Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނާތް/ އަދީބުގެ ޝަރީއަތް

ފައިސާ ޖަމާކުރި ފަރާތްތަކާއި، އޭގެން އުފައްދާފައިވާ އެސެޓްތައް ތަހުގީގަށް ކިޔާދީފައިވާނެ: އަދީބު

5 އޮކްޓޯބަރު 2020 | ހޯމަ 08:40

ފޯނާއި ލިބިފައިވާ ގިނަ މެސެޖްތަކާއި ހެކި ޤަރީނާތައް ވަނީ ތަހުގީގު ޓީމާ ހިއްސާ ކުރައްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 އޮކްޓޯބަރު 2020 | ހޯމަ 08:40
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު (ފައިލް ފޮޓޯ): އަދީބުގެ ފޯނާއި ލިބިފައިވާ ގިނަ މެސެޖްތަކާއި ހެކި ޤަރީނާތައް ވަނީ ތަހުގީގު ޓީމާ ހިއްސާ ކުރައްވާފައި

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު (ފައިލް ފޮޓޯ): އަދީބުގެ ފޯނާއި ލިބިފައިވާ ގިނަ މެސެޖްތަކާއި ހެކި ޤަރީނާތައް ވަނީ ތަހުގީގު ޓީމާ ހިއްސާ ކުރައްވާފައި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކާއި އެފަރާތްތަކުން އެފައިސާ ބޭނުންކޮށްގެން އުފައްދާފައިވާ އެސެޓްތައް ތަހުގީގު ޓީމަށް ކިޔާ ދެއްވާފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

އަދީބުގެ މައްޗަށް ހުކުމް ހުކުމް ކުރުމަށް ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގެ އަޑު އެހުމުގައި އާދިބަށް ވާހަކަ ދެއްކެވުމަށް ފުުރުސަތު ކްރިމިނަލް ކޯޓުގައި މިމައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ދެއްވުމުން، އަދީބު ވިދާޅުވީ، ދައުލަތާއެކު ވެފައިވާ އިއުތިރާފްގެ އެއްބަސްވުމާއެއްގޮތަށް ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އެގޮތުން އޭނާގެ ފޯނާއި، ގިނަ މަސެޖްތަކެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީގެ ހިޔާނާތާގުޅޭ، ގިނަ ހެއްކާއި ޤަރީނާތައް ތަހުގީގު ޓީމަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިދިއަ ހަތްފާގެ ބުދަ ދުވަހު ބޭއްވި އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި އަދީބު ވަނީ ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު، ވާހަަކަ ވާހަކަ ދައްކަވާފަ އެވެ. މައިގަނޑު ގޮތެއްގައި އަދީބު ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަރަށް ގިނަ ފަރާތްތަކަށް މަންފާ ކޮށްފައިވާނެ ކަމަށާއި، އޭނާގެ އެއްބާރުލުން ދައުލަތަށް ނުލިބި، އެފައިސާ ލިބުނު މީހުންނާއި ފައިސާ ހޯދުމަށް ދައުލަތުން ކުރާ މަސައްކަތްތައް ވެސް އެންމެ އެދެވޭ ގޮތަކަށް ކުރިއަށް ނުދާނެ ކަމަށެވެ. އެހެންކަމުން އޭނާވެސް ބޭނުންވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ދައުލަތަށް ގެއްލުނު ފައިސާ ދައުލަތަށް ހޯދާދިނުން ކަމަށާއި އެކަމަށް ދައުލަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އަދީބު ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ބޭނުންނުވެ، އޭނާއާ ވަކި ބައެއް މިމައްސަލާގައި ޖަލަށްލުމަށް ބޭނުންވުމުން، އޭރު އެއްބާރުލުން ނުދިން ނަމަވެސް، ސަރުކާރު ބަދަލުވުމުން މިސަރުކާރަށް އެއްބާރުލުން ދެމުންދަނީ، މިސަރުކާރުން އިހުލާސްތެރިކަމާއެކު މި މައްސަލަތައް ބަލަން ބޭނުންވާތީ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ހަމައެކަނި އޭނާއާ ހަމައިން ނިމޭނެ މައްސަލައެއް ނޫން ކަމަށާއި، އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރަށްތަށް ކުއްޔަށް ދޫކުރުމުގައި އަމަލު ކޮށްފައިވަނީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށެވެ. އަދި އޭނާ އަމިއްލައަށް އެއްވެސް ރަށެއް ވިއްކާ ފައިސާ ނަގާފައި ނުވާނެ ކަމަށާއި، އެހުރިހާ މުއާލަމާތްތަކެއް ހިންގަމުން ދިޔައީ ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވެފައިވަނީ، 2012 އާއި 2013 ވަނަ އަހަރުވެސް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ކަމަށާއި، އޭރު ރަށްތަށް ކުށްޔަށް ދޫކުރަމުން ދިޔައީ ބިޑް ކޮށްގެން، ދެފުށްފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުގެ މެންޑޭޓަށް ބަދަލު ގެންނަވައި، ގާނޫނާއި ގަވާއިދު ތަކަށް ބަދަލު ގެންނަވައި، ރަށްތަށް ކުށްޔަން ދޫކުރަމުންދިޔައީ ރައީސް އޮފީހުން ރައީސް ދެއްވާ އިއުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަންުގެ އަމަލުތައް ހިންގީ 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، އެމްޕީއެލުން 77 މިލިއަން ރުފިޔާއާއި އެމްޓީޑީސީން ނެގި އެއް މިލިއަން ޑޮލަރާ ހަމައިން ކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް