Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ އިސްތިއުނާފް މައްސަލަ

އަދީބުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި

20 ސެޕްޓެމްބަރު 2020 | އާދީއްތަ 11:31

އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ފޮނުވާ ދިނުމަށް ދައުލަތުންނާއި އަދީބު ވެސް ވަނީ އެދިލައްވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 11:31
އަދީބު ހައިކޯޓަށް ވަޑައިގަންނަވަނީ (ފައިލް ފޮޓޯ): 7 ދައުވާ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ފޮނުވާ ދިނުމަށް ދައުލަތުންނާއި އަދީބު ވެސް ވަނީ އެދިލައްވާފައި

އަދީބު ހައިކޯޓަށް ވަޑައިގަންނަވަނީ (ފައިލް ފޮޓޯ): 7 ދައުވާ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ފޮނުވާ ދިނުމަށް ދައުލަތުންނާއި އަދީބު ވެސް ވަނީ އެދިލައްވާފައި

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާގައި, ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުމަށް ހޯމަ ދުވަހަށް ތާވަލް ކޮށްފި އެވެ.

ހައިކޯޓުން ބުނީ، އަދީބުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު 14:00 އަށް އެކޯޓުގައި ތާވަލް ކުރެވިފައިވާ ކަމަށެވެ. އަދި މިޝަރީއަތުގެ އަޑުއެހުމަކީ އޮންލައިންކޮށް، ވަގުތުން ފޮނުވާ ޝަރީއަތުގެ އަޑުއެހުމެއް ކަމަށްވެސް ހައިކޯޓުން ބުނެއެވެ.

Advertisement - newsAdvertisement

މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މި ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހައިކޯޓުގައި ވަނީ ބާއްވާފަ އެވެ. އެ އަޑުއެހުމުގައި އަދީބު ވިދާޅުވެފައިވަނީ، އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ބާތިލްކޮށް، ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާގައި، ކްރިމިނަލް ކޯޓުން އޮންލައިންކޮށް ބޭއްވި އަޑުއެހުމަކީ، ހިތި ތަޖުރިބާއެއް ކަމަށާއި، ކުށަށް އިއުތިރާފް ވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް، ދައުލަތާއެކު ވެފައިވާ އެއްބަސްވުމަކީ އެއްވެސް މަޖުބޫރު ކަމެއްނެތި، ދެއްވާފައިވާ ބަޔާނެއް ކަމަށެވެ.

އަދީބުގެ މައްޗަށް ދައުލަތުން ހުށަހެޅި 7 ދައުވާ ބާތިލް ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަތައް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލާގައި އެދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވެފައި ވަނީ، ވެބް ކޮންފަރެންސް މެދުވެރިކޮށް، އަދީބު ޖަލުގައި އިންނަވައި އަދި އަދީބުގެ ގާނޫނީ ވަކީލުގެ އޮފީހުގައި އިންނަވައި، އޮންލައިންކޮށް ބޭއްވި އެ އަޑުއެހުމަކީ އެގޮތަށް ބޭއްވިގެން އޭނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އަޑުއެހުން ކަމަށާއި ޖަލުގެ އިންޓަރނެޓް ދަށް ކަމުން ކެނޑިކެނޑިގެން އަޑު އަންނަމުންދާއިރު، ވަކީލުގެ އެހީތެރިކަން ލިބުމުގައި ވެސް ދަތިތަކެއް ދިމާވި ކަމަށެވެ.

އަދީބު ވިދާޅުވެފައިވަނީ، ކްރިމިނަލް ކޯޓުގެ އެ އަޑުހުމުގައި އިއުތިރާފްގެ އެއްބަސްވުމާއި ހިލާފަށް އެއްބާރުލުން ނުލިބޭނެ ކަމަށް ބުނާ ބީދައިން ނުވަތަ، މަޖުބޫރުން ސޮއިކުރުވި ކަމަށް ދޭހަވާ އެއްވެސް ވާހަކައެއް ދެއްކިފައިވާނަމަ، އެވާހަކައެއް އަނބުރާ ގެންނަވާ ކަމަށެވެ.

އިއުތިރާފުގެ އެއްބަސްވުމަކީ އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް އަދި އޭނާގެ އަމިއްލަ އިހުތިޔާރުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، އަދި ޓޯޗަރގެ އަމަލެއް ތަހުގީގު ޓީމުންނާއި އަދި ކުރީގެ ޕީޖީ އާއިޝަތު ބިޝާމްގެ ފަރާތުން ވެސް ހިންގާފައި ނުވާ ކަމަށް އަދީބު ވަނީ އެދުވަހު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ.

މީގެއިތުރުން އަދީބު ވިދާޅުވެފައިވަނީ، ހައިކޯޓުގެ އެ އަޑުއެހުމުގައި ދައުލަތުން އެ ފާހަގަކުރެއްވި ނުކުތާތަކަށް ކޮންމެހެން ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް އޭނާގެ ނެތް ކަމަށާއި ބޭނުން ވަނީ މި މައްސަލަތައް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ފޮނުވުމަށް ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން 9 ނުކުތާއެއް ފާހަގަ ކުރައްވައި، ކްރިމިނަލް ކޯޓުން އެ ދައުވާތައް ބާތިލްކޮށް ބޭރުކޮށްލާފައިވަނީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ދައުލަތުން އެދިފައިވަނީ، އަދީބުގެ މައްޗަށް އުފުލާފައިވާ 7 ދައުވާ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ފޮނުވާ ދިނުމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށް ބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް