Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވެސްޓް ހޭމުން ޕޮޒިޓިވް ކޭސްތަކެއް

ވެސްޓް ހޭމުގެ ކޯޗާއި ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

23 ސެޕްޓެމްބަރު 2020 | ބުދަ 08:32

ޕޮޒިޓިވްވި ދެ ކުޅުންތެރިންނަކީ އީސާ ޑިއޮޕް އާއި ޖޯޝް ކުލެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ސެޕްޓެމްބަރު 2020 | ބުދަ 08:32
ވެސްޓް ހޭމް ޔުނައިޓެޑުގެ ކޯޗު ޑޭވިޑް މޮއިސް

ވެސްޓް ހޭމް ޔުނައިޓެޑުގެ ކޯޗު ޑޭވިޑް މޮއިސް

ވެސްޓް ހޭމް ޔުނައިޓެޑުގެ ކޯޗު ޑޭވިޑް މޮއިސް އާއި އެ ޓީމުގެ ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ވެސްޓް ހޭމުން އަންގާރަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ޓީމުގެ ކޯޗުގެ އިތުރުން ދެ ކުޅުންތެރިން ކަމަށްވާ އީސާ ޑިއޮޕް އާއި ޖޯޝް ކުލެން ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ.

އެއާއެކު ވެސްޓް ހޭމުން އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި 5-1 ން ހަލް ސިޓީ ބަލިކުރި މެޗުގެ ކުރިން އެ މީހުން ވަނީ ވަގުތުން ގެއަށް ހޯމް-އައިސޮލޭޝަނަށް ފޮނުވާލާއެވެ. އަދި މި ތިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީން އުސޫލުގެ ދަށުން 10 ދުވަސް ސެލްފް-އައިސޮލޭޝަނުގައި ހޭދަކުރާނެ ކަމަށް ވެސްޓް ހޭމުން ވަނީ ބުނުފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅެން އޮތް މެޗުގެ 70 މިނެޓު ކުރިން ވެސްޓް ހޭމުގެ ކޯޗާއި ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، މި މެޗު ކުޅެން އީއެފްއެލްއިން ނިންމީ ދެ ކުލަބުގެ މެޑިކަލް އޮފިޝަލުންނާ މަޝްވަރާ ކުރުމަށްފަހުއެވެ.

މި މެޗު ފެށުމުގެ ދެ ގަޑިއިރު ކުރިން ވެސްޓް ހޭމުގެ ޓީމު ދަނޑަށް ހާޒިރުވިއިރު، އެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އީސާ ޑިއޮޕް އާއި ޖޯޝް ކުލެން ކުރިން ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. އެކަމަކު ދެ ކުޅުންތެރިން ވަގުތުން ގެއަށް ފޮނުވާލުމުން ވެސްޓް ހޭމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފއިވަނީ ހެރިސަން އަޝްބީ އާއި ޖެކް ވިލްޝެއާއަށެވެ.

ވެސްޓް ހޭމުގެ ކޯޗާއި ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، ދެން އެޓީމުން މެޗެއް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

17 ޖުލައި 2017

ވެސްޓްހަމްއާ އެކު މެޑިކަލް ހެދުމަށް ހާޓް ތައްޔާރުވެއްޖެ

17 ޖުލައި 2017
ވެސްޓްހަމްއާ އެކު މެޑިކަލް ހެދުމަށް ހާޓް ތައްޔާރުވެއްޖެ
06 އެޕްރީލު 2017

ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ

06 އެޕްރީލު 2017
ވެސްޓްއިންޑީޒް ދަތުރަށްފަހު މިސްބާހު ރިޓަޔަރކުރަނީ
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
18 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
30 ޖެނުއަރީ 2017

ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި

30 ޖެނުއަރީ 2017
ޕަޔެޓް މާސޭއާ ގުޅުމުން ވެސްޓްހަމް ޔުނައިޓެޑް އިން ފާޑުކިޔައިފި
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް