Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ އިންތިޚާބު

އެމެރިކާގެ ރިޔާސީ އިންތިޚާބު މިނިވަންކަމާ މެދު ޔޫރަޕުގެ ބައެއް ގައުމުތަކުން ސުވާލު އުފައްދައިފި

އެމެރިކާގެ ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ގަބޫލުކުރަނީ 10 އިންސައްތަ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އޮކްޓޯބަރު 2020 | ހޮނިހިރު 10:12
ރިޔާސީ ބަހުސްގެ ފުރަތަމަ ބުރުގައި ޓްރަމްޕް އާއި ބައިޑަން

ރިޔާސީ ބަހުސްގެ ފުރަތަމަ ބުރުގައި ޓްރަމްޕް އާއި ބައިޑަން

މި އަހަރުގެ ނޮވެމްބަރ މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބު މިނިވަން އަދި އިންސާފު ވެރިވާނެކަމާމެދު ޔޫރަޕްގެ ބައެއް ގައުމުތަކުން ޝައްކުކުރާކަމަށް ނެގުނު ޕޯލަކުން ދައްކައިފިއެވެ.

ޔޫރަޕްގެ 7 ގައުމުގެ މީހުންގެ މެދުގައި ނެގުނު މި ޕޯލުން ގިނަ މީހުން ބޭނުންވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކުރެއްވުމަށެވެ. އެހެންނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ގަބޫލުކުރަނީ 10 އިންސައްތަ މީހުންނެވެ. ޕޯލްގެ ނަތީޖާ މިގޮތަށް އައިސްފައި ވަނީ އިންތިޚާބުގެ ނަތީޖާ ޑޮނަލްޑް ޓްރަމްޕް ގަބޫލުނުކުރައްވަފާނެ ކަމުގެ ކަންބޮޑުވުން ބައެއް ޑިޕްލޮމެޓުން ފާޅުކުރައްވާފައިވަނިކޮށެވެ.

ޔޫގޮވްއިން ކުރިޔަށް ގެންދިޔަ މިސަރވޭ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހާ ހަމަައަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ސަރވޭގެ ނަތީޖާ ދައްކާގޮތުން 80 އިންސައްތަ މީހުން ބޭނުންވަނީ ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވުމަށެވެ. އޭގެތެރޭގައި ހިމެނެނީ ޖަރމަންގެ 71 އިންސައްތަ މީހުންނާއި ސްޕެއިންގެ 69 އިންސައްތަ، ސްވިޑިންގެ 65 އިންސައްތަ، ފްރާންސްގެ 64 އިންސައްތަ އަދި އިނގިރޭސިވިލާތުގެ 61 އިންސައްތަ މީހުންނެވެ.

އެންމެ މަދުން ބައިޑަން އިންތިޚާބު ކާމިޔާބުކުރެއްވުމަށް ބޭނުންވާ މީހުން ތިބި ގައުމެެއްގެ ގޮތުގައި ފާހަގަވީ އިޓަލީއެވެ. އެހެންނަމަވެސް އެގައުމުގެވެސް 58 އިންސައްތަ މީހުން ބޭނުންވަނީ ބައިޑަން އިންތިޚާބު ކާމިޔާބު ކުރެއްވުމަށެވެ. މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމަށް ގަބޫލުކުރަނީ ޖަރމަނީގެ 2 އިންސައްތަ މީހުންނާއި އިޓަލީގެ 11 އިންސައްތަ މީހުންނެވެ.

ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުރިޔަށް ގެންދިޔަ މި ސަރވޭގެ ސަބަބުން ޓްރަމްޕްގެ ސިޔާސަތުގެ ދަށުން އެމެރިކާއިން ފާއިތުވި ހަތަރު އަހަރު ޑިމޮކްރަސީ ނެގެހެއްޓުމަށް ގެންގުޅުނު ސިޔާސަތުތަކާއި އެކިކަންކަމުގައި އަމަލުކުރަމުންދިޔަ ގޮތްތަކާމެދު އުފައްދަމުންދާ ސުވާލުތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ. އިންތިޚާބުން ބަލިވެއްޖެނަމަ އަމާންކަމާއި އޮމާންކަމާއެކު ޓްރަމްޕް ބާރުތައް ބަދަލުކުރުމުގެ ކަންކަންކުރާނެތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވުމަށް ޓްރަމްޕް ވަނީ ދެކޮޅު ހައްދަވާފައެވެ.

ވޮޝިންގޓަންގައި ތިއްބަވާ ބައެއް ޑިޕްލޮމެޓުންވަނީ އެތައް އަހަރެއް ވަންދެން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ދައްކަމުން އައި ގައުމެއްގެ ކަންކަން އެހެން ގޮތަކަށް ބަދަލުވެ ފައުންޑޭޝަން ނެތިގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަނެއްކޮޅުން ކޮވިޑް-19 އަށް ޓްރަމްޕް ޕޮޒިޓިވްވުމާއި ހޮސްޕިޓަލްގައި އެޑްމިޓްކުރެއްވުމާއި ޓްރަމްޕްގެ ސިއްހީ ހާލުކޮޅާއި ފަރުވާގެ ކަންކަމާމެދު ސާފު މައުލޫމާތުތަކެއް މިހާތަނަށް އައިއިރުވެސް ލިބިފައިނުވާތީ އިންތިޚާބުގެ ނަތީޖާ ނިކުމެދާނެ ގޮތަކާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަކިން ޚާއްސަކޮށް ދެ ކެންޑިޑޭޓުންނަށް ލިބޭ ވޯޓުގެ ނަތީޖާގެ ފަރަގު ކުޑަވެއްޖެނަމަ ދެން އެކަންތައް ނިމިގެންދާތީ ކޮންގޮތަކަށްތޯ ގިނަބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. ޔޫރަޕްގެ އެމްބަސަޑަރ އެއްވެސް ވިދާޅުވެފައިވަނީ ވައިޓް ހައުސްއިން ދައްކަމުންދާ ވާހަކަތަކުގެ ތެރެއިން ތެދަކީ ކޮބައިކަން ވަކިކުރަން އުނދަގޫވެފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު