Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕޯޓިންގެ އެކެޑަމީގެ ނަން ބަދަލުކުރުން

ސްޕޯޓިންގ ލިސްބަނުގެ އެކެޑަމީގެ ނަން ރޮނާލްޑޯގެ ނަމަށް ބަދަލުކޮށްފި

22 ސެޕްޓެމްބަރު 2020 | އަންގާރަ 17:43

ރޮނާލްޑޯ ކެރިއަރު ފެށީ ސްޕޯޓިންގ ލިސްބަނުން

އަތޫފް އާތިފް
އަތޫފް އާތިފް | 22 ސެޕްޓެމްބަރު 2020 | އަންގާރަ 17:43
ސްޕޯޓިންގ ލިސްބަނުން ކެރިއަރު ފެށި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ސްޕޯޓިންގ ލިސްބަނުން ކެރިއަރު ފެށި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ ސްޕޯޓިންގ ލިސްބަނުގެ އެކެޑަމީގެ ނަން އެ އެކެޑަމީން އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހާއްސަކޮށް "އެކެޑަމިއާ ކްރިސްޓިއާނޯ ރޮނާލްޑޯ" ގެ ނަމަށް ބަދަލުކޮށްފިއެވެ.

ސްޕޯޓިންގެ އެކެޑެމީން ތަމްރީނުވެ، އެޓީމަށް ކުޅެނިކޮށް މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ގެންދިޔައީ 2003 ވަނަ އަހަރެވެ. އެންމެ ފުރަތަމަ ޔުނައިޓެޑުގައި ރޮނާލްޑޯ ވިދާލިއިރު، އޭގެ ފަހުން ރެއާލް މެޑްރިޑާއި ޔުވެންޓަސްގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ރޮނާލްޑޯއަކީ މިހާރު ދުނިޔޭގައި ފާހަގަކޮށްލެވޭ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އެގޮތުން ރޮނާލްޑޯ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ފަސް ފަހަރު ހޯދާފައެވެ.

ސްޕޯޓިންގ އެކެޑަމީގެ ނަން ރޮނާލްޑޯގެ ނަމަށް ބަދަލު ކުރުމަށްފަހު ސްޕޯޓިންނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 12 އަހަރުގައި ސްޕޯޓިންނާ ގުޅުނު ޕޯޗުގަލްގެ ތަރި ރޮނާލްޑޯ އަކީ ސްޕޯޓިންގ އަދި ޕޯޗުގަލުން ފަޚުރުވެރިވާ ކުޅުންތެރިއެއް ކަމަށާއި، ޕޯޗުގަލްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ނެރެދިން ކުލަބަކީ ސްޕޯޓިންގ ކަމަށެވެ. އެހެންކަމުން ސްޕޯޓިންގ އެކެޑަމީގެ ނަން "އެކަޑަމިއާ ކްރިސްޓިއާނޯ ރޮނާލްޑޯ" ގެ ނަމަށް ބަދަލުކުރުމަށް އެ ކުލަބުގެ މެނޭޖުމަންޓުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން ރޮނާލްޑޯގެ އުފަން ރަށް މެދީރާގެ އެއާޕޯޓުގެ ނަންވެސް ވަނީ ރޮނާލްޑޯގެ ނަމާ ގުޅުވައިގެން ބަދަލުކޮށްފައެވެ. އެ އެއާޕޯޓަށް މިހާރު ކިޔަނީ "ކްރިސްޓިއާނޯ ރޮނާލްޑޯ އިންޓަނޭޝަނަލް އެއާޕޯޓް" އެވެ.

ކުލަބު ލެވެލްގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައިވެސް ރޮނާލްޑޯ އަންނަނީ ތަފާތު ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ރޮނާލްޑޯ ވަނީ ޕޯޗުގަލާއެކު 2016 ވަނަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އިތުރުން މިދިޔަ އަހަރުގެ ޔުއެފާ ނޭޝަން ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް