Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ އޮޕަރޭޝަނެއްގައި ބޮންޑާ ހައްޔަރުކުރުން

ބޮންޑާ ހައްޔަރުކުރީ މަސްތުވާތަކެއްޗާއެކު ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާގެ ވަކީލު ދޮގުކޮށްފި

4 އޮކްޓޯބަރު 2020 | އާދީއްތަ 09:52

ބޮންޑާގެ ވަކީލު ވިދާޅުވަނީ ބޮންޑާ ހައްޔަރުކުރީ އައްޑޫއިން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 އޮކްޓޯބަރު 2020 | އާދީއްތަ 09:52
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ): އިއްޔެ ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮަޕަރޭޝަނެއްގައި ވަނީ ހައްޔަރު ކޮށްފައި

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ): އިއްޔެ ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮަޕަރޭޝަނެއްގައި ވަނީ ހައްޔަރު ކޮށްފައި

ފުލުހުން އަތުލައިގަތް 88 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މައްސަލައާ ގުޅިގެން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ހައްޔަރު ކުރި ނަމަވެސް، އޭނާގެ އަތުން މަސްތުވާއެއްޗެއް ނުފެންނަ ކަމަށް އޭނާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި ކަނޑުމަތިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ޝާމިލުވާ ބަޔަކު މިހާތަނަށް ރަސްމީ އެއްވެސް ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން މައުލޫމަތު ދެއްވަމުން ބޮންޑާގެ ވަކީލު ޝަމީލް ވިދާޅުވީ ހައްޔަރުކޮށްފައިވަނީ "ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު" ކަމަށް ބައެއް މީޑިއާތަކުގައި ފަތުރާގައިވާ ޚަބަރަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމުގައެވެ. އަދި ބޮންޑާ ހައްޔަރުކޮށްފައިވަނީ ހިތަދޫއިން ކަމަށާއި، އޭނާ ހައްޔަރުކުރިއިރު އޭނާގެ އަތުން ނުވަތަ ގުޅުންހުރި އެއްވެސް ތަނަކުންވެސް އެއްވެސް ޒާތެއްގެ މަސްތުވާއެއްޗެއް ފެނިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ޝަމީލް އިތުރަށް ވިދާޅުވީ، މަސްތުވާތަކެއްޗާ އެއްވެސް އިރެއްގައި ބޮންޑާއާ އެއްވެސް ގުޅުމެއް ނޯންނާނެކަމުގެ ޔަޤީންކަން ބޮންޑާގެ ފަރާތުން އަރުވާ ކަމަށެވެ. އަދި މީޑިއާތަކުން ހަޤީޤަތާ ޚިލާފަށް ޚަބަރު ނެފެތުރުވުމަށާއި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރެއްވުމަށް ބޮންޑާ އެދުނު ކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައިރިން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލާގައި މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، އައްޑޫގައި ހަރަކާތްތެރިވާ ޑްރަގް ނެޓްވޯކްގެ ބައެއް ޔަކަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި އައްޑޫގެ ވަރުގަދަ ޑްރަގް ޑީލަރެއް ކަމަށް ފުލުހުން ކުރިން ވެސް ތުހުމަތުކޮށް އެތައް ފަހަރަކު އެކި ކުށްތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ) އާ އެކު އިތުރު ބަޔަކު ހައްޔަރުކުރި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކަނޑުމަގުން އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހޮނިހިރު ދުވަހު އައްޑޫއިން އަތުލައިގަތީ ޑްރަގްސްގެ ވިޔަފާރިކުރާ އިންޓަނޭޝަނަލް ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

ނަމަވެސް، ފޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަން ހިންގާފައިވަނީ "ހަމައެކަނި" ދިވެހި ފުލުހުން އެއްކުރި އިންޓެލް މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
13 ފެބުރުއަރީ 2017

"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"

13 ފެބުރުއަރީ 2017
"އުކުޅަހުން މީހުން ހައްޔަރުކުރީ ހީލަތްތެރި ރޭވުމެއްގައި"
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް