Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ

ސްޓޭލްކޯ އިން ވ. ތިނަދޫގައި ހަދާ އިންޖީނު ގޭގެ ބިންގާ އަޅައިފި

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 11:57

ތިނަދޫ އިންޖީނުގޭ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 11:57
ވ. ތިނަދޫގައި އަލަށް ހަދާ އިންޖީނުގޭގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ވ. ތިނަދޫގައި އަލަށް ހަދާ އިންޖީނުގޭގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ވ. ތިނަދޫގައި މިހާރު ކަރަންޓުގެ ހިދުމަތް ދެމުންގެންދާ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އެކަމުގެ ކަންބޮޑުވުމަށް އަވަސް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސްޓެލްކޯއިން ގާއިމު ކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.

ތިނަދޫގައި ހަދާ އައު އިންޖީނުގޭގެ ބިންގާ ބުރާސްފަތި ދުވަހު އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

Advertisement - newsAdvertisement

ތިނަދޫގައި މިހާރު ކަރަންޓުގެ ހިދުމަތް ދެމުންގެންދާ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އެރަށުގެ ރައްޔިތުންނަށް އަންނަނީ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. މި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އެޅުމަށް ތިނަދޫއިން ސްޓެލްކޯއަށް ބިމެއް ހަމަޖައްސާ ދެއްވާފައެވެ.

ތިނަދޫ އައު އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތަށް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާއެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެކަން ފާހަގަ ކުރައްވާ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ސްޓޭލްކޯއިން އެރަށާއި ހަވާލުވި އިރު ހުރީ ވަރަށް ކުޑަ އެންމެ ޖަނަރޭޓަރެއް ކަމަށެވެ. އެހެން ނަމަވެސް އައު ޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާއި އެއްގޮތަށް މެދު ނުކެނޑި ކަރަންޓުގެ ހިދުމަތް އެރަށަށް ސްޓެލްކޯ އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން މުޣުނީ ވިދާޅުވީ، ސްޓެލްކޯގެ ހިދުމަތް ގުޅިފައިވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށާއި، ތިނަދޫގެ އާބާދީއާއި، ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑުކަމަށެވެ.

މުޣުނީ އިތުރަށް ވިދާޅުވީ، އަލަށް އަޅާ އިންޖީނުގޭގެ މަސައްކަތް ނިމުމާއެކު، ސްޓެލްކޯއިން ތިނަދޫއަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ފުރިހަމަވެ، ރަނގަޅުވެގެންދާނެ ކަމަށާއި، ތިނަދޫގެ އިތުރުން ވެސް ސްޓެލްކޯއިން ހިދުމަތް ދެމުންގެންދާ ރަށްރަށުގައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންގެންދަވާ ކަމަށެވެ.

ތިނަދޫގައި އަލަށް އަޅާ އިންޖީނުގެ އަކީ އެރަށަށް ބޭނުންވާ ކަރަންޓުގެ ލޯޑް މަތިވަމުންދާ ވަރަކަށް އެކަމަށް ކޭޓާ ކުރުމަށްޓަކައި 1 މެގަވޮޓްގެ 4 އިންޖީނު ބެހެއްޓޭވަރަށް ތަރައްގީ ކުރެވޭނެ އިންޖީނުގެއެކެވެ. މި އިންޖީނުގޭގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.

އަލަށް އިމާރާތް ކުރުމަށް ނިންމާފައިވާ އިންޖީނުގޭގެ މަސައްކަތް ފެއްޓެވުމަށްޓަކައި ސްޓެލްކޯގެ އިސްވެރިން ތިނަދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

08 މާރިޗު 2017

އައްޑޫ މަރަދޫ އަބުހަރީ މަންޒިލް ގޭގެ ބަދިގެ ރޯވެ އަނދާހުލި ވެއްޖެ

08 މާރިޗު 2017
އައްޑޫ މަރަދޫ އަބުހަރީ މަންޒިލް ގޭގެ ބަދިގެ ރޯވެ އަނދާހުލި ވެއްޖެ
28 ފެބުރުއަރީ 2017

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

19 ފެބުރުއަރީ 2017
އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި
24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް