Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާރިސް މައުމޫން

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން

24 މާރިޗު 2017 | ހުކުރު 15:07

ފާރިސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށް ރައީސް މައުމޫން ފެކްޝަނުން ބުނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 24 މާރިޗު 2017 | ހުކުރު 15:07
މަސީހުގެ ނޯ ކޮންފިޑެންސް ވޯޓްގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ ފާރިސް

މަސީހުގެ ނޯ ކޮންފިޑެންސް ވޯޓްގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ ފާރިސް

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ފެކްޝަނުން ބުނެފިއެވެ.

ރާއްޖޭގެ ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫނުގެ އޮފީހުން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށާއި އޭނާ މިހާރު ކުރައްވާ މަސައްކަތަކީ ޕާޓީގެ ރައީސް މައުމޫންގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރައްވާ މަސައްކަތެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކާ އެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމް ތަމްސީލްކުރައްވައި ޕާޓީގެ ދިދަ ބޭނުންކުރެއްވުމުން އެކަން ކުށްވެރިކޮށް ޕީޕީއެމްގެ މުސްތަޝާރު އަބްﷲ ޔާމީންގެ ފެކްޝަނުން ބުނެފައިވަނީ ފާރިސްއަކީ ޕީޕީއެމްގެ މެންބަރެއް ނޫން ކަމަށެވެ.

އެ ބަޔާނަށް ރައްދުދީ ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފާރިސްއަކީ ޕާޓީގެ ކައުންސިލް މެންބަރެއްގެ އިތުރުން ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕާޓީގެ މުއައްސިސެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލްކުރައްވާ ފާރިސްއަކީ މިހާރު ވެސް އެ ޕާޓީގެ މެންބަރެއް ކަމަށެވެ. އަދި ޕާޓީގެ ގައުމީ ޖަލްސާއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ޕީޕީއެމްގެ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅަކީ ވެސް ފާރިސް ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވެއެވެ.

"އެ މަނިކުފާނު ޕާޓީން ވަކިކުރިކަމަށް ބުނާއިރު ޕާޓީގެ އެއްވެސް ގުނަވަނަކުން އެ މަނިކުފާނު ވަކި ކުރިކަމަށް ބުނާ ޕާޓީގެ އެއްވެސް ލިޔުމެއް މިއަދާ ހަމައަށް އެމަނިކުފާނަށް ލިބިވަޑައިގަންފައެއް ނުވެ އެވެ. އަދި ޕީޕީއެމް އިން އެމަނިކުފާނު ވަކިކުރިކަމަށް ބުނާ މައްސަލަ ފާރިސް ވަނީ ކޯޓަށް ހުށަހަޅުއްވާފަ އެވެ." މައުމޫންގެ އޮފީހުން ބުންޏެވެ.

ޕާޓީގެ ގައުމީ ޖަލްސާއިން ފާސްކޮށްފައިވާ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވައިދުތަކާއި ހިލާފަށް ފާރިސް މައުމޫން އެއްވެސް ކަމެއް ކުރައްވަމަކުން ގެންދަވާފައެއް ނުވާ ކަމަށް ވެސް ބަޔާމުގައި ވެއެވެ. ފާރިސް މައުމޫން މި ވަގުތު ކުރައްވަމުން އެ ގެންދަވާ މަސައްކަތަކީ، ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރައްވާފައިވާ ހުވަޔާއި އެއްގޮތަށް، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ހައްގުގައި، ޕާޓީގެ ރައީސް މައުމޫންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ކުރައްވަމުންގެންދަވާ ވަރަށް މުހިންމު ގައުމީ މަސައްކަތެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އިދިކޮޅު ފަރާތްތަކާ އެކު ފާރިސް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރަމުން ބަޔާނުގައި ބުނެފައި ވަނީ، އެފަދަ ގައުމީ މަސައްކަތަކަށް ފިތުނަފަސާދަ އުފެއްދުމޭ ކިޔައި، ދިވެހި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދައްކާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމަކީ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފާރިސް ޕާޓީން ވަކިކުރަން ނިންމި މައްސަލާގައި ކޯޓަށް ހުށަހެޅި ނަމަވެސް މިއަދާ ހަމައަށް ވެސް ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެހެންވެ އޭނާ ޕާޓީން ވަކިވި ކަމަށް ބެލެވޭނެ ޖާގައެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ބަޔާނުގައި ވެއެވެ. އެ މައްސަލަ ހައެއްކަ ފަހަރު މަތިން ސިވިލް ކޯޓުގައި ޝެޑިއުލް ކުރި ކަމަށާއި އެކަމަކު މައްސަލަ ކުރިޔަށް ނުގެންދެވިފައި ވަނީ އެ މައްސަލާގައި ޖަވާބުދާރީ ވާންޖެހޭ ފަރާތްތަކުން ހާޒިރު ނުވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް