Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިޕިންގ އެޖެންސީގެ ގަވާއިދު އުވާލި މައްސަލަ

ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު އުވާލި ސަބަބު ގަވާއިދު ކޮމިޓީން ބަލަނީ

ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ވަނީ އެގަވާއިދު ޓްރާންސްޕޯރޓް މިނިސްޓްރީން އުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޮކްޓޯބަރު 2020 | ބުދަ 13:50
ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ގަވާއިދު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ޝިޕިންގ އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކުރި ގަވާއިދުކަމުގައިވާ ދިވެހިރާއްޖޭގެ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު އުވާލި ސަބަބު ހޯދުމަށް ގަވާއިދު ކޮމިޓީން ނިންމައިފިއެވެ.

އެ ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވަށް ވަނީ ޓްރާންސްޕޯރޓް އޮތޯރިޓީން ގެޒެޓްކޮށްފައިވާ ގަވާއިދަކާއި ގުޅިގެން އެމައްސަލަ ދިރާސާކުރި އިގްތިޞާދީ ކޮމިޓީން ފޮނުވާފައިވާ މައްސަލަ ދިރާސާކޮށްފައެވެ.

Advertisement - newsAdvertisement

އެ ކޮމިޓީ ބައްދަލުވުމުގައި އިގްތިޞާދީ ކޮމިޓީގައިވެސް އިންނަވާ ކޮމިޓީގެ މެމްބަރެއް ކަމުގައިވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް ވިދާޅުވީ މިކަމާއި ގުޅިގެން ޝިޕިންގ ކުންފުނިތަކާއި އަދި ޓްރާންސްޕޯރޓް މިނިސްޓްރީ އާއެކުވެސް އިގްތިޞާދީ ކޮމިޓީން މަޝްވަރާކޮށް ކަންތައް ހިނގައިިދިޔަ ގޮތް މީގެކުރިން އޮޅުން ފިލުވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ގަވާއިދު ކޮމިޓީއަށް ހުށަހެޅުއްވީވެސް އެމަނިކުފާނު ކަމަށާއި އެއީ އޭރު ގެޒެޓްކޮށްފައިވާ ގަވާއިދެއްގައި ބުނާ މުއްދަތު ހަމަވާތީ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ގަވާއިދު ކޮމިޓީއަށް ގެނެސްގެން ބެލުމަށް އެކަން ހުށަހެޅުއްވީ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެން ކޮމިޓީއަކުން މިކަން ބަލާފައިވާތީ ހަމައެކަނި ގަވާއިދު އުވާލި ސަބަބު ލިޔުމުން ހޯދުމަށް ހުށަހަޅުއްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލްގެ ހުށަހެޅުއްވުމަށް ތާޢީދުކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖެވެ.

އެހެންކަމުން ކޮމިޓީގެ މުގައްރިރު ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަހުމަދު އާމިރު ވަނީ އެގޮތަށް ފާސްކުރުމަށް ވޯޓަށް އައްސަވާފައެވެ. އަދި އެގޮތަށް ފާސްކުރުމަށް މެމްބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްވެފައެވެ.

ޝިޕިންގ އެޖެންސީތަކުގެ ގަވާއިދު ފުރަތަމަ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ގައެވެ. އެ ގަވާއިދުގައި ބުނާ ގޮތުން، ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.

އެ ތާރީހުގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާ ކަމެއް ކަމަށް ބުނިނަމަވެސް، ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ މުއްދަތު ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ. ނަމަވެސް ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު ވަނީ އެގަވާއިދު ޓްރާންސްޕޯރޓް މިނިސްޓްރީން އުވާލާފައެވެ.

އެ ގަވާއިދު އުވާލާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ފައިދާ ހޯދުމަށް ކަމަށް ބެލެވޭތީ އެމައްސަލަ ބެލުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަނީ ހުށަހަޅާފައެވެ. 70 މީހުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ބާތިލްކޮށްފައިވަނީ އޮތޯރިޓީގެ ބޯޑުން ފާސްކުރުމެެއްނެތި ކަމަށެވެ.

އެކަމާއި ގުޅިގެން މިނިސްޓަރ ނަހުލާ މީޑިޔާތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ ގާނޫނާއި ގަވާއިދާއި އިޖުރާއަތުން ބޭރުން އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ ކަމަށާއި ސުވާލު އުފެއްދޭނެ ކަމެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ގަވާއިދު އުވާލުމުގެ ހަމައެކަނި ބޭނުމަކީ އެ ގަވާއިދުގައި ހުރި މައްސަލަތަކެއް ހައްލުކޮށް އަލުން އެ ގަވާއިދު އަލުން އެކުލަވާލުން ކަމަށްވެސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު