Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނަތް

ބޮޑު ހިޔާނާތުގެ ރިޕޯޓް ނެރޭނީ މައްސަލަ ޕީޖީން ބަލައިގަތުމުން: އޭސީސީ

18 ޖޫން 2017 | އާދީއްތަ 05:34

އޭސީސީގެ ރައީސް ލުތުފީ ވިދާޅުވީ ކުރާނެ އިތުރު ދިރާސާއެއް ނެތް ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖޫން 2017 | އާދީއްތަ 05:34
އެމްއެމްޕީއާރުސީގެ އޮފީސް

އެމްއެމްޕީއާރުސީގެ އޮފީސް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގެ ރިޕޯޓް މިހާރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ރިޕޯޓާ ގުޅޭގޮތުން އާދިއްތަ ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ލުތުފީ ވިދާޅުވީ އޭސީސީން މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން އެ ރިޕޯޓާމެދު ވެސް އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ރިޕޯޓް މިހާރުވަނީ ޕީޖީ އެފީހަށް ފޮނުވާފައި ކަމަށާއި އެ ރިޕޯޓް ޕީޖީ އޮފީހުން ދިރާސާ ކުރަމުންދާ ކަމަށެވެ.

ޕީޖީ އޮފީހުން ރިޕޯޓް ދިރާސާ ކުރުމަށްފަހު، އެ ރިޕޯޓް އެ އޮފީހަށް ބަލައިގަތުމާއެކު ރިޕޯޓް އާއްމު ކުރާނެ ކަމަށްވެސް ލުތުފީ ވިދާޅުވި އެވެ.

އެ މައްސަލަ ވަނީ ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަރުހަލާގެ ބޭނުމަކީ އޭސީސީއިން ކޮށްފައިވާ ތަހުގީގު އެންމެ ފުރިހަމަ ތަފްސީލް ޕީޖީ އޮފީހަށް ދިނުން ކަމަށާއި އޭގެ ސަބަބުން މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވަން ނުޖެހޭނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ރިޕޯޓް އާއްމު ކުރުން ލަސްވާ ސަބަބާ ގުޅޭ ގޮތުން ލުތުފީ ވިދާޅުވީ އެއީ މީގެ ކުރިން ތަހުގީގު ކުރި އެހެން މައްސަލަތަކާއި ތަފާތު މައްސަލައެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ގިނަ ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭއިރު، ރިޕޯޓްގައިވެސް 800 އެއްހާ ގަނޑު ހިމެނޭ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"އެހެންކަމުން ރިޕޯޓް ދިރާސާކުރަން ވެސް ވަގުތު ބޭނުންވާނެ،" ލުތުފީ ވިދާޅުވި އެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މާޗް މަހުގެ 9 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ލުތުފީ ވަނީ އޭޕްރީލް މަހުގެ ތެރޭގައި ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް ނެރޭނެ ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެގޮތަށް 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ވެސް އެމްއެމްޕީއާރުސީގެ ރިޕޯޓްވަރަށް ނެރޭނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީން 1.22 ބިލިއަން ރުފިޔާ ޚިޔާނާތްތެރިވެފައިވާކަން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުން ހާމަވި އެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު ތިން ބިލިއަނާއި ހަތަރު ބިލިއަނާއި ދޭތެރޭ އަދަދަކަށް އަރާނެ ކަމަށާއި އެއީ ނުއަގުގައި ގިނަ ފަޅުރަށްރަށާއި ފަޅުތައް ވިއްކާފައިވާތީ ކަމަށް ރާއްޖޭގެ އިގްތިޞާދު ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ.

އެމްއެމްޕީއާރުސީން ހިޔާނަތްވި ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ފައިސާއިން އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށް ލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) ދީފައިވެ އެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް