Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް

ބިމުގެ ބޭނުން ދެމެހެއްޓެނެވި ގޮތެއްގައި ޕްލޭންކޮށް ތަރައްޤީ ކުރުމަށް ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލް ހުށަހަޅާ ބަހުސް ފަށައިފި

މިބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2020 | އަންގާރަ 08:39
މާލެ ސިޓީ

މާލެ ސިޓީ

ދިވެހިރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުން ކުރުމަށް މަގުފަހި ކުރުމުގެ އިތުރުން ބިމުގެ ބޭނުން ދެމެހެއްޓެނެވި ގޮތެއްގައި ޕްލޭންކޮށް ތަރައްޤީ ކުރުމުގައި އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ތަރައްޤީކޮށް މަގުފަހިވާނެ ގޮތަށް ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފެވެ. ބިލް ހުށަހަޅުއްވަމުން ހަސަން އަފީފް ވިދާޅުވީ ސަރުކާރުން މި ބިލް މަޖިލީހަށް ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ މިއަދާ ހަމައަށް އައިއިރުވެސް ރާއްޖޭގެ ބިންތައް ހެޔޮގޮތުގައި ބޭނުން ކުރެވޭނެ ނިޒާމެއް ނުވަތަ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން ބިން ހެޔޮގޮތުގައި ބޭނުން ކުރުމަށް މަގުފަހި ކުރުމަށްޓަކައި ކަމަށެވެ. ހަސަން އަފީފު ވިދާޅުވީ ބިން ބޭނުން ކުރަމުން ދިޔައީ އަބަދުވެސް އޭރަކު ބޭނުންވާ ގޮތަކަށް ކަމަށާއި އޭގެ އެންމެ ބޮޑު އެއް މިސާލަކީ ވެރިކަން ކުރާ ސިޓީ މާލެ ކަމަށެވެ.

Advertisement - newsAdvertisement

މި ބިލް ޤާނޫނަކަށްވެ އަމަލު ކުރަން ފެށުމުން ރާއްޖޭގެ ހުރިހާ ބިމެއް ބޭނުން ކުރާނެ ގޮތާއި ތަރައްޤީ ކުރާނެ ގޮތް ހިމެނޭ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމާއި ބެހޭ ގައުމީ ސިޔާސަތުތައް ތަންފީޒު ކުރުމާއި ބިލް ތަންފީޒު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި ނޭޝަނަލް ޕްލޭނިންގ އޮތޯރިޓީގެ ނަމުގައި ސަރުކާރުން އިދާރާއެއް އުފެދިގެންދާނެ ކަމަށް ހަސަން އަފީފު ވިދާޅުވިއެވެ. މި އޮތޯރިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕްލޭނިން އިދާރާތަކުން އުފައްދާ ޕްލޭންތައް ޕްލޭނިންގ އެސެސްމަންޓް ކޮމިޓީގެ ލަފާގެ މަތިން ފާސްކުރުމާއި ޕްލޭނިންގ އާ ބެހޭ ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި އެ ސިޔާސަތުތަކަށް ގެންނަން ފެންނަ ބަދަލުތައް މިނިސްޓަރަށް ހުށަހަޅުން ފަދަ ކަންކަން ހިމެނޭ ކަމަށް ހަސަން އަފީފު ވިދާޅުވިއެވެ.

މި އެސެސްމެންޓް ކޮމިޓީގައި 9 މެމްބަރުން ތިއްބަވަން ޖެހޭއިރު ކޮމިޓީއަށް މެމްބަރުން އައްޔަނުކޮށް ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މި ބިލްގެ ދަށުން ބިން އެންމެ ހެޔޮގޮތުގައި ތަރައްޤީ ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމާއި ގުޅޭ އިދާރާތަކުން ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ މިންގަނޑުތަކާއި އެއްގޮތަށް ފިޒިކަލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް ތައްޔާރު ކުރަން ޖެހެއެވެ.

މި ބިލް ބުނާގޮތުން ޕްލޭންތައް ފާސް ކުރާނީ ޕްލޭނިންގ އެސެސްމަންޓް ކޮމިޓީގެ ލަފާގެ މަތިން އޮތޯރިޓީން ކަމަށެވެ.

މި ބިލަށް ބަހުސް ކުރެެއްވި މެމްބަރުން ވަނީ މިއީ މުހިންމު ބިލެއް ކަމަށް ފާހަގަ ކުރައްވާފައެވެ. އެހެންނަމަވެސް ބިލްގައި ކަންބޮޑުވުންތަކެއް ހުރިކަން ވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު