Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ގެކޮޅުގެ އޮޑިޓް

ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް

5 ޖޫން 2017 | ހޯމަ 14:07

މާލިއްޔަތު ގަވައިދާ އެއްގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ ބަލަހައްޓާފައެއް ނުވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 5 ޖޫން 2017 | ހޯމަ 14:07
ހިލާލީގޭގައި ދިރިއުޅެނީ ރައީސް ޔާމިން

ހިލާލީގޭގައި ދިރިއުޅެނީ ރައީސް ޔާމިން

މާލިއްޔަތު ގަވައިދާ އެއްގޮތައް ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑް ބެލެހެއްޓިފައިނުވާ ކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ 2016 ވަނަ އަހަރުގެ މާލީ އޮޑިޓް އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރެލްގެ އޮފީހުން ފާހަގަކޮށްފައި ވަނީ އެންމެ މައްސަލައެކެވެ.

Advertisement - newsAdvertisement

އެގޮތުން ހަރުމަދަލުގެ ރަޖިސްޓްރީ، އެންމެ ފުރިހަމައަށް ބަލަހައްޓާފައިނުވާ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ބުނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅާއި ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ ގެކޮޅުގެ ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމެނެންޖެހޭ، ކޯޑް ނަންބަރާއި މުދަލުގެ ފުރިހަމަ ނަމާއި މުދާ ހުރި ތަނާއި ލިބުނު ތާރީހާއި އަގު ބަޔާން ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ. އެހެން ނަމަވެސް މި މައުލޫމާތުތައް ރައީސްގެ ރަސްމީ ގެކޮޅާއި ނައިބު ރައީސްގެ ރަސްމީގެ ގެކޮޅުގައި ފުރިހަމަ ނުވާ ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކުރެ އެވެ.

ދަފްތަރުގައި ހުންނަން ޖެހޭ މައުލޫމާތުތަކުގެ ތެރެއިން 2009 ވަނަ އަހަރުގެ ކުރިން ގަނެފައިވާ ބައެއް މުދަލުގެ އަގު ބަޔާން ކޮށްފައި ނެތުމާއި ހަރުމުދަލަށް ދެވިފައިވާ ކޯޑް ނަންބަރު ބަޔާންކޮށްފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

މިކަން މިގޮތަށް ފާހަގަކޮށްފައިވާ އިރު، މިދިޔަ އަހަރުގެ ތެރޭގައި އެއްވެސް މައްސަލައެއް ހިނގާފައިވާ ކަމެއް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ނިމުނު އިރު، މާލީ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ އެއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ މަގްސަދުތައް ހާސިލްވާގޮތަށް، ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.

މީގެ އިތުރުން އެހެނިހެން މާލީ ކަންކަން ވެސ ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަށް 2016 ވަނަ އަހަރު ފާސްކުރެވުނު ބަޖެޓުން ހަރަދުކޮށްފައިވަނީ 124 މިލިއަން ރުފިޔާ އެވެ. މިއީ 2015 ވަނަ އަހަރު ހަރަދު ކުރެވުނު މިންވަރަށް ވުރެ 11 މިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަކީ ހިލާލީގެއެވެ. ނައިބު ރައީސްގެ ގެކޮޅު އޮޑިޓްކޮށްފައިވާ އިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅަކީ ކޮބައި ކަމެއް، ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވަނީ ރެހެންދި ފްލެޓްގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނައިބު ރައީސްގެ ގެކޮޅުގެ ގޮތުގައި ހިލާލީގެ ހަމަޖައްސާފައި ވެއެވެ. އަދި މި ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ދިރިއުޅުއްވީ ހިލާލީ ގޭގަ އެވެ. އެހެން ނަމަވެސް އެއަށް ފަހު ފަހުން އައްޔަނު ކުރެވުނު ނައިބު ރައީސުން ދިރިއުޅުއްވުމަށް ޚާއްސަ ތަނެއް ކަނޑައަޅާފައިވާ ކަމެއް އެގޭކަށް ނެތެވެ. މިހާރު ހިލާލީ ގޭގައި ދިރިއުޅެމުންދަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނުގެ ދެކަނބަލުންނެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

14 މެއި 2017

ބައްދަލު ނުވީ ރައީސްގެ ދެކަނބަލުންނާ އެކަނި: ރިލްވާންގެ މަންމަ

14 މެއި 2017
ބައްދަލު ނުވީ ރައީސްގެ ދެކަނބަލުންނާ އެކަނި: ރިލްވާންގެ މަންމަ
26 އެޕްރީލު 2017

ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

26 އެޕްރީލު 2017
ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
10 އެޕްރީލު 2017

މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި

10 އެޕްރީލު 2017
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި
05 އެޕްރީލު 2017

ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް