Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާގެ އެއްބަސްވުން ފަޓީ އާކުރުން

ބާސާއާއެކު ފަޓީ ދިގު މުއްދަތުގެ އެއްބަސްވުމެއް ހަދައިފި

23 ސެޕްޓެމްބަރު 2020 | ބުދަ 16:46

ފަޓީގެ އެއްބަސްވުން އާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ސެޕްޓެމްބަރު 2020 | ބުދަ 16:46
ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންސޫ ފަޓީ

ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އަންސޫ ފަޓީ

ބާސެލޯނާގެ އެއްބަސްވުން ދިގު މުއްދަތަކަށް ޒުވާން ފޯވާޑް އަންސޫ ފަޓީ އާކޮށްފިއެވެ.

ބާސާއިން ފަޓީގެ އެއްބަސްވުން އާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި މި އެއްބަސްވުމާއެކު ފަޓީ ހޯދަން ބޭނުންވާ ކުލަބަކުން ބާސާއަށް 400 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގިނީ ބިސާއުއަށް އުފަން އުމުރުން 17 އަހަރުގެ ފަޓީ ބާސާގެ ސީނިއާ ޓީމުން ޖާގަ ހޯދީ މިދިޔަ އަހަރުގެ އޮގްސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. އޮސަސޫނާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަޓީ ކުޅެން އަރާ ވަނީ ހަ މިނެޓު ތެރޭ ލަނޑެއް ޖަހާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ބާސާގެ ތާރީޚުގައި އެ ޓީމަށް މެޗެއް ކުޅެދިނުމުގެ އިތުރުން ބާސާގެ ޖާޒީގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި ފަޓީ އަކީ ސްޕެނިޝް ލީގުގެ ތާރީޚުގައި ލަނޑު ޖެހި ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާ އެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރާ 304 ދުވަހެވެ.

އެއަށްފަހު ފަޓީ ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާއަކީ މިހާރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި ފަޓީ ވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެއް މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑުވެސް މުގުރާލާފައެވެ.

ގިނަ ބަޔެއްގެ ލޯ އަމާޒުވެފައިވާ އުންމީދީ ފޯވާޑް ފަޓީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ބާސާގެ ސީނިއާ ޓީމަށް ކުޅެދިން 33 މެޗުގައި އަށް ލަނޑު ޖަހާފައެވެ.

މި ސީޒަނަށް ބާސާއިން އެކުލަވާލި ސްކޮޑުން ރަސްމީކޮށް ފަޓީއަށް ފުރުސަތު ދީފައިވާއިރު، ދާދި ފަހުން އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމުންވެސް ޖާގަ ހޯދާފައެވެ. އަދި މި މަހުގެ ކުރީކޮޅު ޔުއެފާ ނޭޝަންސް ލީގުގައި ޔޫކްރޭން އަތުން ސްޕެއިން މޮޅުވި މެޗުގައި ފަޓީ ލަނޑު ޖެހިއިރު، އޭނާ ވެފައިވަނީ ސްޕެއިނުގެ ތާރީޚުގައި އެ ޓީމަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 މެއި 2017

ދިގު އިންތިޒާރަކަށްފަހު ރާޅާއެޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް

31 މެއި 2017
ދިގު އިންތިޒާރަކަށްފަހު ރާޅާއެޅުންތެރިންގެ ޝަކުވާތަކަށް ހައްލެއް
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
09 މާރިޗު 2017

މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި

09 މާރިޗު 2017
މުސާރަބޮޑުކޮށް އާ އެއްބަސްވުމެއް އާސެނަލްއިން އޮޒިލް އަށް ހުށަހަޅައިފި
16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް