Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގު

"މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގަކީ ޖަވާބުދާރީކުރަނިވި ދައުލަތެއްގެ ބިންގާ"

އެ މިނިވަންކަން ބޭނުންކުރަންވީ ފަރުދުންގެ ހައްގުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ސެޕްޓެމްބަރު 2020 | ހޯމަ 08:23
އެޓަރނީ ޖެނަރަލް އިބްރާޙިމް ރިއްފަތު

އެޓަރނީ ޖެނަރަލް އިބްރާޙިމް ރިއްފަތު

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤަކީ ޖަވާބުދާރީ ކުރަނިވި ދައުލަތެއްގެ ބިންގާކަމަށް އެޓަރނީ ޖެނެރަލް (އޭޖީ) އިބްރާޙިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

އޭޖީ އެހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރަމުންދާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ދުވަހާ ދިމާކޮށް، އިފްތިތާހު ކުރި އޭޖީ އޮފީހުގެ އާ ވެބްސައިޓު ލޯންޗުކުރި ހަފްލާގައެވެ.

މި ޙަފްލާގައި ވާހަކަ ދައްކަވަމުން އޭޖީ ވިދާޅުވީ، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމަކީ ކޮންމެ މީހަކަށް ލިބިދީފައިވާ ހައްގެއް ކަމަށާއި އެކަން ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އަދި އެ މިނިވަންކަން ބޭނުންކުރަންވީ ފަރުދުންގެ ހައްގުގައި ކަމަށާއި ގައުމީ މަސްލަހަތާއި އެންމެ ހެވާ ލާބައަށްޓަކާ ކަންވެސް އޭޖީގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ޤާނޫނީ ނިޒާމަށް އަލަށް ތައާރަފް ކުރަމުންދާ ޤާނޫނުތަކާއި، އިސްލާހުކުރެވޭ ޤާނޫނުތަކާއި، ކުރީގެ ޤާނޫނުތައް ވެސް ބަލާލެވޭގޮތަށް އެކުލަވާލާފައިވާ އެޓަރނީ ޖެނަރަލްގެ އޮފީހުގެ އާ ވެބްސައިޓު އިފްތިތާހު ކޮށްދެއްވީ ކުރީގެ ބަންޑާރަ ނައިބު އަދި ބާ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުއިއްޒެވެ.

އޭގެ އިތުރުން، މި ވެބްސައިޓުގައި ޤާނޫނީ ފަންނުގެ ދާއިރާގެ ބޭފުޅުންނަށް ބޭނުންވާ މައުލުމާތާއި، އޭޖީ އޮފީހުން ދެމުންދާ ހިދުމަތްތަކާއި އެ އޮފީހުގެ ދަށުން ހިންގަމުންދާ ކްލެމެންސީ ބޯޑުގެ މައުލޫމާތު ވެސް ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (1/2014) ގެ ދަށުން 13 ޖުލައި 2014 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް އުފެއްދިތާ 6 އަހަރު ވެފައިވާއިރު، ދައުލަތުގެ ބައެއް މުއައްސަސާތަކާއި އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި މަޢުލޫމާތު ނުލިބޭ ކަމުގެ ޝަކުވާ މީގެ ކުރިން ގިނަ ބަޔަކު ކޮށްފައި ވެއެވެ.

އެހެން ނަމަވެސް، އުނގެނުމާއި، އުނގަންނައި ދިނުމާއި، މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ލިބިގަތުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށް ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، މި ދާއިރާ ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މި ސަރުކާރުން ބުނެއެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

03 އެޕްރީލު 2017
 ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް
01 އެޕްރީލު 2017

ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

01 އެޕްރީލު 2017
ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު