Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައުދާގެ މަރު

ރައުދާގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ދެ ފުލުހަކު ބަންގްލަދޭޝްއަށް

ރައުދާ މަރުވެފައި ވަނީ މިދިއަ ބުދަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 އެޕްރީލު 2017 | ހޯމަ 18:45
ރައުދާ އާތިފް

ރައުދާ އާތިފް

ބަންގްލަދޭޝްގައި މިދިއަ ބުދަ ދުވަހު މަރުވެފައި އޮއްވާ ފެނުނު، ދިވެހި ދަރިވަރެއް ކަމަށްވާ މަޝްހޫރު މޮޑެލް ރައުދާ އާތިފް (21އ)ގެ މަރުގެ ތަހުގީގާގުޅޭ މައުލޫމާތު ހޯދުމަށާއި ރައުދާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފުލުހުންގެ އިސް ދެ އޮފިޝަރަކު ބަންގްލަދޭޝްއަށް ހިނގެއްޖެ އެވެ

ދެ ފުލުހުން ބަންގްލަދޭޝްއަށް ދިޔައީ ހޯމަ ދުވަހު އެވެ.

Advertisement - newsAdvertisement

ފުލުހުންނާއި ފޮރިން މިނިސްޓްރީ މިނިސްޓްރީއާ ގުޅިގެން، ފުލުހުންގެ ޓީމް ބަންގަލަދޭޝްގައި ހޭދަކުރާ ދުވަސްތަކުގައި ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު އެ ހާދިސާއާއި ގުޅުންހުރި މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މީގެއިތުރުން ބަންގްލަދޭޝްގައި ތިބި ރައުދާގެ އާއިލާއާއި ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ އާއިލާތަކާއި ބައްދަލުކޮށް ހާލު އަހުވާލު އޮޅުން ފިލުވައި މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ބަންގްލަދޭޝްގައި ކިޔަވަން ހުއްޓާ މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަހުގީގު އެގައުމުގެ ފުލުހުން ކުރިއަށް ގެންދާއިރު، ފުލުހުން ދަނީ މިމައްސަލައިގެ ތަހުގީގު ކައިރިން ބަލަމުން ކަމަށެވެ.

މިހާދިސާއާ ގުޅޭ ގޮތުން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭއިން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު އެއްކޮށް ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ވިލުނޫކުލައިގެ ލޮލުގެ ވެރިޔާގެ ގޮތުން ރައުދާ މަޝްހޫރުވެފައިވާ އިރު އޭނާ ވަނީ މަޝްހޫރު މެގަޒިން ވޯގް އިންޑިޔާގެ ބޭރުގަނޑުން ފެނިގެން ގޮސްފަ އެވެ. އެއީ މިފަދަ މަޝްހޫރު މަޖައްލާއަކުން ރާއްޖޭގެ މޮޑަލެއް ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ.

އޮޓޮޕްސީއަށް ފަހު، ރައުދާގެ ހަށިގަނޑު ބަންގްލަދޭޝްގެ ހޭތެމްހާ ގަބުރުސްތާނުގައި ހޮނިހިރު ދުވަހު ވަނީ ވަޅުލާފަ އެވެ. ބަންގްލަދޭޝްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ފުރަތަމަ އޮޓޮޕްސީއާ މެދު ހިތްހަމަނުޖެހޭތީ އާއިލާއިން ދަނީ ދެވަނަ އޮޓޮޕްސީއެއް ހެދުމާ މެދު ވިސްނަމުންނެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު