Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓާފް ދަނޑުތަކުގެ މަސައްކަތް

ފުޓްބޯޅަ ދަނޑުތައް ފުރިގެންދާނީ ބައިނަލްއަގުވާމީ މުބާރާތްތަކާއެކު: މަޙްލޫފް

3 އޮކްޓޯބަރު 2020 | ހޮނިހިރު 13:05

މިހާތަނަށް ވަނީ ފަސް ރަށެއްގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް ނިންމާލާފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 3 އޮކްޓޯބަރު 2020 | ހޮނިހިރު 13:05
13 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

13 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ދަނޑުތައް ފުރާލުމުގެ މަޝްރޫއު ނިމިގެންދާއިރު، މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގެ ދަނޑުތަކުގައިވެސް ބޮޑެތި މުބާރާތްތައް ބާއްވާ ދަނޑުތައް ފުރާލާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުތައް އެޅުމަށް ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުގައި ރާއްޖޭގެ އެކި ހިސާބުގައި 100 ދަނޑު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފާއިތުވި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ރާއްޖޭގެ 40 ރަށެއްގައި ޓާފް ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.

މދިޔަ މަހުގެ 28 ވަނަ ދުވަހު ރާއްޖޭގެ 13 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް އެއްބަސްވުންތަކުގައި ސޮއިކުރި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދަނޑުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރެވި، އެ ދަނޑުތަކުގައި ބޮޑެތި މުބާރާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

މާލެ އާއި އައްޑޫ ސިޓީގައި ބައިނަލްއަގުވާމީ މެޗުތައް ކުޅެމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަތޮޅު ތެރޭ ރަށްރަށުގައި ތަރައްގީކުރާ ދަނޑުތަކުގެ ފުލް ސެޓަޕް އެއްކޮށް ނިމުމާއެކު، އެ ރަށްރަށުގައި ބައިނަލްއަގުވާމީ މެޗުތަކާއި، ގައުމީ ފެންވަރުގެ މުބާރާތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި އެދަނޑުތައް ވެގެންދާނީ ފީފާ އެޕްރޫވްޑް ދަނޑުތަކަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ދަނޑުތައްވެސް ސަޕޯޓަރުންނާއެކު ފުރާލާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން 14 ނުވަތަ 15 ދަނޑެއްގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެއާއެކު އަންނަ އަހަރު 50 ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ އިތުރުން ވެސް އިކޮނޮމިކް ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެހީތެރިކަމާއެކު އިތުރު 20 ޓާފް ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، މިހާތަނަށް ވަނީ ތ. ވިލިފުއްޓާއި ރ. އަލިފުށީގެ ދަނޑުގެ އިތުރުން ފ. ނިލަންދޫ އާއި ނ. ކެނދިކުޅުދޫ އަދި އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

މުޅި ރާއްޖޭގައި ރަނގަޅު ފެންވަރުގެ ޓާފް ފުޓުބޯޅަ ދަނޑުތައް އެޅުން ވެގެންދާނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

23 އޯގަސްޓު 2017
ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން
24 މެއި 2017

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
03 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!

03 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށި ޓީސީ އަށް!
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް