Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް ޕްރޮގްރާމް

ބައިނަލްއަގުވަމީ މިންގަނޑުތަކާއި އެއްގޮތަށް ސިއްހީ ރައްކާތެރިކަން ދެމެހެއްްޓުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފި

7 އޮކްޓޯބަރު 2020 | ބުދަ 13:47

ހެލްތް އިމަޖެންސީ ރިސްކު ކޮމްޕްލިއަންސްގެ ތައާރާފެއް ވަނީ ދެއްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 7 އޮކްޓޯބަރު 2020 | ބުދަ 13:47
އައިފެކްއާ އެމްއެންޔޫއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމުގެ ތެރެއިން

އައިފެކްއާ އެމްއެންޔޫއާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމުގެ ތެރެއިން

ބައިނަލްއަގްވަމީ ސްޓޭންޑަޑްސްއާ އެއްގޮތަށް ސިއްހީ ރައްކާތެރިކަން ދެމެހެއްޓުމުގެ ފަހުމްނާމާއެއް ގައި ގައުމީ ޔުނިވާސިޓީ އާއި ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސް (އެއިފެކް) އަދި އިޓަލީގެ ޔުނިވަރސިޓީ އޮފް ޓިއުރިންއާއި ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާ އަކީ "ބަލިމަޑުކަމުގެ ހާލަތުގައި ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް" ޕްރޮގްރާމެއް ދިވެހިރާއްޖޭގައި ހިންގުމަށް ސޮއިކުރެވުނު ފަހުމުނާމާ އެކެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމް ގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިވާސިޓީގެ ފަރާތުން ފަހުމުނާމާ ގައި ސޮއިކުރެއްވީ، ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފްއެެވެ. އަދި އެއިފެކްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޗާލްސް ގިޔަކޯމާއެވެ. އެ ރަސްމިއްޔާތުގައި ޗާލްސް ވަނީ ހެލްތް އިމަޖެންސީ ރިސްކު ކޮމްޕްލިއަންސްގެ ތައާރަފެއް ދެއްވާފައެވެ.

އެއިފެކް އަކީ، ބައިނަލްއަގްވާމީ ސަލާމަތަށް ނުރައްކާ ކުރިމަތި ކުރުވާ ނިއުކްލިއާ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އިތުރުވުން، ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން (ޑަބްލިޔުއެމްޑީ)، ފިޔަވަޅުއެޅުން (އެކްސްޕޯޓް ކޮމްޕްލަޔަންސް) ފަދަ ކަންކަމާއި ގުޅޭ ގޮތުން އަމަލުކުރަންޖެހޭ ބައިނަލްއަގްވާމީ މިންގަނޑުތައް ކަނޑައަޅާ އޮގަނައިޒޭޝަނެވެ.

ތަފާތު ގިނަ ދާއިރާތަކުން ކުއްލި ހާލަތާއި ގުޅޭ ގޮތުން ނުވަތަ ކޮންމެ ބާވަތެއްގެވެސް މުހިއްމު ކަންކަމަށް އަމާޒުކޮށްގެން މިންގަނޑުތަކާއި، ގައިޑްލައިންތަކާއި، އަދި ސެޓްފިކެޓް ދެވޭނެ ނިޒާމުތައް ތަރައްގީކޮށް އަދި އީޖާދު ކުރުމުގެ އިލްމާއި ގާބިލުކަން އެއިފެކްއަށް ލިބިގެންވެއެވެ.

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އެއިފެކްއިން ވަނީ ބައިނަލްއަގުވާމީ ކުއްލި ހާލަތާބެހޭ މިންގަނޑުތަކުގެ އައު ސިލްސިލާ ތަރައްގީ ކޮށްފައެވެ. އެ މިންގަނޑުތަކުގެ ސަބަބުން އޯގަނައިޒޭޝަންތަކަށް ކޮވިޑާ ދެކޮޅަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރުމަށް މަގުފަހިވުމާއި، މީހުންގެ އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށާއި އަދި ސިއްހަތު ރަނގަޅުވުމަށް އެހީތެރިވެދޭނެއެވެ.

މި ސިލްސިލާގައި ހިމެނޭ ތަފާތު ދެ މިންގަނޑަކީ، ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް މެނޭޖްމެންޓް ސިސްޓަމް (HER-CMS) އަދި ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް މެނޭޖްމެންޓް ސިސްޓަމް ފޯ ސެނިޓައިޒޭޝަން ސާވިސް ޕްރޮވައިޑާރސް (SSP-CMS) އެވެ.

އެމްއެންޔޫއިން ބުނީ، އެއިފެކްއާ އެކު މަސައްކަތް ކުރާނީ އެ ސްޓޭންޑަޑްސްތަކަށް "ސެނިޓޭޝަން އެންޑް ހައިޖީން" އަށް ރައްޔިތުން އަހުލުވެރި ކުރުމަށާއި މިސްޓޭންޑާޑްތައް ހިފެހެއްޓުމަށް ޓްރޭނިން ހިންގާ އެކަމާއި ގުޅޭ ދިރާސާ ހެދުމަށް ކަމަށެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް އެއިފެކް ސްޓޭންޑާޑްތައް ހިފަހައްޓާނަމަ އެއިފެކްގެ ސެޓްފިކެޓެއް ދެވޭނެއެވެ.

އެ ސެޓްފިކެޓް އަކީ އިންޓަރނޭޝަނަލް ސެޓްފިކެޓްއަކަށް ވާތީ، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް، މިދުވަސްވަރު ތަނުގެ ސާފުތާހިރު ކަމާއިމެދު ފަތުރުވެރިންގެ އިތުބާރު ހޯދަން، މުހިއްމު ސެޓްފިކެޓްއަކަށް ވާނެކަމަށް ގަބޫލްކުރެވޭ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން

24 މާރިޗު 2017
ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް