Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންސާފު ހޯދައިދިނުމުގެ މަސައްކަތް

މި ފަސް އަހަރުތެރޭގައި އިންސާފު ހޯދައިދިނުމަށް ވީ ވައުދު ފުއްދޭނެ ކަމުގެ ޔަގީންކަން އެބައޮތް: ސިރާޖު

9 އޮކްޓޯބަރު 2020 | ހުކުރު 12:20

މުއައްސަސާތަކުން އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާނަމަ އެކަން މަޖިލީހުގެ ތެރެއިން ކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 އޮކްޓޯބަރު 2020 | ހުކުރު 12:20
ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު

ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު

ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީން ވެފައިވާ ވައުދު މި ފަސް އަހަރު ތެރޭގައި ފުއްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ރައްޔިތުންނަށް މިފަސް އަހަރު ތެރޭގައި ވައުދުވެފައިވާ ގޮތަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރައްވަންތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައިވެސް އިންނަވާ ސިރާޖު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާއެކު މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ކަންކަން ކުރިޔަށްދާ ކަމަށެވެ. މުއައްސަސާތަކުން އެކަށީގެންވާވަރަށް މަސައްކަތް ނުކުރާނަމަ އެކަން މަޖިލީހުގެ ތެރެއިން ކުރާނެ ކަމަށާއި މުއައްސަސާތައް އިތުރަށް ޚަރުދަނާ ކުރުމަށް ޤާނޫނުތަކަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސިރާޖު ވިދާޅުވީ ޖުމްލަ ގޮތެއްގައި ކޯޓުތަކުން ވެސް ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު ކްރިމިނަލް ކޯޓުގެ މަސައްކަތްތަކުގެ ސްޕީޑް އަވަސްވެ މައްސަލަތައް ބެލޭ މިންވަރު އިތުރުވެފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ. އެެހެންނަމަވެސް ކްރިމިނަލް ކޯޓުގެ މަސައްކަތްތަކުގެ ސްޕީޑާމެދު އަދިވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ސިރާޖު ވިދާޅުވިއެވެ.

އެއީ ފަނޑިޔާރުންގެ ދަތިކަމާއެކީގައި އަންނަ ކަމަކަށް ވެސް ވެދާނެ ކަމަށާއި އެހެންނަމަވެސް މިހާރު ތިބި ފަނޑިޔާރުންނާއެކީގައި މިހާރު ޝެޑިއުލްތައް ހުންނަ މިންވަރަށް ބަލާއިރު ކްރިމިނަލް ކޯޓުގައި އެއް އަހަރަށްވުރެ ގިނަ ދުވަސްވީ މައްސަލަތައް އަންނަ އަހަރުގެ މެދު ތެރެއާ ހިސާބަށްދާއިރު ހުންނާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ސިރާޖު ވިދާޅުވިއެވެ.

މީގެއިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ނެރެ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބެލުމުގެ ދަށަށް ގެނައުމާއެކު ވެސް ކުރިޔަށްވުރެ މާ ބޮޑަށް ކަންކަން ރަނގަޅުވެގެން ގޮސްފައިވާތަން ފެންނަ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދަކީ ރަނގަޅު ފަނޑިޔާރު ގެޔެއް ހޯދައި ދިނުން ކަމަށާއި އެ ވައުދު ފުއްދައިދެވެމުން ގެންދެވޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް