Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބުތަކުން ކަންބޮޑުން ފާޅުކުރުން

"ހުއްދަ ލިބުނުހާ އަވަހަކަށް ފަރިތަކުރުންތައް ފަށާނަން"

5 އޮކްޓޯބަރު 2020 | ހޯމަ 17:11

އައު ސީޒަން ޑިސެމްބަރު މަހު ފަށަން އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުން

އަތޫފް އާތިފް
އަތޫފް އާތިފް | 5 އޮކްޓޯބަރު 2020 | ހޯމަ 17:11
އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ކުލަބުތަކުން ފަރިތަކުރުންތައް ނުފަށާ މަޑުކުރަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދޭންޖެހޭ ހުއްދަ ނުދޭތީ ކަމަށާއި، އެ ހުއްދަ ލިބުނުހާ އަވަހަކަށް ފަރިތަކުރުންތައް ފަށާނެ ކަމަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ކޯޗުން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެފްއޭ ކަޕްގެ އެއްބައި ކުޅުމަށްފަހު މިދިޔަ ސީޒަން ކެންސަލް ކުރިއިރު، އައު ސީޒަން އަންނަ ޑިސެމްބަރު މަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ކުޅިވަރު ހަރަކާތްތަކާއި ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ނުގެންދަން ލަފާ ދީފައެވެ. އޭގެ ފަހުން އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކުލަބަށް ފަރިތަކުރަން ހުއްދަ ދިން ނަމަވެސް، ފަހުން އޭއެފްސީން އެ މުބާރާތް ކެންސަލް ކުރިއެވެ.

"ރާއްޖެ.އެމްވީ" އާއި ވާހަކަދައްކަމުން ފުރަތަމަ ޑިވިޝަނުގެ ދެ ކުލަބެއްގެ ކޯޗުން، ނަން ހާމަ ނުކުރުމަށް އެދި ބުނީ ކުލަބުތަކުން ފުޓްބޯޅަ ސީޒަން އަވަސް ކުރުމަށް ބޭނުންވާ ކަމަށާއި، ސީޒަން ލަސްވާ ކޮންމެ ދުވަހަކީ ކުލަބަށާއި، ކުޅުންތެރިންނަށް އޭގެ ސަބަބުން ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭ ދުވަހެއް ކަމަށެވެ. އެހެންކަމުން މިހާރު ކުލަބުތަކުން ސީޒަން އަވަހަށް ފެށުމަށް އެފްއޭއެމާ ވާހަކަ ދައްކަމުން އަންނަ ކަމަށްވެސް ކޯޗުން ވަނީ ބުނެފައެވެ.

ފުރަތަމަ ޑިވިޝަނުގެ ކޯޗުން ބުނީ ސީޒަން ފެށުމުގެ ކުރިން ދެ މަހެއްހާ ދުވަހު ފަރިތަކުރަން ކުޅުންތެރިންނަށް ބޭނުންވާނެ ކަމަށާއި، މިހާ ގިނަ ދުވަހު ކުޅުމާއި ދުރުގައި ކުޅުންތެރިން ތިބުމުން ފިޒިކަލީ ކުޅުންތެރިން ފިޓް ނުވާނެ ކަމަށެވެ. އެހެންވެ އަވަސް ގޮތަކަށް އެޗްޕީއޭއިން ފުޓްބޯޅަ ޓީމުތަކުގެ ފަރިތަކުރުންތައް ފެށުމަށް ހުއްދަ ދޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަވަސް މުސްތަގުބަލެއްގައި އެޗްޕީއޭއިން ފަރިތަކުރުންތައް ފެށުމަށް ހުއްދަ ދޭނެއެވެ. އެއާއެކު ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭ ކުލަބުތަކުން ފަރިތަކުރުންތައް ފަށާނެއެވެ.

ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތް ކުރަމުން އަންނައިރު، އައު ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މިފަހަރު އަށް ޓީމެއް ވާދަކުރާނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
19 މާރިޗު 2017

މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް

19 މާރިޗު 2017
މާލޭ ލީގުގެ ކުޅުން ފެށޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން: އެފްއޭއެމް
17 މާރިޗު 2017

ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!

17 މާރިޗު 2017
ފަލަސްތީން މެޗަށް އާދީއްތަ ދުވަހު ގައުމީ ޓީމު ފަރިތަކުރުންތައް ފަށަނީ!
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
12 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ

12 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމު ހޯމަ ދުވަހު ފަރިތަކުރުންތައް ފަށަނީ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް