Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮޗިންއާ ރާއްޖެއާ ދެމެދު ފެރީ ހިދުމަތް

ކޮޗިން ފެރީ: ރާއްޖޭގެ އުފެއްދުންތައް އިންޑިއާ މާކެޓުން، ބައިނަލްއަޤުވާމީ މާކެޓަށް!

ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 16:47
ދަތުރުތައް ކުރުމަށް ބޭނުން ކުރާ ކާގޯ ފެރީ އަކީ އިންޑިއާގެ ޝިޕިންގ ކޯޕަރޭޝަނުން އޮޕަރޭޓް ކުރާ ފެރީއެއް

ދަތުރުތައް ކުރުމަށް ބޭނުން ކުރާ ކާގޯ ފެރީ އަކީ އިންޑިއާގެ ޝިޕިންގ ކޯޕަރޭޝަނުން އޮޕަރޭޓް ކުރާ ފެރީއެއް

ރާއްޖެއާއި ކޮޗިންއާދެމެދު ޤާއިމުކޮށްފައިވާ ފެރީ ނިޒާމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު އިތުރަށް ފުޅާވެގެން ދާނެކަމުގެ އުއްމީދު މިވަނީ ބޮޑުވެފައެވެ. އެގޮތުން އެކި ރޮނގުރޮނގުން އިޤްތިސާދު ފުޅާ ކުރުމުގެ މަގުތައް ފަހިވެގެންދާއިރު، އެކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނެ އެއް ބަޔަކީ ދިވެހި ވިޔަފާރިވެރިންކަން ޔަޤީނެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ހޯމަދުވަހުއެވެ. ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އައި މި ކާގޯ ފެރީން ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު މާލެއަށް ވެސް ބަނދަރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިތައް އިތުރަށް ފުޅާވެ، އަތޮޅު ތެރޭގައިވެސް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހި ކުރުމަށް މިވަނީ މަގު ފަހިވެގެން ގޮސްފައެވެ.

ރާއްޖެއަށް ކާގޯ ފެރީއަކުން ކުރާނެ ފައިދާގެ ވާހަކަ ދައްކާއިރު، މިފަދަ ފެރީ ނިޒާމެއް ޤާއިމު ކުރުމުން އެންމެ ބޮޑަށް ފަސޭހަވެގެން ދާނީ ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށެވެ. އެގޮތުން ނިމިދިޔަ އަހަރުގެ އިމްޕޯޓް އެކްސްޕޯޓުގެ ތަފްސީލުތަކަށް ބަލާއިރު، 2019 ވަނަ އަހަރު ރާއްޖެއިން ވަނީ އިންޑިއާއިން 4.47 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން 1.4 ބިލިއަން ރުފިޔާގެ ކާބޯތަކެތި ހިމެނެއެވެ.

އޭގެ އިތުރުން، ފާއިތުވި އަހަރު 615 މިލިއަން ރުފިޔާގެ ކޮންސްޓްރަކްޝަން ސާމާނު އިންޑިއާއިން ރާއްޖެއަށް އެތެރެކޮށްފައިވާއިރު، 305 މިލިއަން ރުފިޔާގެ ބޭހާއި ސިއްޙީ އާލަތްތައް އިމްޕޯޓް ކޮށްފައިވެއެވެ. އެގޮތުން މި ހުރިހާ މުދަލެއްވެސް ބޭލުމަށް އޭރު ބޭނުން ކުރަން ޖެހެނީ މާލޭގައި ޤާއިމުކޮށްފައިވާ ބަނދަރެވެ. އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް އެކިކަހަލަ ދަތިތައް ކުރިމަތިވާއިރު، މާލޭ ބަނދަރުން އަތޮޅު ތެރެއަށް މުދާ ގެންދާއިރު ގިނަ ފަހަރު އޮންނަނީ ޑިއުޓީއާއި އެކި "ނަންނަމުގައި" އިތުރުވާ ޚަރަދުތަކާއެކު، ތަކެތީގެ ޚަރަދުތައްވެސް އިންތިހާއަށް ބޮޑުވެފައެވެ.

އެހެން ނަމަވެސް، ކާގޯ ފެރީއެއް ޤާއިމު ކުރެވިއްޖެނަމަ، ވިޔަފާރިވެރިންނަށް މުދާ އެތެރެ ކުރުމުގައިވެސް ލުއި ފަސޭހަވެގެންދާނެއެވެ. ހަމައެއާއެކު، ބާޒާރުގައި ހުންނަ މުދާ ފަސޭހަކަމާއެކު، ދިވެހިންނާ ހަމައަށް ގެނައުމުގައިވެސް ވިޔަފާރިވެރިންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި އޭގެ ސަބަބުން، މުދާ އިމްޕޯޓް ކުރާ ގިނަ މީހުން މި ނިޒާމުގެ ބޭނުންކޮށް، ތަކެތީގެ އަގު ހެޔޮވެގެން ދިއުމަށް މަގުފަހިވެގެންދާނެއެވެ.

އޭގެ އިތުރުން، ފާއިތުވި އަހަރު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 8 މިލިއަން ރުފިޔާގެ މުދާ ކަމަށްވީ ނަމަވެސް، ކާގޯ ފެރީ ނިޒާމެއް ޤާއިމު ކުރެވިއްޖެނަމަ، ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މިންވަރު އިތުރުވެ، ރާއްޖޭގެ ބާޒާރުގެ އެކިއެކި އުފެއްދުންތައްވެސް ބޭރުގެ މާކެޓުތަކަށް ނެރުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ އުފެއްދުންތައްވެސް ބޭރުގެ މާކެޓުތަކަށް ފަސޭހަކަމާއެކު އެކްސްޕޯޓް ކުރުމުގެ މަގު ފަހިވުމުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް އިތުރަށް ފުޅާވެގެން ދިއުމެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ، ކޮޗިން ފެރީއަކީ އެކްސްޕޯޓަށް ހުޅުވުނު އާ ދޮރެއްކަމަށެވެ. އެގޮތުން ދިވެހި އުފެއްދުންތައް ކަމަށްވާ ރޯނު، ފަން، ބޮލި، ލޮނުމަސް، ހިކިމަސް އަދި ރަށުގައި އުފައްދާ ކާތަކެތި (ކާޖާ) ޕެކެޓްކޮށް އެތަކެތި އެކްސްޕޯޓްކޮށް މާކެޓް ކުރެވޭނެ ކަމަށް މެމްބަރު ރާއީ ވިދާޅުވިއެވެ.

އޭގެ އިތުރުން ކާށި އަދި ބާދަނގަޑު ފަދަ ތަކެތި އެކްސްޕޯޓްކޮށް ކުދި ވިޔަފާރިތައް މާކެޓް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ރާއީ އެހެން ވިދާޅުވެފައިވާއިރު، ފާއިތުވި އަހަރުވެސް ރާއްޖެއިން އިންޑިއާއަށް އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ބާދަގަނޑެވެ. އެގޮތުން ނިމިދިޔަ އަހަރު ރާއްޖެއިން ވަނީ 7.6 މިލިއަން ރުފިޔާގެ ބާދަގަނޑު އިންޑިއާއަށް އެކްސްޕޯޓް ކޮށްފައެވެ.

މި ފެރީގެ ސަބަބުން އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެން ދެއެވެ. އެގޮތުން އެ ސަރަޙައްދުގެ ރަށްތަކަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދެވުމުގެ ނަތީޖާއަކަށް ވެގެންދާނީ، މާލެއަށް ބަރޯސާ ވުމުގެ ބަދަލުގައި، ސީދާ އުތުރުގެ ބަނދަރަށް މުދާ ބާލައި އަތޮޅު ތެރޭގެ ރަށްތަކަށް އަވަސްކަމާއެކު ފޯރުކޮށްދެވުމެވެ. އަދި އެކަމުގެ ސަބަބުން އެތަކެތީގެ އަގު އިތުރަށް ހެޔޮވެގެން ދިއުމުގެ މަންފާ ކުރާނީ ވިޔަފާރިތަކުން ޚިދުމަތް ލިބިގަންނަ އާންމު ރައްޔިތުންނަށެވެ.

އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްވެސް ވިދާޅުވީ، އިންޑިޔާގެ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި، އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށެވެ. އަދި މި ފެރީ އާއި އެހެން ކާގޯ ބޯޓު ތަކުގެ ތަފާތަކީ މި ފެރީގެ ދަތުރުތައް ޝެޑިއުލްވެފައި ހުރުމާއި، ވިޔަފާރި ކުރުމަށް އިތުރު ފަސޭހަތަކެއް ލިބުންކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ފެރީގެ އެއް މަންޒިލެއް ގޮތުގައި ހދ. ކުޅުދުއްފުށި ވެސް ހިމެނޭއިރު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު