Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަލަމުންދާ ޚިޔާނާތުގެ މައްސަލަތައް

ޚިޔާނާތުގެ މައްސަލަތައް ކުރިއަށްދާ ސްޕީޑާއި މެދު ހިތްހަމައެއް ނުޖެހޭ: ސިރާޖު

9 އޮކްޓޯބަރު 2020 | ހުކުރު 04:00

އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރި އެއްކަމަކީ ހިޔާނާތުގެ މައްސަލަތައް އަވަހަށް ބަލާ ފިޔަވަޅު އެޅުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 އޮކްޓޯބަރު 2020 | ހުކުރު 04:00
ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މޫސާ ސިރާޖު

ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މޫސާ ސިރާޖު

ދައުލަތުގެ އެކި އިދާރާތަކުން ބަލަމުންދާ ޚިޔާނާތައި ގުޅުންހުރި މައްސަލަތައް ކުރިއަށްދާ ސްޕީޑާމެދު ހިތްހަމަނުޖެހޭ ކަމަށާއި އެކަމުގައި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ޚިޔާނާތުގެ މައްސަލަތައް ބަލަމުންދާ ކޮމިޝަންތަކާއި އޭސީސީ އާއި ފުލުހުންނާއި އަދި ޕީޖީގެ މަސައްކަތްތަކާމެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށާއި މަދު ބަޔަކަށް ދައުވާ ކުރުމަށް ފޮނުވާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ހުރިއިރު މަސައްކަތްތަކުގެ ސްޕީޑް ލަސްވަނީ ކީއްވެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސިރާޖު ވިދާޅުވީ މައްސަލަތަކަށް އިސްކަންދޭނެ ތަރުތީބެއް އެކުލަވާލާ ބޮޑެތި މައްސަލަތައް އަވަހަށް ނިންމޭނެ ގޮތެއް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވެސް އަދި މަޖިލިސް އިންތިޚާބުގައި ވެސް އެންމެ ބޮޑަށް ވަކާލާތު ކުރި އެއްކަމަކީ ހިޔާނާތުގެ މައްސަލަތައް އަވަހަށް ބަލާ ފިޔަވަޅު އެޅުން ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް މިކަމުގައި ޝާމިލްވާ މުއައްސަސާތަކުގެ މަސައްކަތްތައް ދަނީ އެންމެ ރަނގަޅު ސްޕީޑުގައި ނޫންކަމަށާއި ވަކިން ޚާއްސަކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތުގެ ސްޕީޑް މިހާރަށް ވުރެ ރަނގަޅުކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

މަސައްކަތުގެ ސްޕީޑް ލަސްވާ ސަބަބާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސިރާޖު ވިދާޅުވީ ގިނަ ދުވަސްތަކެއް ވެފައި ހުރި މައްސަލަތަކެއް ބަލަންޖެހުމުން ހެކި ހޯދުމާއި ކަންކަން ކުރުމުގައި ދަތިތަކެއް އުޅެނީކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކީ ސިޔާސީ މަސައްކަތަށްވުރެ ބޮޑަށް ކޯޓެއްގައި ސާބިތުކުރެވޭ ވަރަށް ހެކި ހޯދަންޖެހޭ ކަންތައްްތައް ކަމަށާއި އެހެންކަމުން އެކަމުގައި ދަތިތަކެއް ހުރެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އަނެއްކަމެއްގެ ގޮތުގައި ފާހަގަވަނީ މައްސަލަތައް ބެލުމަށް ކުރިންވެސް އުޅުނު ފަރާތްތައް އުޅުން ކަމަށެވެ. މައްސަލަތައް ބަލަންތިބި ފަރާތްތަކަށް ބަދަލު ތަކެއް އަންނަންޖެހޭ ކަމަށާއި ޚިޔާނާތުގެ މައްސަލަތައް ބަލަންތިބީ ރައީސް ޔާމީން ސަރުކާރުގައި ވެސް އެމައްސަލަތައް ބަލަންތިބި ފަރާތްތައް ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ފުލުހުންގެ އިދާރާއަށް ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ބަލާއިރު ފުލުސް އޮފީހަކީ ރައްޔިތުން އިތުބާރު ކުރާތަނަކަށް ބަދަލުކުރަންޖެހޭ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް