Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީދިގަލި ކިޅި

އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިހުރި ތަނަށް ސައިކަލު އެރުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

283 ހެކްޓަރު ހިމެނޭ އީދިގަލި ކިޅި ހިމެނޭ ސަރަހައްދު ހިމާޔަތްކުރީ 2004 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 19 ފެބުރުއަރީ 2017 | އާދީއްތަ 12:08
އީދިގަލި ކިޅީގައި ލަކުޑިން ހެދި ތަނަށް ސައިކަލު އެރުވުމަށްފަހު ނެގި ފޮޓޯ

އީދިގަލި ކިޅީގައި ލަކުޑިން ހެދި ތަނަށް ސައިކަލު އެރުވުމަށްފަހު ނެގި ފޮޓޯ

އައްޑޫ ސިޓީގައި ހިމާޔަތްކޮށްފައިވާ އީދިގަލި ކިޅީގައި ލަކުޑިން ހަދާފައިވާ ޕްލެޓްފޯމަށް ސައިކަލުތަކެއްގައި ގޮސް އެތަނަށް އެރި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ރާއްޖެއެމްވީން މި މިމައްސަލައާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އީދިގަލި ކިޅީގައި ލަކުޑިން ހަދާފައި ހުރިތަންތަނަކީ ސައިކަލް އަދި ޕިކަޕް އެރުވުމަށް ހަދާފައި ހުންނަ ތަންތަން ނޫން ކަމަށެވެ. އެގޮތުން އެފަދަ ތަންތަނަށް އިހުތިރާމްކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އީޕީއޭ އިން ބުނީ އެ މައްސަލަ ރަސްމީކޮށް އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ނައީމް ވިދާޅުވީ ވޯލްޑް ބޭންކް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅިގެން އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން މިހާރުވެސް އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މީހުން ބައިތިއްބާފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެތަނުގައި ސަލާމަތަށް ހަދާފައި ހުންނަ ފެންސްތައްވެސް ބައެއް މީހުން ހަލާކުކޮށް އަދި އެތަނުގައި ސެކިއުރިޓީ މީހުން ނުތިބޭ ގަޑީގައި ގަވައިދާ ހިލާފަށް ކަންކަން ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ނައީމް ވިދާޅުވީ އީދިގަލި ކިޅި ހިމެނޭ ސަރަހައްދަކީ ވަރަށް ބޮޑު ސަރަހައްދެއް ކަމަށާއި، އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުށް އަބަދު މީހުންނަކަށްވެސް ނުތިބެވޭނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މިކަމަށް ރައްޔަތުން ހޭލުންތެރިވަން ޖެހޭ ކަމަށާއި، އައްޑޫ ރައްޔަތުން ފަހުރުވެރިވާންޖެހޭ އެތަނަށް ގެއްލުން ނުދީ ހިމާޔަތްކުރަންޖެހޭ ކަމަށެވެ.

އީދިގަލި ކިޅީގެ ސަލާމަތީކަންކަން އެބަ ބަލާ. މީހަކު ނުހުންނަ ގަޑީގައި ގެއްލުންދޭ. އައްޑޫ ރައްޔަތުން އެތަން ހިމާޔަތް ކުރަންޖެހޭ. ފެންސްތައްވެސް ބައެއްފަހަރު ހަލާކުރޭ. އެއީ ބޮޑު ސަރަހައްދެއް – ނައީމް ވިދާޅުވިއެވެ.

ޖުމްލަ 283 ހެކްޓަރު ހިމެނޭ އީދިގަލި ކިޅި ހިމެނޭ ސަރަހައްދު ހިމާޔަތްކުރީ 2004 ވަނަ އަހަރެވެ. ބޭރުގެ އެހީގައި އީދިގަލި ކިޅިއަކީ ރަނގަޅު ފެންވަރުގެ މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް، އެ ސަހަރައްދުގައި ހިމެނޭ ލަކުޑިން ހަދާފައިހުންނަ ޕްލެޓްފޯމްތަކަށް ގެއްލުން ދިނުމާއި، ކުނި އެޅުމާއި، ގަސްގަހާގެއްސަށް ގެއްލުން ދިނުމަކީ އާއްމުކޮށް ހިނގަމުން އަންނަ ކަންކަން ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އިތުރު މައުލޫމާތެއް ދެވެން އަދި ނެތް ކަމަށެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

އީދު ބަންދާ ދިމާކޮށް މިހާތަނަށް 84 އުޅަނދު ޗެކްކޮށްފި

26 ޖޫން 2017
އީދު ބަންދާ ދިމާކޮށް މިހާތަނަށް 84 އުޅަނދު ޗެކްކޮށްފި
24 ޖޫން 2017

މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި

24 ޖޫން 2017
މިހާތަނަށް 4.3 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފައި
12 ޖޫން 2017

މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު

12 ޖޫން 2017
މި ސަރުކާރުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ހަދާ ނިންމައިފިން: މުއިއްޒު
11 ޖޫން 2017

މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ

11 ޖޫން 2017
މިހާތަނަށް 500 މީހުންނަށް ޑެންގީ ހުން ޖެހިފައިވޭ:އެޗްޕީއޭ
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
16 މެއި 2017

ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

16 މެއި 2017
ފެރީޓާރމިނަލް ސަރަހައްދުގައި ވަޅިން ހަމަލާދިން މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 މެއި 2017

ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ

13 މެއި 2017
ދެ ވަނަ ބުރެއް މިހާތަނަށް ބާއްވަން ޖެހެނީ ކުރިނބި އާއި ކޮމަންޑޫގައި:އީސީ
03 މެއި 2017

މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި

03 މެއި 2017
މިއަހަރުގެ މިހާތަނަށް 430 މީހުން ވަނީ ޑެންގީ ބައްޔަށް ވަނީ ޕޮސިޓިވްވެފައި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު