Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ވެކްސިން

ކޮވިޑް-19 އަށް ވެކްސިނެއް މިއަހަރު ނިމޭ ހިސާބުގައި ލިބިދާނެ: ޓެޑްރޯސް

މިއަހަރު ނިމޭ ހިސާބުގައި ވެކްސިން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ޓެޑްރޯސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޮކްޓޯބަރު 2020 | ބުދަ 02:24
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް

ކޮވިޑް-19 އަށް ވެކްސިނެއް މިއަހަރު ނިމޭ ހިސާބުގައި ލިބިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވަނީ ވެކްސިނެއް ލިބުމާއެކު ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައި ދިރިއުޅެމުންދާ މީހުންނަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެކަން ޔަގީން ކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައެވެ. އެގޮތުން އެކަމުގެ ޔަގީންކަން ސިޔާސީ ލީޑަރުން ދެއްވުމަށް ޓެޑްރޯސް ގޮވާލެއްވި އެވެ.

ޓެޑްރޯސް ވިދާޅުވީ ވެކްސިނެއް ބޭނުންވާ ކަމަށާއި މިއަހަރު ނިމޭ ހިސާބުގައި ވެކްސިން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް ޓެޑްރޯސް ނުދެއްވައެވެ.

ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން ގާއިމު ކޮށްފައިވާ ކޮވޭވެކްސް ގްލޯބަލް ވެކްސިންގައި ނުވަ ވެކްސިނެއް ހިމެނެއެވެ. އެވެކްސިންތައް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު އަންނަ އަހަރު ނިމެންވާއިރު ކޮވޭވެކްސް މެދުވެރިކޮށް ދެ ބިލިއަން ޑޯޒް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ ދެ ދުވަހުގެ މުއްދަތަށް އެގްޒެކެޓިވް ބޯރޑްގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. މި ބައްދަލުވުމުގައި ޕެންޑަމިކުން ސަލާމަތްވުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. ގިނަ ގައުމުތަކަކުން ވަނީ ޑަބްލިޔުއެޗްއޯގެ ގިންގުން މިހާރަށްވުރެ ބޮޑަށް ޚަރުދަނާ ކުރުމަށް ގޮވާލާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެކުރިން ތަކުރާރުކޮށް ވަނީ ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 ޕެންޑަމިކް ގައި ޗައިނާ ދިފާއު ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާ ޑަބްލިޔުއެޗްއޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޗައިނާ އަކީ ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމަށްވާއިރު ޗައިނާއިން ވައިރަސްއާ ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ނުދޭ ކަމަށް އެމެރިކާ އިން ތުހުމަތުކުރެއެވެ. އަދި އެމެރިކާ އިން ވަނީ ޑަބްލިޔުއެޗްއޯއިން ވަކިވުމަށް ނިންމާފައެވެ.

އެހެންނަމަވެސް ޓެޑްރޯސް ވަނީ އެމެރިކާއިން ކުރަމުންދާ ތުހުމަތުތައް ދޮގު ކުރައްވާ ވައިރަސް އާ ގުޅިގެން ދުނިޔެއަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ޑަބްލިޔުއެޗްއޯއިން ހާމަކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ޑަބްލިޔުއެޗްއޯގެ މަސައްކަތްތައް ކުރިޔަށްދާގޮތް މިނިވަން ތިން ޕެނަލަކުން ވަނީ ބަލާފައެވެ. މި ޕެނަލްތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ޓެޑްރޯސް ވިދާޅުވީ ޕެންޑަމިކް ތެރެއިން ދަސްވި ފިލާވަޅުތަކުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަމެއް ދިމާވުމުން ރައްކާތެރިވާނެ ގޮތްތަކަކީ ކޮބައިކަން އެނގެން ބޭނުންފުޅުވާ ކަމަށެވެ. އަދި މި ފިލާވަޅުތަކުގެ އަލީފައި ޑަބްލިޔުއެޗްއޯގެ މަސައްކަތްތައް ކުރިޔަށް އޮތްތަނުގައި ބައްޓަން ކުރަމުންދާނެ ކަމަށާއި އެގޮތަށް ބަދަލުތަކެއް ގެންނަވާނެކަމުގެ ޔަގީންކަން ދެއްވާ ކަަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2019

ރޯކޮށްލިކަމަށް ބެލެވޭ ޖަޕާނުގެ އެނިމޭޝަން ސްޓޫޑިއޯއިން 13 މީހުން މަރުވެެއްޖެ

18 ޖުލައި 2019
ރޯކޮށްލިކަމަށް ބެލެވޭ ޖަޕާނުގެ އެނިމޭޝަން ސްޓޫޑިއޯއިން 13 މީހުން މަރުވެެއްޖެ
01 ޖުލައި 2019

ފަސްއަހަރުތެރޭގައި އިންޑިއާއަށް ކުރިމަތިވި އެންމެބޮޑު ހަނަފަސްކަން މިއަހަރުގެ ޖޫނުމަހުގައި!

01 ޖުލައި 2019
ފަސްއަހަރުތެރޭގައި އިންޑިއާއަށް ކުރިމަތިވި އެންމެބޮޑު ހަނަފަސްކަން މިއަހަރުގެ ޖޫނުމަހުގައި!
29 އޮކްޓޯބަރު 2017

މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!

29 އޮކްޓޯބަރު 2017
މިއަހަރުގެ މިހާތަނަށް ލަންކާގައި މަގުމަތީ 2200 މަރު!
06 އޮކްޓޯބަރު 2017

މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް

06 އޮކްޓޯބަރު 2017
މިއަހަރުގެ ނޯބެލް ޞުލްހައިގެ އިނާމް ނިއުކްލިއަރ ހަތިޔާރާ ދެކޮޅު ބައިނަލްއަޤްވާމީ ކެމްޕެއިން އަށް
31 އޯގަސްޓު 2017

މިދިޔަ އަހަރަށްވުރެ ގިނަ މީހުން މިއަހަރު ޤަތަރުން ހައްޖަށް ދިޔަ: މައްކާގެ އަމީރު

31 އޯގަސްޓު 2017
މިދިޔަ އަހަރަށްވުރެ ގިނަ މީހުން މިއަހަރު ޤަތަރުން ހައްޖަށް ދިޔަ: މައްކާގެ އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު