Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ފުޓުބޯޅަ ޓީމު

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

މި ޝްޕޮންސަރޝިޕްގެ ދަށުން އަންހެން އަދި ފިރިހެން ގައުމީ ފުޓްބޯޅަ ޓިމާއި ޖޫނިޔަރ ގައުމީ ޓީމާއި އޮފިޝަލުންގެ ޖާރޒީކިޓް ވަނީ ސްޕޮންސަރ ކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 މެއި 2017 | ބުދަ 12:06
ގައުމީ ފުޓްބޯޅަ ޓީމުގެ ޖާރޒީ ދައްކާލަނީ

ގައުމީ ފުޓްބޯޅަ ޓީމުގެ ޖާރޒީ ދައްކާލަނީ

ދިވެހި ގައުމީ ފުޓްބޯޅަ އަންހެންޓީމާއި ފިރިހެން ޓީމް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ބީއެމްއެލް) އިން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެފްއޭއެމްއާއެކު ސޮއިކޮށްފި އެވެ.

ބުދަ ދުވަހު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ އެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ބައްސާމް އަދީލް ޖަލީލު އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

މިރަސްމިއްޔާތުގައި ސޮއި ކުރެއްވުމަށްފަހު، ބައްސާމު ވިދާޅުވީ ބީއެމްއެލްއަކީ އަބަދުވެސް ގައުމީ ޓީމަށާއި ދިވެހި ފުޓްބޯޅައަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން ބޭންކުގެ މެނޭޖްމަންޓާއި ސްޓާފުންގެ ފަރާތުން ދިވެހި ގައުމީ ފުޓް ބޯޅަ ޓީމު ކުޅޭ ދުވަސްދުވަހު ސަޕޯޓް ކުރުމުގެ ކަންކަން ވަރަށް ފުރިހަމަ ކުރިއަށް ގެންދާކަން ބައްސާމު ވަނީ ފާހަގަކުރައްވާފަ އެވެ.

ސްޕޮންޝަރޝިޕްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބައްސާމު ވިދާޅުވީ ބީއެމްއެލްއާއެކު ވެވުނު މިއެއްބަސްވުމަކީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އިތުރު ހިތްވަރަކާއިއެކު ކުރިއަށް ދިއުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.

ބައްސާމު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމު ކޮންމެ އަހަރަކުވެސް ހަ މެޗް އަތޮޅުތަކުގެ ތެރޭގައި ކުޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެމެޗްތައް ރޭވިގެންދާނީ ގައުމީ ފުޓްބޯޅަ ޓީމާއި ގައުމީ ފުޓްބޯޅަ ޓީމު ކުޅުމަށް ހަމަޖެހޭ އަތޮޅުގެ ރަށްރަށުން ހޮވާލެވޭ "އަތޮޅު" ޓީމަކާއެކު ކަމަށެވެ.

މިރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ފުޓްބޯޅައަކީ ރާއްޖޭގެ އެންމެ މަގްބޫލް ކުޅިވަރަށްވާއިރު، ގައުމީ ޓީމު ސްޕޮންސަރ ކުރުމަށް ލިބުނީތީ އުފާކުރައްވާ ކަމަށާއި އިންޓަރނޭޝަނަލް މުބާރާތްތަކުން ގައުމީ ޓީމަށް ކާމިޔާބަކަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. ހީލީ ވިދާޅުވީ މި ސްޕޮންސަރޝިޕްގެ ދަށުން ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރެއިންގތަކާއި ޓްރެވަލްކުރުމުގެ ކަންކަންކަމުގެ އިތުރުން ކުޅުންތެރިންނަށް ބޭނުންވާ ބައެއް ކަންކަން ހިމެނެ އެވެ.

މިރަސްމިއްޔާތުގައި ވަނީ ބީއެލްއެލް ސްޕޮންސަރޝިޕްގެ ދަށުން ބީއެމްއެލް ލޯގޯ ޖެހި ގައުމީ ޓީމު ބޭނުކުރާ ޖާރޒީތައް ދައްކާލާފަ އެވެ. މީގެއިތުރުން ގައުމީ ޓީމުގެ ޓްރެވަލް މާސްޓަރ ކާޑުވެސް ވަނީ ތައާރަފް ކޮށްދެއްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު