Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީސީގެ ގަވާއިދުގެ ތިން ވަނަ އިސްލާހު

އީސީގެ ކުއްލި ޖަލްސާތަކުގައި ބޮޑެތި ކަންކަން ނުބެލޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި

26 ސެޕްޓެމްބަރު 2020 | ހޮނިހިރު 06:53

ބަޖެޓާއި، ފައިސާއާގުޅޭ ކަންކަން ކުއްލި ޖަލްސާގައި ނުބެލޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 26 ސެޕްޓެމްބަރު 2020 | ހޮނިހިރު 06:53
ިއިލެލްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މައުލޫމާތު ސާފުކޮށް ދެއްވަނީ (ފައިލް ފޮޓޯ)

ިއިލެލްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މައުލޫމާތު ސާފުކޮށް ދެއްވަނީ (ފައިލް ފޮޓޯ)

އިލެކްޝަންސް ކޮމިޝަންގެ ކުއްލި ޖަލްސާތަކުގައި ފައިސާއާ ގުޅޭ ކަންކަމާއި އިންތިހާބުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ނުބެލޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދަށް އިސްލާހު ގެެނެސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ ތިންވަނަ އިސްލާހުގައި، އެ ކޮމިޝަނުން ބާއްވާ ކުއްލި ޖަލްސާއެއްގައި ނުނިންމޭނެ ކަންކަމުގެ ތެރޭގައި، ބަޖެޓާއި، ފައިސާއާ ގުޅޭ ކަންކަމާއި، މުވައްޒަފުންގެ ވަޒީފާއާއި، މުސާރައާއި، އިނާޔަތްތަކަށް ބަދަލު ގެނައުން ހިމެނެއެވެ. އަދި ކޮމިޝަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނައުމާއި، މެމްބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުމާއި ކޮމިޝަނުގެ ގަވާއިދަށް ބަދަލު ގެނައުމާއި، ކޮމިޝަނުގެ ރައީސް އަދި ނާއިބު ރައީސް އިންތިހާބުކުރުން ހިމެނެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ކޮމިޝަނަށް އައު މުވައްޒަފަކު ނެގުމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން އިންތިހާބުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބެލުން ވެސް ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގައި މީގެކުރިން، ކުއްލި ޖަލްސާއެއްގައި ނުނިންމޭނެ ކަމަށް ނުވަތަ ނުބެލޭނެ މައްސަލަތައް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭރު ގަވާއިދު އޮތް ގޮތުން، ކުއްލި ޖަލްސާއެއްގައި ވެސް، ބޮޑެތި މައްސަލަތައް ބަލާ ގޮތެއް ނިންމުމަށް ހުރަހެއް ނޯވެއެވެ.

ކޮމިޝަނުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، ކުއްލި ޖަލްސާއަކީ، ކޮމިޝަނުގެ ހިންގުމާ ގުޅޭ ނުވަތަ މަސައްކަތާގުޅޭ މުހިއްމު ކަމަކާމެދު މަޝްވަރާ ކުރުމަށްޓަކައި މެމްބަރަކު އެދިގެން ކުއްލިއަކަށް ބާއްވާ ޖަލްސާއެއް ކަމަށެވެ. މިގޮތުން ކޮމިޝަނުގެ ކޮންމެ މެމްބަރަކަށް ވެސް ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެދެވިދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް