Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނެޝަނަލް ޑައެބެޓީސް ސެންޓަރ ހުޅުވުން

ހަކުރު ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ނެޝަނަލް ޑައެބެޓީސް ސެންޓަރެއް ހުޅުވައިފި

1 އޮކްޓޯބަރު 2020 | ބުރާސްފަތި 07:20

ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 07:20
ނެޝަނަލް ޑައެބެޓީސް ސެންޓަރު ހުންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި

ނެޝަނަލް ޑައެބެޓީސް ސެންޓަރު ހުންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި

ހަކުރު ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ނެޝަނަލް ޑައެބެޓީސް ސެންޓަރ (ވަން ސްޓޮޕް ޑައެބެޓީސް ސެންޓަރ) ހުޅުވައިފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އިން ބުނީ މިފަދަ ބަލިމީހުންނަށް އެއް ފުރާޅެއްގެ ދަށުން މި ޚިދުމަތް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމުކަމެއް ކަމުގައި ވާތީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގައި 1 އޮކްޓޯބަރު ވީ ބުރާސްފަތި ދުވަހު އެސެންޓަރު ހުޅުވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެހިގެންދާނެ ސެންޓަރެއްކަން ފާހަގަކޮށް އައިޖީއެމްއެޗުން ބުނީ އިންތިޒާމު ތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލް ކުރާ ފަރާތްތަކުގެ ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މި ސެންޓަރަށް ދައްކާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށްފަހު އެނބުރި އަންނައިރު ކުރިން ރިވިއު ނުވަތަ ފޮލޯއަޕް އެޕޮއިންޓްމަންޓް ވެސް ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ މުސްތަގުބަލުގައި އެސެންޓަރުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ޙިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސް ކައިރިވުމުން ހަނދާން ކޮށްދިނުމުގެ ގޮތުން އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތަކަށް މެސެޖެއް ލިބޭނެ އިންތިޒާމު ވެސް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި ޓެލެމެޑިސިން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާއި ބޭހޭގޮތުން މައުލޫމާތު ދިނުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ އިތުރުން ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އަދި ދިރާސާތައް ކުރުން ހިމެނޭ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ ކައިރި މުސަތްގުބަލެއްގައި މި ޑައެބެޓީސް ސެންޓަރއެއް ވިއުގައެއްގެ ތެރެއިން އެހެން ރަށްތަކާއި ގުޅުވާލުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނެޝަނަލް ޑައެބެޓީސް ސެންޓަރުގައި ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މައުލޫމާތު ސާފުކުރުމަށް 3335329 މިނަންބަރަށް ގުޅުމަށް ވަނީ އެދިފައެވެ. ނުވަތަ މެއިލްގެ ޒަރިއްޔާއިން ނަމަ، nationaldiabetescentre@igmh.gov.mv އަށެވެ.

ހަކުރުބައްޔަށް ފަރުވާހޯދާ މީހުން އިތުރުވުމާއި މި ބަލީގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް