Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލައް ސިޓީ ނަރުދަމާގެ މައްސަލަ

ފުވައްމުލައް ނަރުދަމާ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ: ސައީދު

20 ސެޕްޓެމްބަރު 2020 | އާދީއްތަ 06:16

ބަޖެޓު އަދިވެސް ހަމަނުޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 20 ސެޕްޓެމްބަރު 2020 | އާދީއްތަ 06:16
ފުވައްމުލައް ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު

ފުވައްމުލައް ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު

ފުވައްމުލައް ނަރުދަމާ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ބޭނުންވާ ތަކެތި ހޯދަން އަދިވެސް ފައިސާ ހަމަނުޖެހޭކަމަށާއި ދަތިތައް އެބަހުރިކަމަށް ފެނެކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ، ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ދެނެގެނަވިފައިވާތާ ދުވަސްތަކެއް ވެއްޖެކަމަށެވެ. އަދި، މަސައްކަތް ނުފެށިގެން އުޅެނީ ދާއިމީ ހައްލު ހޯދަން ބޭނުންވާ ތަކެތި ހޯދުމަށް ފެނަކައިން ޕްރޮޕޯސްކުރާ ބަޖެޓް ހަމަނުޖެހިގެންކަމަށެވެ. އެ ފައިސާ ހަމަނުޖެހިގެން ކަމަށެވެ.

Advertisement - newsAdvertisement

މީގެކުރިން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައިވެސް ސައީދު ވަނީ، ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ ނިޒާމު ބަދަލުކުރަންޖެހޭ އިރު، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުނުހާ އަވަހަށް އެ މަސައްކަތް ކުރެވިގެންދާނެކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ރާއްޖެއެމްވީ އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެފިއުޓީ މޭޔަރު މުހައްމަދު ލިރާރު ދެއްވި އިންޓަރވިއުއެއްގައި ވަނީ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަށް އަވަހަށް ހައްލު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ވިދާޅުވެ ޓޭންކްތައް ފުރި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުގެ ވާހަކަ ހިއްސާކޮށްފައެވެ. އަދި، މި މައްސަލަ ހައްލު ކުރުމަށްޓަކައި އެމްޑަބްލިއުއެސްސީގެ ޓީމެއް ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ހާލަތު ބެލިކަމަށާއި މަސައްކަތް ފެށުމުގެ ގޮތުން ސަރވޭތަކެއް ކުރިއަށް ގެންދިޔަ ކަމަށް ލިރާރު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތެއް ފަށާފައިނުވާ ކަމަށާއި، ފަށާނެ ދުވަހެއް ވެސް ނޭނގޭ ކަމަށް ލިލާރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ، އެމްޑަބްލިއުއެސްސީން ސާރވޭއެއް ގެންދިޔައީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެދިގެން ކަމަށާއި އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ފެނަކައަށް ހިއްސާކޮށްފައި ނުވާކަމަށެވެ. މިނިސްޓްރީން ވެސް އެ މައްސަލަ ބަލަމުންދާއިރު އެމްޑަބްލިއުއެސްސީން ގޮސް ހެދި ސާރވޭގެ ރިޕޯޓުވެސް އަރުވާނީ މިނިސްޓްރީއަށްކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ފެނަކައިން މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މީގެކުރިންވެސް އެންވަޔަރަމަންޓް މިނިސްޓްރީއާއި އެކު ބޭއްވި ބައްދަލުވުމެއްގައި، ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް، ދުނިޔޭގައި އެ ޓެކްނޮލޮޖީ އުފެއްދި ފަރާތްތަކާއި ފެނަކައިގެ މުވައްޒަފުންގެ ލަފައާއިއެކު، އެ މައްސަލައަށް ދާއިމީ ހައްލު ހިމެނޭ ތަފްސީލީ ޕްލޭނެއް ހުށަހަޅާފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަމަށް ދާނެ އަންދާޒާ ހަރަދު ވެސް ހުށަހަޅާފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީގެ ސަރުކާރުން އަވަސް އަރުވާލައިގެން ނިންމާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 300 މިލައަންއަށް ގާތްކުރާ އަދަދަށް ފައިސާ ހަރަދު ކޮށްފައިވާއިރު މިކަމުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ޖެހެނީ ތަކުލީފު ކަމަށް އެ ސިޓީ ރައްޔިތުން ދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް