Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ

ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު އުވާލި މައްސަލާގައި މިނިސްޓަރ ނަހުލާގެ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ 70 ފަރާތެއްގެ ސޮޔާއެކު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2020 | އަންގާރަ 06:52
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ޝިޕިންގ އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކުރި ގަވާއިދުކަމުގައިވާ ދިވެހިރާއްޖޭގެ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އުވާލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ފައިދާ ހޯދުމަށް ކަމަށް ބެލެވޭތީ އެމައްސަލަ ބެލުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

މިމައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ 70 ފަރާތެއްގެ ސޮއާއެކު އެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން އޭސީސީން ބުނެފައިވަނީ މިނިސްޓަރ ނަހުލާގެ ކޮރަޕްޝަން މައްސަލަ އެއް އަމިއްލަ ފަރާތްތަކަކުން އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ހުށަހަޅާފައިވަނީ ހޯމަ ދުވަހުގެ ރޭ ގައި ކަމަށެވެ.

ރާއްޖޭގައި ހިންގަމުންދާ ޝިޕިންގ އެޖެންސީތައް ރެގިއުލޭޓް ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދިވެހިރާއްޖޭގެ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ގެޒެޓްކުރީ މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. މިގަވާއިދު އުވާލާފައިވަނީ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހު އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަށް އެޑްރެސްކޮށް ހުށަހަޅާފައިވާ މައްސަލައިގެ ސިޓީގެ ކޮޕީއެއް "ރާއްޖެ އެމްވީ" އަށް ވަނީ ލިބިފައެވެ. މިސިޓީގައި ބުނެފައިވަނީ ގަވާއިދަށް އަމަލުކުރަމުން ދިޔައިރުވެސް ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި ގަވާއިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަަމަށް ބުނެފައިވެ އެވެ.

މިގަވާއިދުގައި ފާހަގަކުރެވޭ 6 ކަމެއްވެސް ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މިގަވާއިދު ހިންގާނީ ޓްރާންސްޕޯޓް އޮތޯރިޓީން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމާއި ހަވާލުވެފައިވާ މިނިސްޓްރީކަން ގަވާއިދުގައި އޮންނަކަމަށެވެ.

ގަވާއިދު އުވާލައި ޝިޕިންގ އެޖެންސީތަކަށް އަލުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް މިނިސްޓަރ އިންޓަރނަލް މެމޯއަކުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ގަވާއިދު ތަންފީޒު ނުކުރެވޭތީ ގަވާއިދު ތަންފީޒު ކުރުމުގެ ގޮތުން ބޯޑުން މިނިސްޓްރީއަށް ތަކުރާރުކޮށް އެކަން އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނުގެ 14 ވަނަ މާއްދާގެ ދަށުން އެ ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި އޮތޯރިޓީ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމާއި ގަވާއިދު ހެދުމަކީ ޤާނޫނުގެ ދަށުން އައްޔަނުކުރާ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއް ކަމަށާއި އެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ބޯޑުގެ ލަފަޔާއި އިރުޝާދުގެ ދަށުން ހިންގާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް މަގާމުގައި ހުންނަ މީހެއްކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި އެއޮތޯރިޓީން ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމާއި އެ ޤާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ބޯޑުން ފާސްކުރުމެއްނެތި އެއިރަކު ހުންނަވާ މިނިސްޓަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރެވޭނެކަމެއް ނޫންކަމަށްވެސް ބުނެފައިވެ އެވެ.

އެހެންނަމަވެސް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ބާތިލްކޮށްފައިވަނީ އޮތޯރިޓީގެ ބޯޑުން ފާސްކުރުމެެއްނެތި ކަމަށް އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ހ ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުން ކަމަށް ބެލެވޭތީ އެމައްސަލަ ބަލައިދިނުމަށް ވަނީ ހުށަހަޅާފައެވެ.

މި ގަވާއިދުު އުވާލި ސަބަބު ސާފުކޮށްދެމުން ޓްރާންސްޕޯޓު އޮތޯރިޓީން މީގެކުރިން ބުނެފައިވަނީ، ގަވައިދު އުވާލީ ޝިޕިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެ ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އަލުން މުރާޖައާ ކުރުމަށްޓަކައި ކަމަށެވެ. ގަވާއިދުގައި ބުނާ ގޮތުން، ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު