Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިޔާ ކާގޯ ފެރީ

އިންޑިޔާ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިވެރިން ގަންނަ މުދާ: ފައްޔާޒު

22 ސެޕްޓެމްބަރު 2020 | އަންގާރަ 05:07

މިފެރީން އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ވިޔަފާރި ދަތުރުފަތުރު ޔަގީންކޮށްދޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ސެޕްޓެމްބަރު 2020 | އަންގާރަ 05:07
އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް

އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް

އިންޑިޔާގެ ކާގޯ ފެރީން ގެންނާނީ ރާއްޖޭގެ ވިޔަފާރިތަކަށް ވިޔަފާރިވެރިން ގަންނަ މުދާ ކަމަށާއި އެނޫން ކަމެއް އެކާގޯ ފެރީން ނުކުރާނެ ކަމަށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު އެވެ. އެއާއެކު ރާއްޖޭގެ ވިޔަފާރިވެރިންނަށް މިކަމުގެ ސަބަބުން ގެއްލުންވަމުންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ރާއްޖޭގެ ބައެއް ވިޔަފާރިވެރިންވެސް އަންނަނީ އެގޮތަށް ވާހަކަދައްކަމުންނެވެ. މިމޭރުމުން ވިޔަފާރިވެރިއަކު ދައްކާފައިވާ ވާހަކައެއްގެ އަރޓިކަލް ޓްވީޓް ކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިފެރީން އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ވިޔަފާރި ދަތުރުފަތުރު ޔަގީންކޮށްދޭނެ ކަމަށެވެ.

Advertisement - newsAdvertisement

"މިފެރީ އާއި އެހެން ކާގޯ ބޯޓު ތަކުގެ ތަފާތަކީ މީގެ ދަތުރުތައް ޝެޑިއުލްވެފައި ހުރުމާއި ވިޔަފާރި ކުރުމަށް އިތުރު ފަސޭހަކެއް ލިބުން." މިނިސްޓަރ ވިދާޅުވި އެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށައި ރާއްޖެ އައުމަށްޓަކައި އިންޑިއާގެ ސޫތުކުޅިން ފުރަތަމަ ފެރީ ވަނީ ފުރާފައެވެ. ސޫތުކުޅިންނާއި ކޮޗިން އިން މުދާ ހިފައިގެން ރާއްޖެ އަންނަ މި ކާގޯ ފެރީ ފުރަތަމަ ބަނދަރު ކުރާނީ ކުޅުދުއްފުއްޓަށެވެ. އަދި ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު އެފެރީ މާލެއަށް ވެސް ބަނދަރު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއާއި ކޮޗިންއާއި ދެމެދު ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފެރީއަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރިކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއްކަމުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުންކުރުމަށެވެ. އެގޮތުން މިއަދު ރާއްޖެ އައުމަށް ފުރި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށްކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ބުނީ ދަތުރުތައް ފަށާއިރު މަހަކު ދެ ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ. ކާގޯ ފެރީގެ ދެވަނަ ދަތުރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހަށެވެ.

އިންޑިޔާގެ ކާގޯ ފެރީ އާ ގުޅިގެން ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިގެން މީގެކުރިން ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމްވެސް ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތެއް ފަށައިފި ނަމަ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތެއް ފެށުން ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓްރޭޑަށް ވެސް ނުހަނު ފައިދާ ގެނުވާނެ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖެއަށް ފައިދާ ކުރާނެ މަޝްރޫޢު އެއްކަން ކުރީގެ އިކޮނޮމިސްޓުންނަށް ނޭނގެނީ ކީއްވެގެންތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދަވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް