Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނާތް/ އަދާލަތު ޕާޓީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާއި މުދަލުގެ މަންފާ ހޯދާފައެއް ނުވާނެ: އަދާލަތު ޕާޓީ

1 އޮކްޓޯބަރު 2020 | ބުރާސްފަތި 07:30

އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މަންފާ ނުކުރާ ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 07:30
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިބްރާން އަބްދުﷲ އަދި އިސްވެރިން ބައްދަލުވުމެއްގައި (ފައިލް ފޮޓޯ)

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިބްރާން އަބްދުﷲ އަދި އިސްވެރިން ބައްދަލުވުމެއްގައި (ފައިލް ފޮޓޯ)

ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާއާއި މުދަލުގެ މަންފާ އަދާލަތު ޕާޓީން ހޯދާފައި ނުވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އެޕާޓީއަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަމުންއައި ހިޔާނާތާއި ކޮރަޕްޝަންގެ ވާހަކަ އެންމެ އަޑު ހަރުކޮށް ދެއްކި ޕާޓީ ކަމަށެވެ. ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ހިންގަވަމުން ގެންދެވި ޣައިރުޤާނޫނީ ކަންކަމުގެ ވާހަކަ، އެ ސަރުކާރުގެ (ރައީސް ޔާމީންގެ ސަރުކާރުގެ) ބައިވެރިއެއްގެ ގޮތުގައި އޮވެމެ، އެންމެ ފުރަތަމަ ދެއްކީވެސް އަދާލަތު ޕާޓީ އިން ކަމަށް އެޕާޓީން ބުނެފައި ވެއެވެ.

Advertisement - newsAdvertisement

އަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވަން އޮތް ޔަގީން ކަމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ހޯދި ކަމަށް ތުހުމަތު ކުރާ އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްގެ މަންފާ އަދާލާތު ޕާޓީން ހޯދާފައި ނުވާނެ ކަމުގެ ޔަގީންކަން ކަމަށް ވެސް އެޕާޓީން ބުނެފައި ވެއެވެ.

މީގެއިތުރުން، އަދާލަތު ޕާޓީން ބުނީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކާއި ހިންގާފައިވާ އެންމެހައި މުއާމަލާތްތަކުގެ ތަފްސީލް ކަމާ ގުޅުން ހުރި މުއައްސަސާތަކުން ލަސްނުކޮށް ހާމަކުރުމަށް ވެސް މިފުރުސަތުގައި އަދާލަތު ޕާޓީގެ ފަރާތުން ގޮވާލާ ކަމަށެވެ.

އަދީލަތު ޕާޓީން މި މޭރުމުން ޓްވީޓް ކޮށްފައި މިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 7 ދައުވާ އިއްވުުން، އެދައުވާތަކަށް އިއުތިރާފްވެ ވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން ނެވެ. އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބެހިގެން ދިޔަގޮތާއި، އެހިޔާނާތުގެ ފައިސާއިން ފައިދާ ހޯއްދެވި ފަރާތްތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އޭނާއަށް ކަމަށެވެ.

އެގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަންފާ ނުކުރާ އެންމެ ސިޔާސީ ޕާޓީއެއްވެސް ނޯންނާނެ ކަމަށާއި، ސަރުކާރުގެ އިންވެރިންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންނަށް ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މަންފާ ކޮށްފައިވާނެ ކަމަށެވެ.

މީގެއިތުރުން އަދީބު ވިދާޅުވީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނެގި ބައެއް ވޯޓުތަކާއި ގުޅިގެންވެސް ބައެއް މެމްބަރުންނަށް ފައިސާ ދީފައިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްއެމްޕީއާރުސީގެ ފައިސާ ގޯނި ހިފައިގެން މެމްބަރުން ގާތަށް ދިޔާއީ އޭނާ ކަމަށް އަމިއްލަ ފުޅަށް އިއުތިރާފް ވެފައެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާއިރު، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ބައެއް މެމްބަރުން ހިމެނެއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމަކީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ހަމައެކަނި މެމްބަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

20 ޖޫން 2017

މަސްތުވާތަކެއްޗާ ގިނަ އަދަދެއްގެ ފައިސާއާއިއެކު މާފުށިން ދެމީހުން ހައްޔަރުކޮށްފި

20 ޖޫން 2017
މަސްތުވާތަކެއްޗާ ގިނަ އަދަދެއްގެ ފައިސާއާއިއެކު މާފުށިން ދެމީހުން ހައްޔަރުކޮށްފި
18 ޖޫން 2017

ބޮޑު ހިޔާނާތުގެ ރިޕޯޓް ނެރޭނީ މައްސަލަ ޕީޖީން ބަލައިގަތުމުން: އޭސީސީ

18 ޖޫން 2017
ބޮޑު ހިޔާނާތުގެ ރިޕޯޓް ނެރޭނީ މައްސަލަ ޕީޖީން ބަލައިގަތުމުން: އޭސީސީ
05 ޖޫން 2017

ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް

05 ޖޫން 2017
ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް
31 މެއި 2017

ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް

31 މެއި 2017
ޓޫރިޒަމް މިނިސްޓްރީގެ ހަރުމުދަލުގެ އަގުގެ ސައްހަކަން ކަށަވަރެއް ނުވޭ: އޮޑިޓަރ ޖެނެރަލް
30 މެއި 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް

30 މެއި 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި އެއް ލައްކަ ރުފިޔާ ފަރަގު އެބަހުރި: އޮޑިޓް ރިޕޯޓް
15 މެއި 2017

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ
30 އެޕްރީލު 2017

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
09 މާރިޗު 2017

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް