Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޕީއެމްގެ ލީޑާޝިޕް

ޕީޕީއެމްގެ ލީޑާޝިޕަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ޑރ. ވަހީދު ފައްޓަވައިފި

ޕީޕީއެމްގެ އާންމު މެންބަރުންނާއި ކައުންސިލް މެންބަރުންނަށް ވެސް ޖެފްރީ އިސްވެ ގުޅުއްވާ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2020 | އާދީއްތަ 12:54
ޑރ. ވަހީދާއި ދަރިކަލުން ޖެފްރީ ސާލިމް ވަހީދު - ފޮޓ: ފޭސްބުކް

ޑރ. ވަހީދާއި ދަރިކަލުން ޖެފްރީ ސާލިމް ވަހީދު - ފޮޓ: ފޭސްބުކް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފިނަމަ ޕީޕީއެމްގެ ލީޑަރޝިޕަށް ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް މިހާރުން ފެށިގެން އެ ޕާޓީގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފައްޓަވައިފިއެވެ.

ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މަރުހަލާ ކުރިއަށްދާއިރު، އެ ޕާޓީގެ ގިނަ މެންބަރުން އިންތިޒާރުކުރަމުންދަނީ އެމަނިކުފާނު ޖަލުން މިނިވަންވާނެ ދުވަހަކަށް ކަމަށެވެ. އެހެންނަމަވެސް މިހާލަތުގައި ޕާޓީގެ ތެރެއިން ނުބައި ތަސައްވުރެއް ފެންނަމުންދާކަން އޭނާ ފާހަގަކުރިއެވެ.

Advertisement - newsAdvertisement

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ޕީޕީއެމްގެ ތެރެއިން ކުރީގެ ރައީސް ޑރ. ވަހީދަށް ތާއީދު ހޯއްދެވުމަށް އެމަނިކުފާނުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދު މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި އެކަމުގައި ޕާޓީގެ އާންމު މެންބަރުންނާއި ކައުންސިލް މެންބަރުންނަށް ވެސް ޖެފްރީ އިސްވެ ގުޅުއްވަމުން ގެންދަވާ ކަމަށް ވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވެއެވެ.

މި މޭރުމުން ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ހަމައެކަނި ނުޖެހި ހުންނެވި ސިޔާސީ ބޭފުޅަކީ ރައީސް ވަހީދު ކަމަށް އެ ޕާޓީގެ މެންބަރުންގެ ގާތުގައި ޖެފްރީ ވިދާޅުވަމުންދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަހީދަށް ތާއީދު ހޯދުމަށް ޖެފްރީ ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ހުންނަ ޕީޕީއެމްގެ ޖަގަހައަށް ގޮސް އެތަނުގައި ވެސް އެ މަސައްކަތް ކުރައްވަމުންގެންދާކަން އޭނާ ފާހަގަކުރިއެވެ.

ރައީސް ވަހީދު ޕީޕީއެމްގެ ލީޑަރޝިޕަށް ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ފެއްޓެވިއިރު، ރައީސް ޔާމީންގެ ހުކުމާ ގުޅޭގޮތުން އިންޑިއާ އެމްބެސެޑަރާއެކު މަޝްވަރާކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ދިއުމަށް ނިންމާފައިވަނީވެސް ރައީސް ވަހީދެވެ. ނަމަވެސް ޕްރޮގްރެސިވް ކޯލިޝަނުން އެކަން ދޮގުކުރެއެވެ.

ރާއްޖެއެމްވީ އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ދީފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ގެޔަށް ބަދަލުކުރުމަށް އެ ކޯލިޝަންގެ ކޮންފަރެންސް ބައްދަލުވުމެއް ބާއްވައި، އިންޑިއާގެ ސަފީރާއި މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބައްދަލުވުމަށް ދިއުމަށް ހަމަޖެހިފައިވަނީ ޑރ. ވަހީދު ކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މަސައްކަތް ކުރަމުން އަންނައިރު، އެޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން އަންނަނީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްވި ކަމަށް ޝަރީއަތުން ނިންމައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު