާފައިވާކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު